ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހުއްޓުވުމުގެ ކުއްލި މައްސަލައިގެ ބަހުސްގައި އެ ހަރަކާތް ޑްރަގް ވިޔަފާރިތަކާއި ގުޅުވައިގެން އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކަވައިފިއެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އޭގައި ގޮވާލެއްވީ އަންނަ ހުކުރު ދުވަހު ބާއްވަން ރާވާފައިވާއިދިކޮޅު ޕީޕީއެމް ޕީއެންސީގެ ބޮޑު ހަރަކާތް ހުއްޓުވުމަށެވެ.

ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ ޒަމާނުއްސުރެން ދިވެހި ދައުލަތުން ގެންގުޅޭ "އިންޑިއާ ފަސްޓް ފޮރިން ޕޮލިސީ" އާއި ދެކޮޅަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުކުންނެވީ އަމިއްލަ ޒާތީ މަސްލަހަތުގައި ކަމަށެވެ.

"އަމިއްލަ މަނީ ލޯންޑަރިންގެ ހަރަކާތްތަކާއި ޑްރަގް ވިޔަފާރިތައް ހިމާޔަތް ކުރަން ވެގެން، މި ހިންގާ ހަރަކާތަކީ އަދި އަމުދުން ރެސިސްޓް، ނަސްލީ ތަފާތު ކުރުން އޮތް ހަރަކާތެއް،" މީކާއީލް ވިދާޅުވިއެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް - ފޮޓޯ: މަޖިލިސް

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، އިންޑިއާއާއި އެކު ހަދާފައިވާ އެއްބަސްވުންތަކާއި މެދު ޕީޕީއެމް ޕީއެންސީން ކަންބޮޑުވާއިރު އެ އެއްބަސްވުންތަކަކީ ރައީސް ޔާމީންގެ ސަރުކާރުން އިންޑިއާއާއި އެކު އެކުލަވާފައިވާ ޑިފެންސް ފްރޭމްވޯކްގައި ހިމެނޭ ކަންކަން ކަމަށެވެ.

އިލްޔާސް ވިދާޅުވީ މިއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ހިންގާ ހަރަކާތެއް ނޫން ކަމަށާއި މިއީ ގާއިމްކޮށްފައިވާ މަސްތުވާތަކެތީގެ ވިއުގަތައް ހުއްޓިދާނެތީ އެ ކަންބޮޑުވުމުގައި ހިންގާ ހަރަކާތެއް ކަމަށެވެ. މީގެ ސަބަބުން ދިވެހި ގައުމީ ސަލާމަތް ގެއްލިގެން ދާނެ ަކމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ހިންގަވާ ކެމްޕޭނަކީ ދިވެހި ރައްޔިތުންނަށް ދެރަ ނިކަމެތިކަން ގެންނަން ވެގެން ހިންގަވާ ކެމްޕޭނެއް، ގައުމީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލަން ވެގެން ހިންގާ ކެމްޕޭނެއް،" އިލްޔާސް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް - ފޮޓޯ: މަޖިލިސް

ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، އިންޑިއާއާއި ދެކޮޅަށް ހިންގާ އެ ހަރަކާތަށް ފަންޑު ކުރުމުގައި މަސްތުވާކެތީގެ ވިއުގަތަކުގައި ހަރަކާތްތެރިވާ އިސް ފަރާތްތައް އުޅޭ ކަމަށް ދިވެހި ފުލުހުންނަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިވާ ގޮތް އެހެންވީމާ އެބަ ސާފުވޭ، އިންޑިއާގެ އަސްކަރީ އެހީތެރިކަން ލިބެމުންދާނަމަ ޑްރަގް ވިޔަފާރިތައް ހުއްޓޭނެ، ޒުވާނުންތަކެއް އޭގެއިން ސަލާމަތް ވާނެ، އެހެންވީމާ ވަރަށް ބޮޑަށް ސާފުވޭ، މި ހަރަކާތް ހިންގަނީ ކީއްވެގެން ކަން،" އަފީފް ވިދާޅުވިއެވެ.

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް - ފޮޓޯ: މަޖިލިސް

އެމްޑީޕީގެ މެންބަރުން މިފަދަ ތުހުމަތުތަކެއް ރައީސް ޔާމީނަށް އަމާޒުކުރާއިރު، އެމަނިކުފާނާއި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ވިދާޅުވާ ގޮތުގައި އެ ހަރަކާތް ހިންގަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކަމަށެވެ.

މީގެ އިތުރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާއި އެކު ވެފައިވާ އެއްބަސްވުންތައް އާންމު ކުރަން އިދިކޮޅު ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. މި އެއްބަސްވުންތައް މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްގައި ދައްކާލި ނަމަވެސް މެންބަރުންގެ އަތަށް އޭގެ ދެލިކޮޕީއެއް ދީފައެއް ނުވެއެވެ. އޭގެ ދެލިކޮޕީއެއް މެންބަރުންނަށް ދީގެން ދިރާސާ ކުރަން ދޭން އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގާޕޮއިގު

    ޑުރަގާ ގުޅުވަނީ ޑުރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ފުޅާވެފަ ވަނީ އިންޑިޔާ މަގުން އިންޑިޔިން ގެރި ގުއިގެބަދަލް މަސްތުވާތަކެތި މި އެތެރެކުރަނީ ރާޖެގެ ތާރީޙުގަ މި5އަހަރަކީ ޑުރަގް އެންމެ ތިޔާގި އިންޑިޔާ ޗޮކުން ފެރީން ރާޖޭގެ އުތުރަށް ގެނެސް ނޫއިގްތިސާދުގަ ބާރުސްޕިޑްގާ ސަޕްލައި ކުރާތީ އެހެންވެ އެކަން ހުޓިދާނެތީ މޑޕ އަށް ކެއްނުވެގެން މިތެޅިފޮޅެނީ ޑްރަގް އެތެރެވަނީ އިންޑިޔާއިން

    21
  2. ރިލޭ

    މަސްތުވާ ތަކެތީގެ ގޮތް އެންމެ ރަނގަޅަށް އަފީފަށް އެނގޭނެ !،،

    21
  3. ރާއްޖެ

    ދިވެހިން ޑްރަގް ބޯން ފެށިތާ އަދި މި ވީ އަހަރެއް ދޯ؟

    13
  4. ލޯމާފާން

    މެންބަރު އަފީފް ޑްރަގް ވާހަކަ ދެއްކުން ތާހިރެއް ނޫން.

    21
  5. ކޮރޮވަލިގެ

    މާލޭ މީހުން ( އަންނި އިސްވެހުރެ) އައްޑޫ މީހުންނަށް މިވަރުގެ ލަޑެއް ދީފާނެ ކަމަށް ހިތައްވެސް ނާރާ ތިއްބާ އެއޮތީ އައްޑޫ ވިއްކާފައި ބޭރުގެ މިލްޓްރީ އޮށް އިންދާފަ..

    ދެން އައްޑޫ ވާނީ ދެވަނަ ކަޝްމީރަށް.. އިންޑިޔާ ސިފައިން ހަތިޔާރާއެކު ގެތަކަށް ވަންނަ ދުވަސް ކާރިވަނީ.. އަހަރުމެންގެ އަންހެންދަރީން އަބިން، މައިން ރޭޕްރުކާނެ ދުވަސް އޮތީ ކުރިޔަށް

    މީ ބަޔަކަށް ދެވޭނެ އެންމެ ބޮޑު ލަންޑު.. އައްޑޫ މީހުންނަށް ތަރައްޤީ ހޯދައިދޭނަމޭ ކިޔާ އަންނި ހޯދަދިން ދަންތުރަ.. މިހާރު ބޮޑު ކޮށް މިިތިބީ އްޑޫމީހުންނަށް ތަރައްޤީ ލިބިފައި..

    އަދިވެސް ހޭނާރާ ތިބޭ.. ދެން ވޯޓު ހޯދާނީ ބަޑިޖައްސާއިގެން.. ނޯ މޯ ފްރީޑަމް.. ނޯމީ އިންޑިޕެންޑެންސް

    އައްޑޫ އަޅުވެތިވީ.. ސީދާ ގޮތުން މާލޭ މީހުން އައްޑުމީހުނަށް އޮންނަ ހަސަދަ ފިލުވާލީ..

    20
  6. ކާފަބޭ2020

    ފެންނަނީ " މަސްދުމަށިބަލަހައްޓަން" ބުޅަލާހަވާލުކުރީމަވާހެން އެތަކެއްރާޑަރާއިފުލައިޓުތަކާއި ތަޖުރިބާކާރުންކަމަށްބުނާ މިލިޓަރީމީހުންތިބެގެން ސަރަހައްދުބަލަހައްޓާލެއް ބޮޑުވި އަދި އެކަމަށްކުރާހޭދަވާނުވާގައޮތްއިރު ކުރިންއަތުލައިގަނެވެނީ ގުރާމުން މިހާރުގަސްކާނާގެނަމުގަވެސްއެތެރެވަނީކިލޯކިލޯއިން އެތަކެތިއެތެރެކުރިފަރާތެއްނެތި ރަށްމެދަށްވިހޭދަރިއަށްވާހެން މިވީ ކީއްވެބާ؟

    15
    1
  7. ބެއްޔާ

    ޑްރަގް ވިޔަފާރި އޮތީ ރައީސް އޮފީހުގައި ..

    24
  8. ރޯނުއެދުރު

    އެހެންވެދޯ ރައީސް އޮފީސް ތެރެއިން ކޮކޭންބޯމީހުން ފެންނަނީ އެހެންވެދޯ އެބުނީ 200ޓަނުގެ މަސްތުވާ ތަކެތި މިސަރަހައްދުގަ ދައުރުކުރިޔަސް ނުހުއްޓުވޭނޭ ބަލަ މިހާރު މީހުންނައް އެގެޔޭ އެވާހަކަ އެންމެ ގަދައައް އެދައްކަނީ އެބޭނުންކޮއް އޭގެ ވިޔަފާރި ކުރާމީހުންކަން

    18
    1
  9. ލުޓޭރުންގެ ސަރުކާރު

    ޑްރަގް ހު އްޓުވޭވަރު މީގެ ދެރޭކުރިން ސޯސަންމަގުން ފެނުނު..ޑްރަގަކީ މޑޕ ވެރިކަމެ އްގަ ހު އއޓުވަން ބޭނުންވާނެ އެ އްޗެ ނޫން..ހިކި އެ އްޗެހި ދިޔާކޮ އްގެންވެސް މޑޕ އެތެރެކުރަން ބޭނުންވާ އެ އްޗެ ޑްރަގަކީ...ރނަޝީދު މިވެރިކަން ލިބުނުފަހުން ދަ އްކާފަހުރި ވާހަކަތަ އް އަޑު އަހާލުން ރަގަޅު...ރާވި އްމުމަކީ ފަ އިދާހުރި ކަމެ އްކަންބުނީ ކާކު...ހަކުރުބޯންޖެހޭކަންބުނީ ކާކު. ދަބަސްތަކުގަ ދިޔާ އެ އްޗެހި އުފުލަނީ ކޮންބަ އެ އް.. އިންޑިޔާ ސިފަ އިންނަ ދިވެހިން މަތިކޮ އްފަ އޮތް ޒިންމ އެނޫން ޑްރަގް އެތެރެވުން ހު އްޠުވުމަކީ ދިވެހި ފުލުހުންނަ މިކަންނުވަންޏާ ފުލުހުން އިސްތި އުފާދީފަ ގެޔަށްދޭ..

  10. މާމީ

    އެންމެފަހުން ރާއްޖެ އައި ޑުރަގަކީ ކާގުގެ މުދަލުގެ ތެރޭގަ ފޮރުވާގެން ގެނައި އެއްޗެއް ކަން ވެސް އެގޭނީ ގެންއި މީހާއައް އިއްޒައްތެރި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ކުނިފުއްޏެކޭ ކިއާ

  11. ރޮނޑާ

    މާލޭ މީހުން އިސްވެ ހުރެ މަރަދޫ ދަނޑު ބިން ވިއްކާލީ އިރޭސިންގެ ވަގުތީ ފައިދާ އައް. ހުރިހާ ގެއްލުމެއް މަރަދޫގެ ރައިއްޔަތުންނައް. ފައިސާ ކޮޅު މާލެ ވެރިންގެ ޖީބަށް.