ކުރީގެ ރައީސް, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަނިކުރަން އުޅެނީތޯ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ސުވާލު އުފައްދަވައިފިއެވެ.

މާލޭގައި ބައެއް ފަހަރު އެންމެ ބާރުބޮޑު ވަގުތުތަކުގައި ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރުގޯޅި ބަންދުކޮށްފައި ހުންނާތީ އާއި އޭގެ ސަބަބުން އެ މަގުން މަޖީދީ މަގަށް ނިކުންނަ މީހުން ނީލޯފަރު މަގުގައި ތޮއްޖެހި މުޅި ސަރަހައްދު ބްލޮކްވާ ކަމަށް ބުނެ އާންމުން ޝަކުވާތައް ކޮށްފައި ވެއެވެ.

އެ މަގު ބަންދު ކުރަނީ ރައީސް ނަޝީދު ގެކޮޅަށް ވަޑައިގަންނަވާ ވަގުތުގައެވެ.

އާންމުންގެ ޝަކުވާތަކަށް ބަލައި އެކަމާއި ގުޅިގެން ދެ ނޫހަކުން ލިއެފައިވާ ދެ ރިޕޯޓެއްގެ ސްކްރީންޝޮޓް ހިއްސާކޮށް އީވާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އެތެރޭ އިންތިޙާބު ތެރޭ، ތަފާތު އެކި ނޫސްތަކަށް ކުއްލިއަކަށް ރައީސް ނަޝީދު ގޭ ގޯޅީގަނޑޭ ކިޔާފައި އެއްސުރުަހީއެއް ގެނެސްފައިވާކަން ފާހަގަ ކުރައްވާފައެވެ.

އަދި މިކަމާއި ގުޅުވާ "ޝަކުވާއޭ އުނދަގުލޭ ކިޔައިގެންވެސް އަލުން ސެކިޔުރިޓީ ހަނިކުރަން" ކަމާއިމެދު އީވާ ވަނީ ސުވާލު އުފައްދަވާފައެވެ.

އިތުރަށް އީވާ ކުރެއްވި ޓްވީޓުގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ވާހަކަ ދައްކާފައިވަނީ "އަނެއްކާ ގޮއްވާލާނެ ޖާގަ ހަދަން" ތޯ ވެސް ސުވާލު އުފައްދަވާފައެވެ.

އީވާ މިގޮތަށް ވިދާޅުވެފައިވާއިރު، ގ.ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ދުއްވާ އުޅަނދުތައް އެތަނުން ނަގައި، ފާކް ނުކުރެވޭ ގޮތަށް ހަދާފައި ވެއެވެ. އަދި ރައިސް ނަޝީދު އެމަނިކުފާނުގެ ގެކޮޅަށް ވަޑައިގަންނަވާއިރު، އެ މަގު ބަންދުކޮށް ސެކިއުރިޓީ ވަރުގަދަ ކުރަނީ މެއި ހަވަނަ ދުވަހު މަޖިދީމަގާއި ނީލޯފަރުހިނގުން ގުޅޭ ސަރަހައްދުގައި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލި ހާދިސާއާ ގުޅިގެންނެވެ.

ނަޝީދު އަވަހަރާކޮށްލަންވެގެން ހަމަލާދިނީ މަޖިދީ މަގުން ނީލޯފަރުހިނގުމަށް ވަންނަ ދިމާލު، ކުރިމައްޗަށް ހުރި އަތަމާޕެލަސް ތެރޭގައި ހުރެ ރިމޯޓެއް ބޭނުންކޮށްގެން އައިއީޑީ ގޮއްވާލައިގެންނެވެ.

މި ހާދިސާއަށްފަހު މިހާރު ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ މުރައިދޫ ގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިގިރޭސި ވިލާތުން ކިޔަވައިގެން އައި މީހުންގެ ތެރޭގައި ތިބި ޤާދިޔާނީ ފިކުރުގެ މީހުންގެ ނުރައްކާ !

  2. Anonymous

    ލާދީނީ މީހުންނަކީ މިގައުމަށް ބޭނުންވާ ބަޔެއް ނޫން. ލާދީނީ މީހުން ދާންވީ ލާދީނީ ގައުމުތަކަށް.

  3. ާަމަރީ

    ބަޔަކު އެމަނިކުފާނަށް ގެއްލުމެއްދޭން އުޅެނީކަމަށްވާނީ.. ކުރީގެ ޙަމަލާއަކީވެސް އެތެރޭގެ ބައިވެރިވުމެއް އޮވެގެން ވީކަމެއް.. ެެެެަެެެެެެެަެެެެެެެަެެެެެެެަެ

    2
    2
  4. ޢިއްތިހާދު

    ތިމީހުންއަޅާބަލަ ފަޅުރަޝަކައް ރައްޔިތުންގެ ޓެކުސްލާރީ ން ދުނީއޭގެ ހުރިހާއެދުމެއްފުއްދާބައެއްގެ ސަބަބުން އެމީހުންނައްކާންދީއާއިލާއައް ބޭސްކޮއްދޭން ސަރުކާރައް އެޓެކުސް ދައްކަންއަދި އާމްދަނީހޯދަދޭ ރައްޔިތުމީހާއް އާންމުއުނދަގުލަކައްވެފަމިއޮއްނަނީ މަގުމަތީނުހިގޭ މިމީހުންގެ ކާރުކޮޅުތައްދާއިރު އަޅާސައިރަންތަކާހެދިވެސް ކުޑަކުދިންނައްނިދަވެސްނުތިބެވޭގޭތަކުގަ މީގެ 20 ވަރަކައް މީހުން ދައުލަތުން ގެންގުޅޭނަމަ އަހަރުތަކައްފަހު މާލޭގަ ދިރިނުއުޅެވޭނެ ރައްޔިތުންނައް މީގެ ދެތިން މީހަކުމަގުމައްޗައްނުކުމެއްޖެނަމަ އެދުވަސް ދިއައީ އެކިމަގުތައްބަންދުވެ މީވިސްނާލަންވެއްޖެކަމެއް ކޮއްމެ 5 އަހަރަކުން 8 މީހަކުއިތުރުވާނަ ދައުލަތުން ބަލަހައްޓާ ބޮޑުއާބާދީއެއްއޮއްނާނެ މަގުބަންދުކުރާ އެއަދާކުރި މަގާމުނިމުނުތާ 5 އަހަރުވީމަ މިމީހުނައް ދައުލަތުންކުރާ ހަރަދުކަނޑާލަންޖެހޭ އޭރުން މިކުޅޭ ސިޔާސީކުޅިވަރުނުކުޅެ ތިބޭނެ މަގުބޫލުކަންވެސް ނިމޭނެ ފަސްއަހަރުތެރޭ މިހާރު ޒައީމުވެސް 3 ހާސްހަމަނުވެގެންއެއުޅެނީ ނަޝީދުވެސް 2 ވޯޓްލިބުނީ އިތުރައް ގޮނޑިއައްކުރިމަތިލީމަ ވެރިކަމުގަ ޕާޓީއޮތީވެސްއޭރު

  5. ލޮލް

    ވަރުގަދަ ސެކިއުރިޓީއެއް ދީގެން ހިމާޔަތްކުރަންޖެހޭ ފަދަ މާތްމީހެއްނަމަ އެންމެރަނގަޅު ސެކިއުރިޓީ ހަނިކުރާތީ ކަންބޮޑުވާން. ތިޔަ މީހަކަށް މަތީ ފެންވަރުގެ ސެކިއުރިޓީ ދިންދިނީނުން މިގައުމުގެ މިނިވަންކަމަށް އެބަ އަސަރުކުރޭ.

  6. ލޮލް

    އާންމުންގެ ތެރެއަށް ނިކުންނަން ޖެހިލުންވާމީހުން ފަޅު ރަށެއްގައި ބައިތިއްބަންވީނު. ގައިމު އެތަނަކަށް މީހަކު ކުޑަ ބޭރުވެސް ނާރާނެ.

  7. ކޮވިޑް

    ނަޝީދުގެ ސެކިއުރިޓީ ދައްކުރިޔަސް އިމްރާން ވާނެ ޖަލުތަކުގެ ގޮޅިތަކުގައި ކަމެރާ ހަރުކުރަން. މި އޮތީ ވާ ސަރުކާރެއް.

  8. ހިތްތަކުގެ ރައީސް

    ބަލަ ކިހިނެއް މިހާރު ތިޔަވީ؟ ދިވެހިރައްޔިތުންގެ ހިތްތަޖުގެ ރައީސޭ ކިޔައިގެން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހުނެއްނު. ހިތްތަކުގެ ރައީސެއްނަމަ ، ރައްޔިތުންގެ ލޯތްބާ ރުހުން އޮތް މީހެއްނަމަ މީހަކު ހަމަލައެއްދީ ގެއްލުމެއް ދީފާނެތީ ކަންބޮޑުވާކަށް ނުޖެހޭނެ. ތިޔަކަމުންވެސް އެނގެނީ އަންނިއަކީ ރައްޔިތުން ނުރުހޭ ރުޅިއަރާ މީހެއްކަން. ހިތްތަކުގެ ރައީސެއް ނޫންކަން. ވަރަށް ވެދުން. ޕޮއް

  9. ހިާބު

    މުރައިދޫގޭ ދޮށްވެސް ބަންދު (ރެޑް ލައިން) އަދި ކެނެރީގޭދޮށްވެސް ބަންދު؟؟؟؟؟؟ ބަލަ މުރައިދޫގެ ހަމަޖެއްސީ ކެނެރީގޭ ދޮށް ބަންދުނުކުރާށޭ ކިޔާފަނު؟؟؟؟؟

  10. ނާދިރާ

    ވީވަރަކުން ހަނިކުރަންވީ. ފިތުނަ އުފެއްދުން ހުއްޓޭނީ އޭރުން

  11. Anonymous

    ކިހާބޮޑު އުނދަގުލެއްތަ މިއީ ދެން. ތި ނަޝީދަކު ވެއްޖެއެންނު ކޮންމެވެސް ގައުމަކަށް ފޮނުވާލަން. އަހަރުމެންނަށް ދުއްޕާން ނުޖައްސާ.

  12. ޝާކިރު

    އީވާ އަށް ބޮޑިތައް ގިނަ ނުވަނީތަ އަޅެ. މިހާރު އިންޓަރނެޓް ކުންފުންޏެއްވެސް ރާއްޖެ ގެންނަނީ. ކިހާ ދެރަކަމެއް މުޅި މިގައުމު އީވާ މިވަނީ ލޫޓުވާލާފަ. ފިރިމީހާ ސާބެ އެކި ނަންނަމުގަ ކުންފުނިތައް ހަދައި އަންނިއަށް ބައި އެޅޭގޮތަށް ރޯމާ ދުވާލު ވައްކަން ކުރަނީ އެކި ނަންނަމުގަ އެކިގޮތްގޮތަށް ގައުމުގެ ބައިތުލްމާލުން ފައިސާ ޚަރަދުކޮށްގެން. ރަސްމީ ދަތުރޭ ޕާޓީ ކަންކަމޭ މަޖިލީހުގެ އިދާރީ ކަންކަމޭ ސެކިއުރިޓީއޭ ކިޔައި ގައުމުގަ ހުރިނަމަ ހުރި ފައިސާއެއް ނަގާއިރު ބަލަ ތިކުރަނީ ވައްކަމޭ.

  13. ގޫ ޕާ ޓީ ބުރޯ

    އެއީ ޔެލޯ ބުރޯ ގެ އޯޑަރަށް ރޭވިގެން ދަނީ

  14. އަލިީ

    މިގައުމަކިީ އިީވާއާއިއަންނިއާއިދެމީހުންގެއެކަނިގައުމެއްނޫން މިއީއަހަރެމެންގެވެސްގައުމު ބޭކާރުވާހަކަނުދައްކާ ބަސްއަހައިގެންހުރިއްޔާ ދެންވެސް ރަނގަޅުވާނީ ދެންލަލަލާ، މިހާރުދެން ނިމުމަކަށްދަނީއޭތި.

  15. ގައުމީ ލޯބި

    އެހެނެއްނޫން ރައްޔަތުންނަށް ބޮޑު މުސީބާތަކަށް ވީ މިކަލޭގެ އާއި ހުރެ..

    ތިކަހަލަ އަމިއްލަ އެދުމުގެ ބައިގަނޑެއް މީހަރު މިކަލޭގެ ފަހަތުގަ ތިބީވެސް..

  16. ގެރި

    ފަޅު ރަށެެއްގަ ގަނޑުވަރެއް އަޅަންވީ. ރައްޔިތުންނަށް ދުއްޕާން ކުރާތީ މައްސަލައަކީ ކޮންމެ ދުވަހަކު މަގު ބަންދުކޮށްގެން..

  17. ހުސޭނުބޭ

    ރައީސް ނަޝީދުގެ ސެކިއުރިޓީ ރަގަޅުކުރަން މާލެއިން މީހުން ބާލަން ޤާނޫނެއް ފާސްކުރަން އުޅެނީތަ؟

  18. ސަމްކުޅިބޭ

    ހަނި ކުރަންވީހަމަ. އެހެނީ އެއީހަމަބޮޑު ނޮހޮރުއްޕާނެއް ރައްޔިތުންނަށް. ދެގަޑި ތިންގަޑި ވާއިރުވެސް ތިޔަތަންބަންދުކޮށްގެން އެބަތިބޭ. ނަމްރޫޛު ކިޔާ މީހަކުވެސް އުޅުނު މަރަށް ފިލަންވެގެން ބިއްލޫރި ފޮށްޓަކަށްވަދެ. ވަށައިގެން މީހުން ބައިތިއްބާގެން. އާޚިރުގައި އެއްވެސް ބާރެއްނެތް ކުޑަކުޑަ މަދިރިއެއް އޭނާގެ ނިމުމަކަށް ﷲމެދުވެރި ކުރެއްވީ. އެކަންކަން އީވާ އަށްނޭގެނީތޯ؟ އެންމެމީހެއްގެ ސަބަބުން އެތައްހާސް ރައްޔިތުންނަށް ތަކުލީފުޖައްސަން ޖެހެނީ ކީއްވެ.ޖަހަންނަމައަށް ދާއިރުވެސްދާނީ ތިޔަ ސެކިޔުރިޓީންތައް ގޮވައިގެންތ؟

  19. 2023 އަށްސަލާން

    ފެޓްރޯލް އަދި ޑީސެލް އަގުބޮޑުކޮށްފި، ޓެކްސީ އަގު ބޮޑުކޮށްފި، ބާޒާރު މަތި އަގު އަތްނުފޯރާ ފަށުގައި. އެމްޑީޕީ އެތެރޭގެ ކޯޅުމުގައި ވެރިކަމާހެދި. ޕީޕީއެމް އިންޑިއާ އައުޓު ނުވެގެން. ރައްޔިތުން ހަނާވަނީ

    4
    1
  20. މަރީ

    އަސްލު ނަޝީދަކަށް ވެސް އީވާއަކަށް ވެސް އިބޫއަކަށް ވެސް ފަޒޫއަކަށް ވެސް އަޅުގަނޑު ތާއީދެއް ނުކުރަން އެއީ ހުސް ޚާއިނުން. ގައުމުގެ ޣައްދާރުން. އެކަމަކު ކެނެރގޭ ގޯޅިގަނޑަކީ ހަނިހަނި ގޯޅިގަނޑަކަށްވާއިރު، އެ ގޯޅިގަނޑު އަބަދާއި އަބަދު ބަންދުކޮށްފައި ބެހެއްޓިޔަސް އެ ގޯޅީގައި އުޅޭ ބަޔަކަށް ނޫނީ މާ ބޮޑު އުނދަގުލެއް ނުވާނެ.ސަބަބަކީ، އެހެން އަންނަ މީހުންނަށް އެ ގޯޅީން ނުގޮސް ތިންދިމާއަކަށް ނުކުމެވޭން އޮތީމާ. މަޖީދީ މަގަށް ޗާންދަނީ މަގަށް ލިލީމަގަށް ހުރިހާ އުޅަނދެއް ޑައިވާރޓްކޮށްލެވޭނެ. އީވާ ބުނިހެން، ސަރުކާރާއި އިންޑިއާ އެންބަސީން ކޮންޓްރޯލް ކުރާ "ނޫސް"ތަކުގައި އެ ވާހަކަ ބޮޑުކޮށްލައިގެން ޖެހީމާ، އެ އުޅެނީ އަނެއްކާ ވެސް އިންޑިއާ ފުލުހުންލައްވައި ނަޝީދަށް ލަގާއެއް ދޭން ކަމާމެދު ސުވާލު އުފެދޭ. ނަޝީދު ދުއްވައިލުމަށް ފަހު ޔާމީން ދުއްވައިލެވުނީމާ ވެރކަމުގައި ބަގުޑި ބައްދާން ވަރަށް ފަސޭހަވާނޭ ބަޔަކު އެބަ ހިތަށް އަރާ. ނަމަވެސް ...............

    1
    3