ށ.އަތޮޅު ފީވަކުގައި ބުޅަލެއް ދަންޖެއްސުމަށްފަހު ސައިކަލެއްގައި ވާޖަހައިގެން މަގުމަތީގައި އެ ބުޅާ ދަމަމުން ގެންދާ ވީޑިއޯތަކެއްގެ މައްސަލަ އެންވާރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި އެ ހާދިސާގެ ވީޑިއޯ ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އެ ރަށު ގިނަވެލިމާގޭ، އަހުމަދު އަޒްމީން ނަމަކަށް ކިޔާ މީހަކު ބުޅާ މަރާލުމަށް ފަހު ބުޅަޅަށް އިތުރަށް އަނިޔާ ކުރާ މަންޒަރެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ބުޅަލަކަށް އަނިޔާ ކުރި މައްސަލައެއްފުލުހުން މެދުވެރިކޮށް އެ މައްސަލަ ބަލާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެ މައްސަލަ އީޕީއޭންވެސް ބަލަން ފަށާފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.

ބުޅަލަށް އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯ އާއްމު ވުމުން ގިނަ ބަޔަކު ވަނީ އެކަން ކުރި މީހާ އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުން ނުވަތަ އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލައި ދޫކޮށްލުމަކީ ކުށެކެވެ. ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އައުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދޫނި

    ދޫނި އެތްޗެހި މަރާއިރުގަ ތިކިޔާ އީޕީއޭ ޔޭކިޔާ ބާގަޑު އަތްތިލަބަޑިޖަހަން ހެވިފަ

    19
  2. މޙއމދ

    އިންސާނުނަށް އަނިޔާކޮށް މަރާ އިރު އެއްވެސް ކަމަކަށް ނުހަދާ. އިންސާނުން ހިމާޔަށް ކުރަން ނުކުމެބަލަ.

    13
    2
  3. ިހުސެން

    ބުލާތަށް ސައިކަލް މަނޱި ހަލާކު ކުރާ ކަންތަ ކޮންބައެއް ބަލަނީ؟

    12
    2
  4. ހުސޭނުބޭ

    މެހި ކުރަފީގެ މައްސަލަތައްވެސް ހަ ގިރުގައި ކުރިޔަށްދޭ! އެކަމަކު އިންސާނެއްގެ މައްސަލަވިއްޔާ ދިހަ ބާރަ ކަމިޝަން އުފައްދައިގެންވެސް ކުރިޔަކަށްނުދޭ. މިއޮތީވާ ޤައުމެއް!

    14
    1
  5. ހަސަން

    ފުރަތަމަ ބަލާންވީ ދޫނިތައް މަރާލި މައްަަސަލަ، ކީކުރަ އީޕީއޭއެއްތަ. ނަންބަރު އައިނެއް އަޅާ ބަލަ.

    15
  6. ހަންޏާ

    ޖަނަވާރަކައްވިޔަސް އެކަހަލައަނިޔާވެރި ޢަމަލުހިންގައިގެން ނުވާނެ އެއީވަރައް ދަށުދަރަޖައިގެ އަމަލެއް އެއަމަލު ހިންި މީހާގެމައްސަލަ ބެލެންވާނެ

    14
    1
  7. ސަމީ

    ދޫނި މެރި.މައްސަލަ ބަލާ ފިޔަވަޅު އަޅާ ދޫނި މެރުން އޯކޭ ބުޅާ މެރުން ގޯސް

    13
    • ރޯޔަލް

      އެކަމެއް ނުބެލޭނެ މީ ސަދޫމް ގެރި މޯދީ ރަސްކަން ރޯޔަލް ރޭޕް ވެސްނުބެލުނެއްނު 130 އެތަށްދޫނި ރަހުމްކުޑަކޮށް މަރާލީ މިސަރުކާރުން ވީމަ އޯކޭވީ މަގުމަތީގަ މީހުނަށް ދުއްތުރާ ކޮށް މަގުމައްޗަށް ބޮޑުކަަމު ކުޑަކަމުގޮސް ބަލިފަތުރާ ބުޅަލެއް މަރާލީމަ އެމީހަކުބުރިންހަބާލަން ތިތެޅެނީ އެގޮތަށް ދިރޭ އެއްޗެހި މަރާގެންނުވާނެ އެސޮރަށް ވާނީ ބަލިކުއްޖަކަށް ދީނަށް ފުރައްސަރަ ކޮށް ލިޔެ މީޑިޔާގަ ހަދާމީހެއް ވެއްޖިޔާ އެއްވެސް މުއަށްސަސާ އަކަށް ނުފެނޭ ބަޔަކު ކެކިގަތީމަ ދެން ރެޔަކާލާނީ މީސިދާ ޔަހޫދީ އަށްޑައެއް އިންޑިޔާ އަަށް ގައުމު ވިއްކާލަގެން ތިބި ވަގުން

      13
      1
  8. ޢެން

    ކޮބާހޭ ދޫނިމަރަން އަމިރުކުރި ވަޒީރު

  9. އިބްރާހީމް

    އިންސާނުން ހިމާޔަތް ކުރެވިގެން އޭގެ ފަހުން ޖަނަވާރުން ހިމާޔަތް ކުރަން ޖެހޭނީ ...

    9
    2
  10. މަރީނާ

    އީޕީއޭ ގެ ލަދު ކޮބާ. އެތައް ސަތޭކަ ދޫންޏެއް އަނިޔާވެރި ގޮތަކަށް މަރައިފަ ލަދެއް ނުގަނޭތަ ބުޅާ ވާހަކަ ދައްކަން

  11. މީ މުންކޮ

    މީވާވަރު ބުޅާއެކަނިތަށް ފުރާނަށް އެޅުއްވިއެއްޗަކީ ކޮބާމަރާލި ދޫނިތަކުގެ ހައްގުތައް

  12. މިތުރާ

    ބުޅާ ތައް އުޅެނީ މާލޭގައި ހިގާމީހުންގެ ފައިދަށުން، މަގުމަތީގަ ޕާރކު ކޮށްފަހުންނަ ސައިކުގެ ވަށިގަނޑު ތެރެއިން، ކަމާބެހޭފަރާތުން ބުޅަލައް އަޅައެއްނުލާ މަގުމަައްޗަ ގިނަވެފަ ބުޅާ ހުރީ، ވީހިދު ބައެއްމީހުންގެ ފަރާތުން ބުޅަލައް ވބޮޑެތި އަނިޔާތައް ލިބޭ ، ކީއްތަވާނީ ބުޅާ އުޅެން ފަޅުރަށެއް ދިނީޔާ ..އަދި ބުޅާ ބަލަހައްޓަން މީހަކު ބަހައްޓާފަ، ބުޅާޒޫ ބަލަން ޓިކެޓު ވިއްކޭނެ، އާއްމުންނައް ވަކި އަގެއް، ފަތުރުވެރިންނަށް ވެސްވަކި އަގެއް، އޭރުން ބުޅާތައް މާލެގެ މަގުމަތިން ނައްތާލެވި ބުޅާތަކައް އަނިޔާލިބުން ވެސްހުއްޓޭނެ،🤔