ޅ.އަތޮޅު މާފިލާފުށީގައި ސިފައިންގެ ތަމްރީން ހަދަމުން ދިޔަ ސިފައިންގެ ތެރެއިން ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދެމުންދާ ސިފައިންގެ މީހާގެ ހާލު އަދިވެސް ސީރިއަށް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ސިފައިންގެ ތަމްރީން ހަދަމުންދިޔަ ސިފައިންގެ ތެރެއިން ދެސިފައިން ބަލިވެގެން ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު ދެވަނަ މީހާއަށް ފަރުވާ ދެމުން ގެންދަނީ ވޯޑްގައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުންދާ ސިފައިންގެ މީހާގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރަމުން ދިޔަ ދެސިފައިންގެ ހާލު ދެރަވެގެން އިއްޔެ ރޭ ފުރަތަމަ ގެންދިޔައީ ނައިފަރު ހޮސްޕިޓަލަށެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނީ އުމުރުން 19 އަހަރުގެ ސިފައިންގެ މީހަކާއި 21 އަހަރުގެ ސިފައިންގެ މީހަކަށް ކަމަށެވެ. ދެމީހުންނަކީ ވެސް ފިރިހެނުންނެވެ. އޭގެތެރެއިން 19 އަހަރުގެ ސިފައިންގެ މީހާއަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ. 21 އަހަރުގެ ސިފައިންގެ މީހާއަށް ފަރުވާ ދެމުން ގެންދަނީ ވޯޓް ގައެވެ.

މާފިލާފުށީގައި ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރަމުން ދިޔަ 19 އަހަރުގެ ސިފައިންގެ މީހަކު ވަނީ މިދިޔަ އަންގާރަ ދުވަހު ކުއްލި ގޮތަކަށް ނިޔާވެފައެވެ.

މިހާރު ފަރުވާ ދެމުންދާ ސިފައިންގެ ދެމީހުންނަށް ދިމާވީ ސިއްހީ ކޮން މައްސަލައެއްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަޖައިބު

    ކުދިންނޭ ކޮބިޑް ޖެހި ރަނގަޅުވެ ހަމަޔަކަށް ނޭޅެނީސް ހާޑް ޓްރޭނިން ޖެއްސަނީ

    48
    1
    • ޙައްގުބަސް

      ސިފައިންގެ އިންސްޓްރަކްޓަރުން ޖަވާބުދާރީ ކުރުވަންޖެހޭ! ޝަމާލް ޖަވާދާރީ ކުރުވަންޖެހޭ!! މީހުންގެ ޅަދަރިން ސިފައިންގެ ވައްދައިގެން އެހަދާ އެއްޗެއް ހަދައިގެން ފުރާނަ ދާއިރު އެކަން ހިނގާ ދިޔަގޮތް ރައްޔިތުންނަށް އެނގެންޖެހޭ!! އެކުދިންގެ މައިންބަފައިންނަށާ އާއިލާއަށް އެގެންޖެހޭ!! ރައްޔިތުންގެ މަޖްލީހުގެ ކޮމެޓީން ބަލަންޖެހޭ!! މަރުވެ ބައެއް ކުދިން އައިސީޔޫގައި ފުރާނަ ސަލާމަތްވޭތޯ ހަނގުރާމަ ކުރަމުންދާއިރު ސިފައިންނަކަށް ތިކަން ހިނގާދިޔަގޮތް ކިޔާނުދީ ތިބެވިގެންވާނެކަމަކަށް ނުދެކެން!! މިރާއްޖޭގެ ސިޔާސީ މީހުނާ ބާރު ހުރި ފަރާތްތަކުން ބޭނުންހާ ކަމެއްކޮށް ބޭނުންހާ ގެއްލުމެއް ގައުމަށާ ރައްޔިތުންނަށްދީފަ ހަމަ ހެވިފަ މަގުމަތީ ހިނގާ ބިނގާވެ އުޅެވިގެންނުވާނެ!! ރައްޔިތުން ބިރުފަހައަނަޅާ ނިކުމެ މިމީހުން ޖަވާބުދާރީ ކުރުވަންޖެހޭ!! ބިރުދައްކާ ޖަލަށްލިޔަސް އަނިޔާކުރިޔަސް ވަރިހަމަވެގެން ނިކުންނަންޖެހޭ!!

  2. 19 އަހަރާއި 21 އަހަރު

    ތިއީ ސިފައިންގެ މީހުންނެއް ނޫނެވެ. ތިއީ ސިފައިންގެ ކުދިންނެވެ. މީހުންގެ ޅަދަރިންނެވެ. ދެކުދިންނަށް ﷲ ފުރިހަމަ ޝިފާއެއް މިންވަރު ކުރައްވާށި! އާމީން

    53
    2
  3. h

    India meehunge fani training dhenyaa vaani thi hen

    24
    2
  4. ލޮލް

    ބޫސްޓާ ޑޯޒުގެ އަސަރު ފެންނަނީ.. ކޮވިޑު ވެކްސިން ޖަހުވައިގެން ރައްޔިތުން މަރައިފި..

    40
    4
  5. ހޮކި

    ހަމަ މީހުންތައް ފުނޑަނީ

    28
    1
  6. މުސކުޅިބެ

    ކީއްކުރަންތަ ދިވެހި ސިފައިންނަށް ތަމްރީންދެނީ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އިންޑިއާ ސިފައިން ތިބޭނެއްނު ދިވެހި ޤައުމު ދިފާއުކުރަން

  7. ފާތުން

    އޭ ނޫސްވެރިންގެ ސުވާލުތަކައް ޖަވާބްދީ ކަލޭމެން. ޢިންސާނުންނަކީ ބަލިކަށި ބައެއް. މަބޮޑޭވާން މީހުނައް ނުއުފުލޭ ކަންކަން ޓްރެއިނިންގ އައްގެންގޮސް ނުޖައްސަބަލަ ކަލޭމެން.😡😡

  8. ބޮޑު

    ޑޯޒުތައް ޖެހިފަހުން ބައްޔަކުން ދިފާއު ވޭވަރެއް އަދި ކަސްރަތު ކުރެވޭ ވަރެއް ހަށިގަނޑަކު ނުހުރޭ. ރާއްޖޭގެ ޑޮކުޓަރުން މި ޙަޤީޤަތް ބުނެދެން ޖެހޭ

  9. އަޙްމަދު

    ތިޔަކަށް ނުކިޔާނެ ޓްރެއިން ކުރުވުމެއް... ޖެއްސި ޖެއްސީނުން އެއްފަހަރުން ތިރި ކޮަަށްލީނުތީ... ކޮންމެ ކަމަކަށްވެސް މަޑު މަޑުން މަދު މަދުން ކުރަމުން ގޮސް ޓްރެއިން ވާނީ..