މާލެ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

ރޯވެފައި ވަނީ ފަރޯދީ މަގު ސީގަލް ކެފޭ ކުރިމަތީ ހުރި ގެއެއްގައެވެ. ސިފައިންގެ މަސައްކަތުން ގިނަ އިރުމަތަކެއް ނުވެ އަލިފާން ވަނީ ނިއްވާލާފައެވެ. ނަމަވެސް އަލިފާން ނިއްވާލެވުނުއިރު އަލިފާން ރޯވި ގޭގެ އެތެރެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ވިދާޅުވީ، ރޯވެފައި ވަނީ މާފަންނު ބިޖިލީ ކާސްޓްލް ނަމަކަށް ކިޔާ ގެއެއްގައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލޭގައި ހިނގި ތިން ވަނަ އަލިފާނުގެ ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޯފާލައްވާކަމުގެ ނިޝާންތައް ފެންނަމުންމިދަނީ. މިވަރު ވާއިރު ވެސް ދުނިޔޭގެ ދަޅައަށް ހެއްލިފައިވާ މީހުން ދެނަހުރި ކަމަކަށް ނުހަދާނެ.

    4
    1