އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެއެވެ.

މިރޭގެ ޖަލްސާ ހޫނުވާން މެދުވެރިވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް އަށް ދީފައިވާ ވަގުތު ހަމަވުމުން ވެސް އޭނާ ވާހަކަ ދެއްކެވުން ހުއްޓަވާ ނުލެއްވުމާއި ގުޅިގެންނެވެ.

އާޒިމްގެ ވަގުތު ހަމަވިއިރު، އޭނާ ގެންދެވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ނުސީދާކޮށް ރައްދު ދެއްވަމުންނެވެ.

އާޒިމް ވަނީ މިޖަލްސާގައި އޭނާއަށް ދީފައިވާ ވަގުތު ހަމަވުމުން މައިކު ދެއްވަން ވެސް ދެކޮޅު ހައްދާފައެވެ. އަދި އިށީނދެވަޑައިގެން ހުންނެވި ގޮނޑިން ތެދުވެ މެމްބަރުންގެ ކުރިމައްޗަށް އަރާ ވެސް އޭނާ ވަނީ ވާހަކަ ދައްކާފައެވެ.

އާޒިމްގެ މި އަމަލާއި ގުޅިގެން ބައެއް މެމްބަރުން ދިޔައީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ފައްޔާޒަށް ތާއިދު ކުރާ މެމްބަރުން ދިޔައީ މަޖިލީހުގައި އަޑު ގަދަ ކުރަމުންނެވެ.

މިޖަލްސާގައި އާޒިމް ވިދާޅުވީ، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރަން މަސައްކަތް ކުރަމުން ދަނީ އިންތިހާބު ހަރާބު ކުރުމަށް ކަމަށެވެ. އެހެން ކަމުން އެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް އާޒިމް ވަނީ ހަރު އަޑު ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ، އެއްވެސް ހާލެއްގައި އިންތިހާބު ބާއްވާނެ ތާރީހެއް ގައުމީ މަޖިލީހުން ނިންމާފައިވަނިކޮށް އެ އިންތިހާބު ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ތާވަލުކޮށްފައި ވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ. އިންތިޚާބު ދިމާވަނީ ރޯދަ މަހަށް ކަމަށް ވާތީ ފައްޔާޒުގެ ޓީމުން އެދެނީ އިންތިޚާބު ފަސްކުރުމަށެވެ.

ނަމަވެސް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ގެ ޓީމުން އިންތިޚާބު ފަސްކުރާކަށް ތާއީދެއް ނުކުރެއެވެ. އިންތި ތާއީދު ކުރައްވަނީ އިންތިޚާބު އޮތް ދުވަހު ނޫނީ އަވަސް ތާރީޚެއްގައި ބޭއްވުމަށެވެ.

ފައްޔާޒަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަން ބޭފުޅެކެވެ. އިންތިއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގުއިދައިތަ

    އޭސީތައް ނުޖައްސާ ދޯ ހުރީ؟؟

    13
    1
  2. ޅަބޭ

    އާމީން!

    14
  3. ފައްޔާޒު ފެކްޝަން

    އެމްޑީޕީތެރޭގައި ތަޅާފޮޅުމަކީ އަހަރުމެންނާ ބެހޭކަމެއް ނޫނެވެ. އަހަރުމެންނާ މިބެހެނީ ގދ.ތިނަދޫގަ ހިއްކާފަ އެއޮތް 63 ހެކްޓަރުބިމުން ގޯތި ދޫނުކޮށް 2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ 63 ހެކްޓަރުގެ ވެލި ކައި ހުސްކޮއްފާނެތީއެވެ

    21
  4. ޝަޒްނީ

    ޕާޓީއަށް އޮތް ހައްލަކީ ނަޝީދު ވަކިކުރުން މެމްބަރުކަމުން. ވެރިކަން ދިނީމަ ފެއިލްވެގެން އިސްތިއުފާދީފަ ޕާޓީ ފެއިލްްކޮއްފަ ހުރި މީހަކަށަ ޕާޓީން ޖާގަދޭކަށެއް ނުޖެހޭ. އޭނާ ބޭރުކުރޭ.

    25
  5. ސަލް

    އެމްޑީޕީގެ ފާފައިން ފުރިގެންވާ ލާދީނީ މަޖިލިސް ނެތަސް އަހަރެމެންނަށް ހެޔޮ...

    27
  6. އަޅޭ

    އަޅޭ ހޮޓް އޭ ދޯ..😱

    12
  7. ޕިންކީބަނާނާ

    ތި އާޒިމު ތީ ސައިޒު އޮޅިގެން އުޅޭ މީހެއް

    15
  8. ހުންގާނު

    ފައްޔާޒު މިފަހަރު ހޮވާފަ ދޫކުރަންވާނީ. އާޒިމަށް ގަދަހަދާފަ ނޫޅެވޭނެ މިހާރަކު

    17
  9. އަޙްމަދް

    ސާބަހޭ އެބަ ރަނގަޅުވޭ ތިޔަ އެމްޑީޕީ ބައިގަނޑު ބައިބާވެ ނެތި ދިޔުން އެދެނީ!

    21
  10. ސ

    މޑޕ އަށް އެންމެ ހިޔޮ ގޮތަކީ ނަސީދު ފައްސާ
    ދު ރަށްލުމެވެ އަދި އޭނާގެ އައުވާނުންވެސް ބޭ ރުކު ރުމެވެ
    ޕާޓީއަށް ކާމިޔާބު އޮތީ މިގޮތުގައެވެ.

    12
  11. ހެހެހެކެކެ

    އެމްޑީޕީ އަކީ މި ގައުމުގަ އުފެދުނު ކެންސަރ ސެލް އެއް. މި ބައިގަޑު ވަދެއްޖެ ކޮންމެ ތަނެއް ހަރާބު ވާނެ. މިބައިގަޑުގަ ހުރީ ޔަހޫދީ ގޮތްގަޑު.