ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ތަކެތީގެ އަގު އުފުލި ކާރުގެ ސާމާނުތަކުގެ އަގުތައްވެސް އުޅެނީ އިންތިހާއަށް މަތީގައެވެ. އެކަމަކު ޓެކްސީ ދަތުރުތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު، ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ޓެކްސީ ޑްރައިވަރުން ވަނީ މަޝްވަރާ ކުރަން ފަށައިފައެވެ.

މި މައްސަލައިގައި އެދެވޭ ހައްލެއް ހޯދުމުގެ ގޮތުން ޓެކްސީ ސެންޓަރުތަކުން ރޭ މަޝްވަރާ ބައްދުލުވުމެއް ބޭއްވި އިރު، މާލެ އާއި ހުޅުމާލޭގައި ދުއްވާ ހުރިހާ ޓެކްސީ ސެންޓަރުތަކުން ރޭގެ ބައްދަލުވުމުގައި ބައިވެރިވިއެވެ. މިއީ ހުރިހާ ސެންޓަރުތަކަކުން އެއް މޭޒެއްގެ މަތީ މަޝްވަރާ ކުރެވުނު ފުރަތަމަ ފަހަރެވެ. ޖުމުލަ ތިން ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި މާލޭ ސަރަހައްދުގައި ދުއްވާ 16 ޓެކްސީ ސެންޓަރުން ވެސް ވަނީ ބައިވެރިވެފައެވެ.

މި މަޝްވަރާ ބައްދަލުވުމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އަމިއްލަ ޓެކްސީ ސެންޓަރެއް ހިންގަމުންދާ ފަރާތަކުން ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ހުރިހާ ޓެކްސީ ސެންޓަރުތަކަކުން ވެސް އިއްތިފާގު ވެފައިވަނީ މީޓަރަށް އަގު ނަގައިގެން ޓެކްސީ ދަތުރުތައް ކުރުމަށް ސަރުކާރުގައި އެދުމަށް ކަމަށެވެ.

ޓެކްސީ ސެންޓަރުތަކުން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން

މީގެ އެތައް އަހަރެއް ކުރިން، 2014 ވަނަ އަހަރުން ފެށިގެން ޓެކްސީ ސެންޓަރުތަކުން އަންނަނީ މީޓަރަށް ފައިސާ ނަގައިގެން ދަތުރުކުރާ ގޮތަށް ޓެކްސީ ދަތުރުތައް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުންނެވެ. ނަމަވެސް އެ ޝަކުވާއަށް އެތައް އަހަރެއް ވެގެން ގޮސްފައިވާއިރުވެސް ހައްލެއް ލިބިފައެއް ނުވެއެވެ. އެންމެ ފަހުން ހުރިހާ ޓެކްސީ ސެންޓަރުތަކުން އެއް މޭޒެއްގެ މައްޗަށް ޖަމާވެ، މިކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

"ރޭގެ ބައްދަލުވުން ފެށުނީ މި އަގު ކަނޑައަޅާނީ ސަރުކާރުން އަގަށް އަނެއްކާވެސް ބަދަލެއް ގެނެސްގެންތޯ ނޫނީ މީޓަރުން ބަލައިގެންތޯ ކުރިޔަށް ގެންދާނީ. މިކަމަކީ ރައްޔިތުންގެ މަސްލަހަތާއި ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމަކަށް ވާތީ އަޅުގަނޑުމެން އެންމެންވެސް މަޝްވަރާ ކޮށްގެން ނިންމީ މީޓަރަށް އަގު ނަގަން ހަމަޖެހޭތޯ މަސައްކަތް ކުރުމަށް" އޭނާ ބުންޏެވެ.

އަދި ޓެކްސީ ޑަރައިވަރުންނަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ މީޓަރަށް ދަތުރުތައް ކޮށްދީގެން ކަމަށް ހުރިހާ ޓެކްސީ ސެންޓަރުތަކުން ވެސް އެއްބަސްވާ ކަމަށާއި އެހެންކަމުން އެކަމަށްޓަކައި އަނެއްކާވެސް ސަރުކާރުގައި އެދުމަށް ނިންމާފައިވާ ކަމަށް ވެރިޔާ ބުންޏެވެ.

ހަމައެހެންމެ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ޓެކްސީ ސެންޓަރުތަކުން އެދެމުން އަންނަ މި ކަންތައް ސަރުކާރުން ކޮށްނުދޭ ކަމުގައިވާ ނަމަ ދެން ކަންތައް ކުރާނެ ގޮތެއް ވެސް ކުރިޔަށް އޮތް ތަނުގައި ބޭއްވޭ ބައްދަލުވުންތަކުގައި ނިންމަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް އަދި މަސައްކަތް ކުރާނީ މީޓަރަށް ދަތުރު ކުރެވޭނެ ފަދަ ގޮތަކަށް ސަރުކާރާ އެކުގައި އެއްބަސްވުމަކަށް އައުމަށް ކަމަށްވެސް އޭނާ ފަހަގަ ކުރެއްވިއެވެ.

އަބަދުވެސް ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެކުގައި ޓެކްސީ ޑްރައިވަރުންގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް މިހާތަނަށް މި މައްސަލައަށް އެކަށޭނެ ހައްލެއް ހޯދިފައިނުވާ ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙައްޕު

    ތެލުގެ އަގަކީ ބަދަލު އަންނަ އެއްޗެއް. ޑުރަވަރުން ގެއަށްދާއިރު އެއަރކޯން ނުޖައްސާށޭ ، ސުޓެލްކޯއިން ތެޔޮ އަގުބޮޑު ކޮށްފިޔޭ އަނބިން ނުބުނޭނު. ދެން މީޓަރު ހަރުކުރަނީ ކީއްކުރަން. ތެލުގެ އަގުބޮޑުވާއިރަށް ދަތުރު އަގުބޮޑުކުރަން. ؟ ވަރަށް އަވަހަށް ރައްޔިތުންގެ ކުނއފުނިން މާލޭ ސަރަހަެްދުގައި ބަސްތައް ދުއްވަން ފެށީމަ ޓެކުސީއަށް އަރާމީހުން ވ.މަދުވާނެ.

    23
    1
  2. ބަބޫ

    ދެން މީޓަރު ހަރުކޮށްގެން މަޖީދީމަގުގައި އައިޑަލް ސޮޕީޑްގައި މުޅިމަގު ބްލޮކް ކޮށްގެން ދަތުރަކަށް ގަޑި ދެގަޑިއިރު ނަގާނެ. މީއީވެސް ރައްޔިތުން ފެލުމުގެ ބައެއް. ކާރެެއް ދުވާލަކު އެއްފަހަރު މަރާމާތު ކުރާކަށް ނުޖެހޭނެ. 1 ލީޓަރު ތެލުން 10+ ކިލޯމީޓަރު ދުއްވޭނެ. ދެން މާލެ ވަށައި ދެބުރު ޖެހިޔަސް ދާނީ 12 ރުފިޔާ. 25 ރުފިޔާއިން ކުރާ ދަތުރަކުން 20 ރުފިޔާ ފައިދާ އެބަނަގާ މިހާރު. ހުޅުމާލެ ދަތުރަކުން 55 ރުފިޔާ ފައިދާ އެބަ ޖައްސާ. ދުވާލަކަށް 3 ގަޑިއިރު ދުއްވާފަ ޓެކްސޫ ބާއްވާފަ ގެޔަށް ދިޔާމަ ޓެކްސީ ލިބުމުގެ ތަދި ވާނެ. މިމީހުންގެ ހިތް ތިރިކުރަން އެބަ ޖެހޭ

    32
    2
    • މަޖީދިމަގު

      ދޮންކަލޯ މަޖީދީ މަގުގަ އެއްވުރެ ބާރައް ދުއްވޭތަ ؟ ކަލޯ ސިކުޑި ހަމަޖެހޭތޯ ބަލަން އެބަޖެހޭމިހާރު

      2
      23
  3. ޙަސަނާ

    ކުރިން 10 ރުފިޔަާ 15 ރުފިޔަާ ނަގައިގެން ދަތުރުކުރަނިކޮއް ޕެޓުރޯލްލިތަރެއް 20 މައްޗައް ޑީސަލް ލިޓަރެއް 20 މައްޗައް އެރުމުން ހަޅުތާލުކުރީމަ 20 25 ހުއްދަދިނީ ފަހުން ބޮޑުތަނުން އަގުހެޔޮވެގެން އަގުތިރިއެއްނުކުރެ ބުރިޖުންވެސް ފުރަތަމަ ނަގަންފެށީ 300 ވަރު ދެންތިމީޓަރު އަޅުވާފަ ފޭށެ އަގަކައް މިހާރުނަގާ އަގު ހަދާ ދެން ދާކޮންމެތާކައް މާލެވަށާދުއްވާފަ ދިޔާމަ ގިނައިންލާރިލިބޭނެ ރައީސޫ އެމީހުންގެ ވޯޓުކޮޅު ބޭނުމިއްޔާ އަވަހައް މީޓަރު ހުއްދަކުރޭ..

    16
    3
  4. ސެންޗޯ

    ތިކަން ކުރަން މާލަސްވެއްޖެ ވީހާވެސް އަވަސްކުރޭ ދެފަރާތައްވެސް އެއްމެފައިދާ ހުރި ގޮތަކީ ތިއީ އަދި އަގުނެގުމުގައި މަސްލަހަތު ހަމަޖެހޭނެ ގޮތަކީވެސްތިއީ

    2
    19
  5. ހިޖާމު

    ސެލަރްޒް މާކެޓަކަށް ޓެކްސީ ޚިދުމަތް ނުހަދައި، އޯޕަން މާކެޓު އުސޫލުން ބޭނުން ބަޔަކަށް ޓެކްސީ ބޯޑު ދިނުމާއި، އޫބަރ ކަހަލަ ޚިދުމަތްތަކަށް ހުއްދަދިނީމާ ތި ޓެކްސީ ޑުރައިވަރުންގެ އުނދަގުލުން އާންމު ރައްޔިތުން ސަލާމަތްވާނީ.

    25
    1
  6. ބޭޅަބޭ

    ހަމައެކަނި ޓެކުސީތަކުގަ މީޓަރު ހަރުކޮށްގެން ކަމަކުނުދޭ ސުޕީޑުލޯންޗުތަކުގަވެސް މީޓަރު ހަރުކުރަން ޖެހޭ ރާއްޖޭގެ ގިނަރަށްޔަތުން ދަތުރުފަތުރުކޮށް އުޅެނީ ކަނޑުމަގުން ސުޕީޑުލޯންޗުތަކުގެ ސުޕެއަޜޕާރޓުސް ކާރުގެ ސުޕެއަރޕާޓަށްވުރެ އެތަށްގުނައެއް އަގުބޮޑުވާނެ ކާރުޑުރަޢިވަރުން އިންޗިއެއް ހަމަނުވާ ރާއްޖޭގެ ބިންބޮޑުތަނެއްގެ ގޮތުގައި ނުދެކުމަށް އިލްތިމާސް ކުރަން.

    13
  7. މަލިކު ބުރޯ

    މާލެ ކަހަލަ ތޮށްޖެހިފައި އޮތް ތަނަަކަށް މީޓަރަށް ދަތުރުކުރަން ފަށައިފިއްޔާ ،ޓްރެފިކުގައި ޖެހިފައި އޮތަސް މީޓަރ ލަސްލަހުން ހިނގަމުންދާނެ. ދަތުރު ފެށޭއިރު މީޓަރ 0 އިން ފެށެން ވާނީ.. . ދެން ދުއްވޭ ކޮންމެ ކިލޯމީޓަރަކަށް 10 ރުފިޔާ ރޭޓުން. ނަގަން ސަޅިވާނެ. ބްރިޖު ކޮޅުން ކޮޅަށް 70 ރުފިޔާ ލިބޭނެ. ގެއާއު ހަމަޔަށް ދިޔުމުގެ ކުރިން

    12
    1
  8. ިވިނަވި

    ސަރުކާރުން ބަހުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ވަރުގަދަ ކޮށްފިނަމަ، މި މީހުން ސައިޒުވާނެ. މިހާރުވެސް އިންތިހާޔަށް ރައްޔިތުން އެބަ ފެލާ. ޚާއްޞަކޮށް ފޭސް ޓޫ އޭ ބުނެފިނަމަ ހަމަ މޮޔަވާނެ

  9. ގުދުގުދާ ބެއްޔާ

    މިކަމުގެ ހައްލަކީ މިނީބަސް ދަތުރު އެމްޓީސީސީއިން ފެށުން! ބޮޑުތަކުރުފާނު މަގުގަައި ބުރު ޖަހާ ގޮތައް، ފުރަތަމަ ފަށާ! ދެން ނަތީޖާ ދައްކާ ގޮތުން މަޖީދީމަގުގައި ދެބަސް ދެކޮޅަށް ދުއްވާ ގޮތައް ، ޗާންދަނީމަގު ގައި ދެބަސް ދެކޮޅަށް ދުއްވާ ގޮތައް ބާއްވާލާ! ރައްޔިތުންގެ ޖީބައް ލުއިވެ އެތައް ތަނެއް ރައްޔިތުންނަށް ލުއިވާނެ!

  10. ޙަޤީގަތް

    ދުވަހަކުވެސް މި ޓެކްސީ ޑްރައިވަރުން ތެޔޮ އަގުހެޔޮކުރީމަ ދަތުރުގެ އަގެއް ހެވެއް ނުކުރޭ. ކުޑަކޮށްވެސް ތެޔޮ އަގުބޮޑުވާއިރަށް، އައިޖީއެމްއެޗް ބިއްދޮށަށް އެއްވެގެން ހަޅުތާލުކުރާނެ ދަތުރު އަގުބޮޑުކުރަންވެގެން. ދަތުރު އަގުބޮޑުކުރާނެ. ދެން ބޮޑުތަނުން ތެޔޮ އަގުހެޔޮކުރީމައި، ދަތުރުގެ އަގެއް ހެވެއް ނުކުރާނެ. ދެން ޑްރައިވަރުން ކިޔަންފަށާނީ މާލޭގައި އަގުބޮޑުކޮށް ތަންތަން ހިފައިގެން އަނބިދަރިން ގޮވައިގެން އުޅެންޖެހޭތީ ދަތުރުތައް އަގު ކުޑަކުރެވޭކަށްނެތޭ. ވ މަކަރު. މާލޭގައިވެއްޖެނުން މިނީ ބަހުގެ ޚިދުމަތް އަވަހަށް ފަށަން. ޓެކްސީ ދަތުރުތައް ބޮޑުކޮށްކޮށް ރައްޔިތުން ހަނާނުވަނީސް.

  11. މުހައްމަދު

    ޓެކްސީ ޑްރައިވަރުންގެ ތެރެއިން ގިނަޑްރައިވަރުން ވަރަށް ހިޔަޅުވާނެ މީޓަރު ހަރުކޮށްފިއްޔާ ރޫޓު އެންމެ ދުގުވާގޮތެއް ބަލާފަ އެރޫޓުން ދާނީ

  12. Anonymous

    ޓެކްސީ ޑްރައިވަރުން އުޅެނީ ފައިސާއާއި ކަބިވެގެން. ކަލޭމެން ގިނައިން ފައިސާ ބޭނުމީއްޔާ ތިކަން ހުއްޓާލާފަ ވެރިކަމަށް އަރަންވީ ނޫން.

  13. ެަެަރަބަރޭ

    އާދޭސްކޮށްފައި ބުނަން މާލޭގައި އަވަހަށް ތިޔަ މިނީ ބަހުގެ ހިދުމަތް ފަށާބަލަ މިޓެކުސީ ޑްރައިވަރުން މީތި ބޮޑު ވިޔާފާރި ގަޑަކަށް ހަދާފި ލިބޭލާރި މަދުވެ