ދަތުރުތައް ހުއްޓާލުމަށްފަހު ޓެކްސީ ޑްރައިވަރުން މުޒާހަރާ ފަށައިފިއެވެ.

ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއާއި ހަމައަށް ހައްލެއް ނުދައްކައިފިނަމަ މުޒާހަރާ ކުރާނެ ކަމަށް މީގެ ކުރިން ޓެކްސީ ޑްރައިވަރުން ވަނީ އަންގާފައެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން ފަށާފައި ވަނީ ދުނިޔޭގެ ތެލުގެ އަގަށް އައި ބޮޑު ބަދަލުން، ޓެކްސީ ޑްރައިވަރުންގެ ޚަރަދުތައް ބޮޑުވެގެން ގޮސްފައިވާތީ ކަމަށް ބުނެއެވެ. ޓެކްސީ ޑްރައިވަރުން ބުނަނީ މިހާރު ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ދަތުރުތައް ކޮށްގެން ދެކޮޅު ނުޖެއްސޭނެ ކަަމަށެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަނީ--ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޓެކްސީ ޑްރައިވަރުން މުޒާހަރާ ފަށާފައި ވަނީ މިއަދު 1:00 ގެ ފަހުންނެވެ. އެ ޑްރައިވަރުން ބުނެފައި ވަނީ މުޒާހަރާ ކުރަނީ ސަރުކާރަށް ދިން މުހުލަތުގައި ޖަވާބު ނުލިބުމުން ކަމަށެވެ.

އެ މުޒާހަރާތައް ކުރަމުން ދަނީ ހުޅުމާލޭގެ "ރުއްގަނޑު 2" ސަރަހައްދުގައެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަނީ--ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މުޒާހަރާގައި ހަރަކަތްތެރިވާ ޓެކްސީ ޑްރައިވަރަކު ބުނީ، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން އިހުތިޖާޖް ކުރަމުންދާއިރު، މިކަން ހުއްޓުމެއް ނެތް ކަމަށެވެ. އަދި މިކަން ހުއްޓާނީ ހައްލު ލިބުމުން ކަމަށް ޓެކްސީ ޑްރައިވަރު ބުންޏެެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކުދިގުޅަ

    ހަގީގަތުގައި ވެސް މިމީހުން އެބަޖެހޭ ޒައިޒް ކުރަން ، އަމިއްލަ އަމިއްލަޔަށް ގާނޫނު ހަދާ ، ރައްޔިތުން ފެލަމުން ދާއިރު ވެސް ސައުކާރު މިއޮތީ ބަސް ހުއްޓިފަ ، އެބަޖެހޭ ރައްޔިތން ނަށްޓަކައި މި ވެރީން މާތިރި ކުރަން ، ހުރިހާ ހުއްދަތަށް ބާތިލް ކޮށްލާ ! ސެންޓަރުތަށް އުވާލާ ! ޕަބުލިކު ބަސް އިތުރުކޮށް ލާ !

    27
    7
  2. ޒުހޫ
  3. ޗޮއި

    ތެލުގެ އަގު މަތިވުމުގެ ކުރިންވެސް ޓެކްސީ ޑްރައިވަރުން ވަނީ އަގު ތަކެއް ކަނޑައަަޅާފަ. ޓްރާންސްޕޯޓުން އަޑު ނޭހީ. އެހެން ކިޔާފަ އޮއްވަ ތެލުގެ އަގު މަތިވީ. އޮޅުވާލަން ނޫޅޭ!

    26
    4
  4. މައުސްއފ

    ޓެކުސީ ފުލް ޓޭންކު ބަލަމާ 50 ކަމަށް ެެެެެެެެެެެެެެެެެެެެެެެެެެެ ެއެކަމްހުޅުމާލެ އެއާޕޯޓް 109 ރުފިޔާ ރައްޔިތުން ފެލަން އޮޅޭ ބައެއް ޓެކްސީ ޑުރައިވަރުންe

    11
    2
  5. ޑިރާސާ

    މިހާރުވެސް ރާއްޖެއަކީ ކާރު ދަތުރު ފީ ދުނިޔެއަށް ބަލައިލިޔަސް ޖީ.ޑީ.ޕީ ނިސްބަތުން އެންމެ އަގުބޮޑު ޓެކްސީ ރޭޓް ނަގާ ގައުމު. މިފަހަރު ޓެކްސީ ޑްރައިވަރުން ސައިޒު ކުރުން އޮތީ ސަރުކާރުގެ އަތްމަތީގައި ، މިހާރުން މިހާރަށް ސަރުކާރުގެ ޓެކްސީ ސެންޓަރެއް ވުޖޫދަށް ގެނެސް ، ދައުލަތުގެ މުއައްސަސާތަކުގެ ރަޖިސްޓްރީގައި ހުރި ކާރުތައް ޕެއިންޓްކޮށް ދައުލަތުގެ ޓެކްސީއެއްކަން އެނގޭ ގޮތަށް ޑިޒައިންކޮށް ދަތުރުތަކަށް ނެރެ ޙިދުމަތް ފަށާއިރަށް ތިޔަ ފުއްޕާ ޓެކްސީ ޑްރައިވަރުން ސައިޒު ވާނެ.

    14
    1
  6. އަބްދޫ

    ހުރިހާ ޓެކްސީ ހުއްދަތައް އުވަލާ ޓެކްސީ ސެމްތަރުގެ ހުއްދަ ވެސް އުވާލާ. އަލުން ޓެކްސީބޯޑް ދޫކުރަން އިއުލާންކުރޭ. ސެންތަރުގެ ހުއްދަ ވެސް އާކުރޭ. ޓެކްސީ ޑްރައިވަރުންގެ ދަށުވެ ސަރުކާރު ފިތިގެންނުވާނެ.

  7. Anonymous

    މިއަނިޔާވެރި ސަރުކާރު ގެންނަނ އެންމެ ބާރައް ހަޅޭލެވީ ތިމީހުން ވީމާ ކަލޭމެންނައްފެންނަ އަގެއްކިޔާ އެއިރުން އޯކޭ ވާނެ

    7
    3
  8. ކުރަނޑި

    ޓެކުސީ ޑުރައިވަރުން ކާރު ބަހަކަށް ހަދައިގެން ފެންނަހާމީހަކު އަރުވައިގެން މުޅި މާލެވަށާ ދުއްވާއިރު ފަހުން އަރާ މީހާ ދާންޖެހޭ ތަނަށް ދާއިރު އޮންނަނީ ގަޑިޖެހިފަ ފެރީއަށްދާމީހާގެ ފެރީވެސްފުރާފަ ކޮބާތަ ކަލޭމެންގެ އަހުލާގު ލާރި ލިބެނިކޮށް ހުރިހާކަމެއް ނިމުނީދޯ.

    11
    1
  9. ނަފާ

    ކުދިންނޭ ތެލުގެއަގު ވަރަށްބޮޑުތަނުން ހެޔޮވެއްޖެޔޯ

  10. ހާލަކީ

    މިހާރު ތިޔަހެން ފެލަނީއޭ ކިޔާ ދަތުރު އަގުބޮޑު ކޮއްފިއްޔާ ޓެކްސީ އަކައް ނާރާނަމޭވެސް ބުނާނެ އެކަމަކު ނާރައެއްވެސް ނުކެރޭނެ އެއައްވުރެ ފައިގެ ބާރު ދެރަބައެއް އަހަރެމެންނަކީ ފަސް މިނިޓުން ހިނގާފަ ނުދެވޭނެ ތަނެއްމި މާލެއަކުނެތް އެކަމަކު ގެއިން ބަދިގެއައްވެސް ދާންބޭނުންވަނީ ޓެކްސީގަ