ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން މިހާރު އުޅޭ ގޮތަށް އުޅެންޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މެންބަރު މީކާއިލް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެ، ދެ ރައީސުންގެ ފެކްޝަންގެ ކޯޅުން މާ ބޮޑަށް ބޮޑުވެފައިވަނިކޮށް ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމަށް އެންމެ ފަހުން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި އެ މަޖިލީހުގައި ދެ ފެކްޝަންގެ މެންބަރުން ވަނީ އަރައިރުންވެ، ބޮޑެތި ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ބޭފުޅުން ނިސްބަތްވަނީ ދެ ފެކްޝަނަށެވެ. އެހެންކަމުން މި އިންތިހާބުވެފައިވަނީ ދެ ރައީސުންގެ ވާދައަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަކީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެކެވެ. ދެން ވާދަކުރައްވާ ފައްޔާޒް އިސްމާއިލް އަކީ ރައީސް ސޯލިހްގެ އެންމެ އަރިސް ވަޒީރެވެ. ދެ ރައީސުން ތިއްބެވީ ވެސް ދެ ކެނޑިޑޭޓުންގެ ފަހަތްޕުޅުގައެވެ.

މިކަންކަމާއި ގުޅިގެން މީކާއިލް ވިދާޅުވީ މިއީ އެމްޑީޕީގެ ފަރާތުން ފެނިގެންވާނެ ކަންކަމެއް ނޫން ކަމަށާއި، އެޕާޓީ އަކީ ވޯޓު "ފުރިހަމަ ކޮށްގެން" ވެރިކަން ކުރަމުން އަންނަ ބައެއް ކަމަށެވެ. އަދި މިހާރު އުޅޭ ގޮތަށް އުޅެންޖެހޭ ސަބަބެއް އޭނާ އަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ގައުމީ މަޖިލީހުން ބޭނުން ކޮންމެ ކަމެއް، ކޮންމެ ވަގުތެއްގައިވެސް ފާސް ކުރުމުގެ ބާރު އެބަ އޮތް. ސަރުކާރުގެ ނުފޫޒާއި، ކުންފުނިތަކުގެ ނުފޫޒުން ގައުމީ މަޖިލިސްގެ ސުޕަރ މެޖޯރިޓީވެސް އެވަނީ ހޯއްދަވާފައި." ސަރުކާރު ފެކްޝަނުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދީ، ނުފޫޒުން ކަމަށް ތުހުމަތު ކުރައްވައި އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އެޕާޓީގެ ގައުމީ މަޖިލީހުން ނިންމީ، 100 މެމްބަރުންގެ ތާއީދާއެކުގައެވެ. އިންތިހާބު ފަސް ކުރުމަކީ ފައްޔާޒު ބޭނުންވެލެއްވި ގޮތެވެ. އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ބޭނުންވެލެއްވީ، އިންތިހާބު ފަސް ނުކުރުމަށެވެ. އިންތި އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ފަސް ކުރަން ބޭނުން ނުވީ އެންމެ 15 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އުންސުރު

    މީކާއީލް އަކީ ޅަކުއްޖެއް އެހެން ވެގެންތާ ނުވިސްނެނީ ބޮޑުވަންދެން ގޭގަ މަޑުކޮށްލާ ބުއްދިވެރިވާނީ ތަސައްރަފުފުދިގެން.

  2. ހުސޭނުބޭ

    އަމިއްލަ އެދުމައިގެ ތި އުޅެނީ. ހެސްކިޔާފައި ލާދީނީވެފައި ބައިތުލްމާލުން ކުރީ ވައްކަން. ކެވުނު ވަރު މަދުވެ އެކަކު އަނެކަކަށް ހަސަދަލައިގެން ތި އުޅެނީ.

  3. އަލީ

    ކަލޯ ތި ބުނަނީ އުމުރު ދުވަހައް އައްނި ވަށާ މުގޯލި ނާޅާތީ އެވާހަކަތަ؟ ކަލޯމެން ޑިމޮކްރަސީ ތިކިޔަނީ އެހެން މީހަކައް ފުރުސަތެއް ނެތް އެމްޑީޕީގެ އުސޫލައް

  4. Anonymous

    ލާދީނީ ބަޔަކަށް އެނގޭނެތަ ތިނޫން ގޮތަކަށް އުޅެން؟

  5. އަބްދޫ

    ނުވިސްނޭނެ. އެމްޑީޕީގަ އެންމެ މީހަކަށް މެނުވީ ފުރުސަތުނެތް ހިސާބަށް ދިޔައިމާ ވާނެގޮތަ މިވަނީ. އެމްޑީޕީގެ ރައީސްކަންކުރިމީހުނަށް ވީގޮތް ވިސްނޭތަ؟މުޅިއޮޑީގަ ހަސަނުގެ ދެފައި އޮތީމަ އެހެންމީހުން މީ ކީއްކުރާ ބައެއް.ބޮޑުއުދުޅިއެއް ހަދައިގެން ހުރިހާ ތެއްޔަކަށް ބޭނެން ފެށީމަ ވާނެގޮތަ ނުވިސްނޭތަ؟މިވީ ގޮތަކީ ކެނެރީގެ ވަގު ނަށިދަށް އޮޅުނީމަ އޭނަސައިޒްކުރަންޖެހިގެން މިއުލެނީ އަދިވެސް ނުވިސްނޭތަ؟

    5
    1
  6. ޢަޒު

    ލާދީނީ ވީމަ އުޅެނީ ތިހެން ރައްބެއް މިއްލަތެއް ދީނެއް ނެތް ބައެއް ވިއްޔާ