އަންނަ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ފޯރި އިންތިހާއަށް ގަދަވެފައިވަނިކޮށް، ސީދާ ރައީސް މުހައްމަދު ނަޝީދު ނުކުމެވަޑައިގެން ރައީސް ސޯލިހްގެ ތާއީދާއެކުގައި ޗެއާޕާސަންކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް އެތެރޭގެ މަސްރަހު ވަނީ ހޫނުވެފައެވެ. އިންތިއަށް ތާއީދު ކުރާ، ސަރުކާރު މަގާމުތަކުގެ ތިބި މީހުނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އިންތިއަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. އެހެންނަމަވެސް އެ ތުހުމަތުތަކަށް ސަރުކާރުން ވަނީ އިންކާރުކޮށްފައެވެ.

އިންތިއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. ފައްޔާޒަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ.

ކަންމިހެން އޮތް އިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ މިނިސްޓަރ ފައްޔާޒް ސަރުކާރުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އިންތިހާބާއި ގުޅުވައިގެން ބިރު ދައްކާ އިންތިހާބަށް ނުފޫޒުފޯރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފައްޔާޒާއި މެންބަރު ރޮޒޭނާ ގައުމީ މަޖިލީހުގެ ޖަލްސާގައި ކަން ކުރެއްވި ގޮތަކީ ޕާޓީއަށް ވަރަށް ބޮޑަށް ހުތުރު ވާފަދަ ގޮތެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިގޮތުން "އަޅުގަނޑު ހުރީ އަދި މިގޭ މީހުން ތިބީ ރައީސް ނަޝީދާއި ދެކޮޅަކަށް ނޫން. ކެމްޕޭން ކުރީ މަޖުބޫރު ވީމާ" މިފަދައިން ލިޔެފައިވާ މެސެޖެއް އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕަށް ފޯވާޑް ކުރައްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ އެމަނިކުފާނަށް މިވަގުތު އެންމެ ގިނައިން ލިބިލައްވާ އެއް މެސެޖު ކަމަށެވެ.

"މިނިސްޓަރ ފަޔާ އަދި ރޮޒޭ އަކީ 2 ކެނޑިޑޭޓުން. އެހާ ބޮޑަށް އަތް އުކާ، ކަނޑިކި ނަގާ، ކަރުބުޑުން ނެރޭ އަޑުފައްގަޑު ނެރި ހަޅޭ ލެވުން އެއީ މި ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހުތުރެއް" ރައީސް ސޯލިހްގެ ފަރާތުން ވާދަކުރައްވާ ދެ ކެނޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ދެ ކެނޑިޑޭޓުންނަށް ފާޑު ވިދާޅުވެފައިވާއިރު މި އިންތިހާބަކީ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހާއި ދެބޭފުޅުންގެ ވާދަކުރެއްވުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއާއެކު އިންތިހާބުގެ ފޯރިވަނީ އިންތިހާއަށް ގަދަވެފައެވެ. އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް ދެ ފެކްޝަން ވަނީ ވަރަށް ބޮޑަށް އަރާރުންވެފައެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އެޕާޓީން ނިންމީ، 100 މެމްބަރުންގެ ތާއީދާއެކުގައެވެ. އިންތިހާބު ފަސް ކުރުމަކީ ފައްޔާޒު ބޭނުންވެލެއްވި ގޮތެވެ. އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ބޭނުންވެލެއްވީ، އިންތިހާބު ފަސް ނުކުރުމަށެވެ. އިންތި އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ފަސް ކުރަން ބޭނުން ނުވީ އެންމެ 15 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަލީ

    ހީވަނީ ދެން މާ ރީތި ކޮން އުޅޭބައެއްހެން ތިއީ.

    37
    1
  2. ދިރާސާ

    ފަސްކުރިއަސް ނުކުރިއަސް ހޮވޭނީ ފަޔާޒް.

    33
    7
    • ރަންރީނދޫލަޝްކަރު

      ފައްޔާޒު ޗޮކުން ދުއްވާލާނަން.. ޤައުމީ މަޖިލީހަކީ ޢާއްމް މެމްބަރުންނެއްނޫން... ވަރަށް ވާހަކަ މީ..

      7
      27
  3. އަބްދޫ

    ހުތުރު ވެގެން އުލެނީ ފައްޔާޒު އުޅޭ ގޮތެއްނޫން. ހުތުރު ވެގެންއުޅެނީ ނަސީދު އުޅެންފެށިގޮތް. އެމްޑީޕީ މެމްބަރުންނާއި އެނޫންއެތައބަޔަކު ގުޅިގެން ރައިސްކަމަށް ހޮވުނީމަ ގައުމު ހިނަގާކަށް ނޭގުނު .18.5 ބިލިއަން ދަރަނިނެގި ފެންކުންފުނި ދިރާގްއެއަޕޯތް ވިއްކާލި.ބިދޭސީން ޑިޕޮޒިޓް ހަޖަމްކޮށްލި އަތޮލާއިރަށްރަށުގެ ރައޔިތުންގެ ފަެިސާއަށް ހެދިގޮތެއް އަދިވެސްނެގޭ، ރައީސްކަންކުރެވުނީމަ ބްރޯހެދިގެން މަޖިލީހަށްކުރިމަތިލާހޮވިގެން މަމީ ބޮޑުވަޒީރު ކަމަށް ހެދިގަތީމަ ޕާޓީ މީހުނަށް އެގިއްޖެ މީނަޔަކީ ވެރިކަމާދެނޖެހޭމީހެއްކަމާ ގައުމަށް ފައިދާކޮށްދޭންއުޅޭ މީހެއްނޫންކަން. ޕާޓީގެ މީހަކު ރައިސްކަމުގަ ހުރީމަވެސް ހިތަށްކެތްނުވި ބޮޑުވަޒިރު ކިޔައިގެން ސަރުކާރު ހިންގަންދަތިކުރަންފަށައިފި. .

    18
  4. Anonymous

    ނަޝީދު ދި

  5. ޖު

    ކަލޭ އުޅޭގޮތުން ދީނަށް ހުތުރު!

    17
  6. ޢަދުރޭ

    ދެބަޔަކަށް ބެހިގެން ވަރަށް ވާދަ ކުރާކަމަށް ހެދިގެން އެ ވާދައިގައި އެއްބަޔަކަށްވުރެ އަނެއް ބަޔަކު މޮޅުވާން މެމްބަރުން އިތުރުކޮށްފައި ފަހު ވަގުތު ބުނާނީ ޑިމޮކްރެސީ މި ދައްކަނީ އެމްޑީޕީ އޭ މިދެބައިވެސް މީ އެއް ބައެކޭ . ދެބޯގެރި ދުއްވަނީ ނޫންތޯ ؟

    12
  7. އަހުމަދު

    ހުތުރީ ނަޝީދު އުޅޭ ގޮތް

    10
  8. އޮބްޒާރވަރު

    މީނާޔަށް މިއުޅެވެނީ ވަކި ރީތިގޮތަކަށްބާވަޔޭ ހިތަށްއަރާ ރާއްޖޭ ރައްޔިތުން 05 އަހަރުގެ ދައުރަކަށް ރާއްޖޭގެ ވެރިކަމަށް ރައީސަކު ޢައްޔަންކޮށްފައި ހުއްޓާ އެދައުރު ނުނިމެނީސް ތިމަންނަޔަށް ބޮޑުވަޒީރުކަންދީ ރައީސް އިސްތިއުފާދޭށޭ ކިޔާ ރޮއި ހަޅޭއްލެވިއިރު ވަރަށް ރީތި

  9. ކުރުސީ

    މިއީދެންކާކު މިގައުމުގަ ބަލައިގަންނަ މީހެއްނޫން ތިޔައީ

    • ހާލަތު

      ދައްޖާލު

  10. ޙަލީމް

    އެހެން މީހުން އުޅޭގޮތް ހުތުރޭ މިކަލޭގެ ބުނާއިރު، މިއީ ވަރަށް ރީތިކޮށް އުޅޭ މީހެއްބާ؟ ލަދުހަޔާތްކުޑަ ގޮތެއްފޮތެއް ނެތް މީހެއް. މި ކަލޭގެ ފަހަތުގައި އުޅެނީވެސް މުޅިން އޭގެ މީހުން.

  11. ބޮއް

    ނަޝީދާއި އީވާ މެން އުޅޭ ގޮތުންވެސް ޕާޓީއަށް ވަރަށް ހުތުރެވެ. ނަޝީދުގެ ސިޔާސީ ކުރިމަގަށް އެމްޑީޕީގެ މެމްބަރުވި ގުރުބާނީގެ އަގުވަޒަންކޮށް އެ މެމްބަރުން އަނެއްކާ މަގުތަކަށް ނެރެ އެތައް އަނިޔާއެއް ދޭން ނޫޅުއްވާށެވެ. އެތައް މަސައްކަތަކުން އެތައް އަނިޔާއަކާއި އެތައް ތަކުލީފަކަށް ފަހު ވެރިކަން ހަވާލުކުރުމުން ނުހިފެހެއްޓުނެވެ. އަނެއްކާ އެތައް އަނިޔާއަކަށްފަހު ޕާޓީ ވެރިކަމަށް އައިސް މެމްބަރުންނަށް ހަމަޖެހުމުގެ ނޭވައެއް ލެވޭއިރަށް އަނެއްކާ ތިއުޅުއްވާގޮތް ޕާޓީގެ މެމްބަރުނަށް ވަރަށް ހުތުރެވެ.

  12. ޢަބުދު

    ތިޕާޓީ ގަނޑު ހުތުރު ވެގެން ތިދަނީ ނަޝީދު ވެރިކަން ނުލިބިގެން ތިޔަ ތެޅޭ ހަޑިއަމަލުތަކުން. ނަންވާނީ މައުމޫން.

  13. ރިވެތިބަސް

    އެހާ ބޮޑަށް އަތް އުކާ، ކަނޑިކި ނަގާ، ކަރުބުޑުން ނެރޭ އަޑުފައްގަޑު ނެރި ހަޅޭ ލެވުން އެއީ މި ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހުތުރެއް"ކޮންކަހަލަ ރީތި މާތް ބަހުރުވައެއްތޯ މިއޮތީ ބޭނުންފުޅުކުރައްވާފަ ދެން މިފަދަރަީތި ބަލާޢާތްތެރި އޮމާން ބަސްތަކުން ވާހަކަފުޅު ދައްކާއުޅުއްވާނީ އަހަރެމެން އަޑުއަނހާގޮތުން ވިއްޔާ ވަކަރުގެ ކުދިން

  14. ސިނާ

    ބަރަވާ ސޯލިހު ބަރަވާ ސޯލިހު ވެރިކަމު ހުރީމަ ހީވާނެ ވަރަށް ތާއީދު އެބައޮތޭ ވޯޓު ދިނީ ހަމަ ރައީސް ނަސީދު ބުނާ ގޮތައް ކަންތަށްކުރަން ނޫނީ ނުދޭނަން ވޯޓެއް ކާޅު ވެސް ހީވީ ހަމަ ތިހެން