މޭޔަރ ނިޒާރަށް ދިން ގެއްލުމަކީ ދަށު ދަރަޖައިގެ، ފިނޑި އަލަމެއް

އައްޑޫސިޓީ މޭޔަރު އަލީ ނިޒާރަށް ދިން ގެއްލުމަކީ ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވެއްޖެއެވެ.

މޭޔަރު އަލީ ނިޒާރުގެ އަމިއްލަ ކާރު ކޮޅު ގޭގެ ބޭރުގައި ޕާކު ކޮށްފައި ވަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ބަޔަކު މީހުން ވަނީ ކާރުގައި "އިންޑިއާ އައުޓް" ސްޕްރޭއިން ޖަހާފައެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިހާރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިކަމާއި ގުޅިގެން މޯޑް ވިދާޅުވީ، މޭޔަރު ނިޒާރުގެ ކާރުގައި އިންޑިއާ އައުޓް ޖަހައި މޭޔަރަށް ދީފައިވާ ގެއްލުމަކީ އެއީ ކޮންމެ ބަޔަކު ކުރި ކަމެއް ވިއަސް ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.

"އެއީ ދަށު ދަރަޖައިގެ ފިނޑި އަމެއްލެއް. އެކަން އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ސިޔާސީ ރޫހެއްގައި ވިއަސް އެކަހަލަ ކަންކަން ނުކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން" މޯޑް ވިދާޅުވިއެވެ.

މޭޔަރުގެ ކާރަށް ސްޕްރޭ ކޮށްފައިވަނީ ޕީޕީއެމްގެ ބައެއް ކަމަށް މީސްމީޑިއާގައި މީހުން ވާހަކަ ދައްކަމުން އަންނައިރު، މޯޑު ވިދާޅުވީ، އެކަން ކުރި ބަޔަކު ހޯދުމުގެ ކަންކަން ފުލުހުން ކުރަމުން އަންނަ ކަމަށާއި ފުލުހުން ނުވަތަ ކަމާއި ބެހޭ އިދާރާއަކުން އެކަން ކޮށްފައިވަނީ މީހުން ހާމަނުކުރާހާ ހިނދަކު، އެކަން ކުރީ މިވެނި ބައެކޭ ކިޔައި އެކަކު ބޮލަށް ޖެހުމަކީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ކާރަށް ސްޕްރޭ ކުރި މައްސަލައާއި ގުޅިގެން މޭޔަރު "ވަގުތަށް" ވިދާޅުވީ، މިއީ ސިޔާސީ ގޮތުން ދިމާކުރަން ކޮށްފައި އޮތް އެއްވެސް ތާކުންތާކު ނުޖެހޭ އަމަލެއް ކަމަށެވެ. އަދި އައްޑޫގެ ދެތިން ހިސާބެއްގައިވެސް "އިންޑިޔާ އައުޓް" މިފަދައިން ސްޕްރެއި ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަށޭކިޔާތަ

    ބަލަ މަނިކުފާނުގެ ކޮއްކޮ ހުސެން އެކަން ކުރީ

    • މަންމަން

      މަނިކުފާނޭ؟؟؟؟ ލަދުން ބޯހަލާކު

  2. ވަލި ކުދުރަހާ

    އަޑު އިއްވެން އޮތްގަތަކައް އަޑުއިއްވާނެ އެކިމީހުންގެ ވިސްނުން ތަފާތުވާނެ ރައީސް ނަޟީދު ވެރިކަމުގަ ހުރެ އަމިއްލަޔަ އިސްތިއުފާދިނީމަ މޯޑު ބަނޑުދިޔާވެގެން ގޮސް އައްޑޫ ތަންތަން ރޯކުރީ މޮޅު ކަމަކައްވީމަތަ ….

  3. ޝޮކްތެރަޕީ

    ބަރާބަރު ކަމެއް އިންޑިޔާ އައުޓް. މުޅި ރާއްޖޭގަވެސް ރިސްވަތު ދީގެ އިންޑިޔާ ރައްޖެ ފޭރިގަންނަނީ

  4. ޑައެލޯގް

    ތިޔަވާނީ މޭޔަރު ނިޒާރު ފައިސާގެ ދަހިވެތިކަމުގައި ފައްޔާޒަށް ތާއިދުކުރާތީ އިންތިއަށްތާއިދުކުރާބަޔަކު ކުރިކަމަކަށެވެ.

  5. ހުސޭނުބޭ

    މޭޔަރު ނިޒާރު އަމިއްލައަށް ހަމަލާދިނީމާ ދެން އަހުރެމެނނަށް ކުރެވޭނީ ކިޔެއް

  6. ފަލަސްތީން

    އިންޑިޔާ އައުޓް އެމްޑީޕީޔަ ތާއީދު ގެއްލިއްޖެ