23:44

ޔޫކްރޭން ސަރުކާރާއި ބޭންކްތަކުގެ ވެބްސައިޓްތަކަށް ވަރުގަދަ ސައިބާ ހަމަލާއެއް ދީފި.

21:15

ރަޝިއާ ސިފައިން ޔޫކްރޭންގެ އިރުމައްޗަށް ވަދެއްޖެ.

16:57

ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލިސް ކުރިއަށް ދަނީ.

16:57

ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލިސް ކުރިއަށް އެބަދޭ. ގާނޫނު ހަދާ މަޖިލިސް މި ބާއްވަނީ އެ ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރުމާ މެދުގައި ގޮތެއް ނިންމުމަށް.

16:55

ޔޫކްރެއިންގައި ތިބި ރިޒާވް ސިފައިން ހިދުމަތަށް ނުކުންނަން އެ ގައުމުގެ ސަރުކާރުން އަންގައިފި.

16:17

ރަޝިއާގެ ގޭހާ ނުލައި ޖަރުމަނަށް ހަކަތައިގެ ބޭނުންތައް ފުއްދިދާނެ ކަމަށް އެ ގައުމުގެ އިގްތިސާދާ ބެހޭ ވަޒީރު ރޮބާޓް ހާބެކް ވިދާޅުވެއްޖެ.

16:09

ޔޫކްރެއިންގައި ކުއްލި ހާލަތު އިއުލާން ކުރުމަށް އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ނިންމައިފި.

15:58

ޔޫކްރެއިންގެ ރައްޔިތުންނަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދިނުމަށް އެ ގައުމުގެ މަޖިލީހުން ފާސްކޮށްފި.

15:14

ރަޝިއާގައި ތިބި ޔޫކްރެއިން ރައްޔިތުން އެގައުމުން ފޭބުމަށް ޔޫކްރެއިން ސަރުކާރުން އަންގައިފި.

13:39

ރަޝިއާ އިން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ މަސައްކަތް ޔޫކްރެއިން އިން ކުރިއަށް އެބަ ގެންދޭ. ޔޫކްރެއިންގެ ލަޝްކަރު ގޮތުގައި 18 އަހަރާއި 60 އަހަރާ ދެމެދު މީހުން ނެރުމަށް ތިބީ ތައްޔާރުވެފައި.

11:22

ޔޫކްރޭން މައްސަލައިގައި ރަޝިއާ އިން ނިންމީ ބުއްދިވެރި ނިންމުމެއް - ޓްރަމްޕް

11:02

ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖަޕާނުން ނިންމައިފި. ޖަޕާނުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާ އާއި އަދި މިނިވަންކަން އިއުލާން ކޮށްފައިވާ ސަރަހައްދުތަކުގެ އިސް ވެރިންނަށް ވިސާ ނުދިނުން ހިމެނޭ.

09:36

ކެނެޑާ އިން ރަޝިއާ ބޯޑަރު ކައިރިއަށް ސިފައިން ޖަމާކޮށްފި.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ނުރުހޭ ފިޔަވަޅެއް އަޅާ ކޮންމެ ގައުމަކަށް މާލީ ގޮތުންނާއި އިގްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން އެއީ އާއްމު ކަމެކެވެ. ޔޫކްރޭންގެ މައްސަލައިގައި ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން ވެސް އެއީ ކުރިން ނޭނގި އޮތް ކަމެއް ނޫނެވެ.

މިހާރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އަދި އެމެރިކާ އިން ވެސް ވަނީ ރަޝިއާ އާއި ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާން ކޮށްފައެވެ. އެމެރިކާ އިސްވެ އޮވެ ހުޅަނގުގެ ގައުމުތަކާއި ގުޅިގެން ރަޝިއާ އާއި ދެކޮޅަށް އެޅި އެންމެ ވަރުގަދަ އެއްފިޔަވަޅަކީ ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކާއިއެކު ކުރެވެމުންދާ މާލީ، ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ހުއްޓުވާލުމެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މިހާރު ވެސް ރަޝިއާ އަށް ވަނީ ކުރަން ފަށާފައެވެ. އިއްޔެ އެކަނިވެސް ރަޝިއާގެ ހިއްސާގެ ބާޒާރުގެ އަގުތައް ވަނީ %10 ވެއްޓިފައެވެ. ރަޝިއާގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ރޮސްނެޓްގެ ހިއްސާގެ އަގު ވަނީ ހިއްސާގެ ބާޒާރުގައި ގާތްގަނޑަކަށް %7.5 ވެއްޓިފައެވެ.

ނަމަވެސް 2014 ވަނަ އަހަރާއި އަޅައި ބަލާއިރު ރަޝިއާގެ އިގްތިސޯދު މިހާރު އޮތީ ރަނގަޅު ހާލަތެއްގައެވެ. އެގައުމުގެ ދަރަނި ކުޑަވެ ބެލެންސްޝީޓް އޮތީ މާބޮޑަށް ވެސް ރަނގަޅަށެވެ. އެހެންކަމުން އެއީ ރަޝިއާ އަށް ހުޅަނގުގެ ގައުމުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިލާއިރު ލިބޭނެ ހިތްހަމަޖެހުމެކެވެ.

ހުޅަނގާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ރޭ އިއުލާން ކޮށްފައިވާއިރު ރަޝިއާ އިން އަދި މިހާތަނަށް އެކަމަށް ރަސްމީކޮށް ރައްދެއް ނުދެއެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ރަޝިއާ އިން ދޭނެ ރައްދެއް އަދި ސާފެއް ނުވެއެވެ.

ޔޫކްރޭނާއި ރަޝިއާގެ މަސްރަހާއި ގުޅޭ ތަފްސީލްތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިމުހައްމަދު

    އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ނަތީޖާއެއް ފެނިފައި ނުވާއިރު ރަޝިޔާ ފަދަ ބާރުގަދަ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ކަމެއް ހާސިލުވުމަކީ މާދުރުކަމެއް. ހުޅަނގުގެ މީހުންގެ ބުއްދި ގޯސްވުމާއި އާރެއް ބާރެއް ނެތްކަން މިއިން އެނގެނީ.

    16
    1
  2. ޕުޓިން

    ކިތަންމެ ވަރަކަށް ދަތިކުރިޔަސް ރަޝިއާ އިން ޔުކްރޭން ދުލެއް ނުދޭނެ.

  3. އަބްދޫ

    ރަސިޔާިން އަވަސް ރައްދެއްނުދޭނެ. ރަސިޔާއިން ރައދުދޭނީ މޭ ޖޫން ހިސާބުގަ ޔޫރަޕްގެ ގޭސްހޮޅި ބަންދުކޮށްގެން އޭރު ޔޫރަޕަށް ފިނިމޫސުމް ފށޭގެ ހޫނުކުރަންގެންގުޅޭ ގޭސް ހޮޅި ބަންދުކުރުމުން ޔޫރަޕްގެ ހާލަތު ވަރަށް ގޯސްވަނެ. ސަރުކާރުތަކަށް ޕްރެސަރު އަންނާނެ. ދަތިކުރުން ނިމުމަކަށް ގެންނަން މަޖްބުރުވާނެ.