މިއަދު ރާއްޖެ އިން އިތުރު 325 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިންކޮވިޑަށް ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރެއިން މިއަދު 279 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 13 މީހުން ފައްސިވިއެވެ. އަދި އިތުރަށް ފައްސިވި ހަތް މީހުން ކޮވިޑް ސުންކު ނެގިތަނެއް ކަށަވަރެއް ނުކުރެވެއެވެ.

މިއަދު 2049 މީހުން ކޮވިޑް-19 އަށް ރާއްޖެ އިން ޓެސްޓް ކޮށްފައިވެއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %16 މީހުންނެވެ. ހަމައެކަނި މާލެ އިން މިއަދު ކޮވިޑަށް ޓެސްޓް ކުރީ 360 މީހުންނެވެ. މާލޭ ސަރަހައްދުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %7 މީހުންނެވެ.

އަދިވެސް ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 14294 އަށް އަރައެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ ހަތަރު މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު