ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީއިން އިމާރާތްކޮށްފައިވާ ފްލެޓްތައް އަންނަ މެހި މަހު ނިމޭނެ ކަމަށް އެ ކުންފުނީގެ ސޯއީއޯ ހަސަން ޝާހް ވިދާޅުވެއްޖެ އެވެ.

ޝާހް އެހެން ވިދާޅުވީ އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ކޭކުފެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

ޝާހް ވިދާޅުވީ އެ ކުންފުންޏައް 27 އަހަރު ވެގެން ދިޔައިރު ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަނެ އެމްޑަބްލިއުއެސްސީގެ މިއަދުގެ ކާމިޔާބީގެ އަސްލަކީ އެތަނުގެ މުވައްޒަފުން ކަމަށް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ އިތުރުން ރޯދައަށް އެމްޑަބްލިއުއެސްސީގެ ފަރާތުން ފައިސާގެ ހަދިޔާއެއް ދީފައިވާނެ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.

"މުވައްޒަފުންނާއި ބައްދަލުކުރާ ކޮންމެ ފަހަރު އަހާ ކޮންއިރަކުހޭ ފްލެޓް ނިމޭނީ. އެ ފްލެޓް އަންނަ މެއި މަހުގައި ނިމޭނެ އަދި ފްލެޓަށް އެދުމަށް ތިންވަނަ ފަހަރަށް ފުރުސަތު ހުޅުވާލާނަން. ދެ ވަނަ ޓަވަރެއް ވެސް އެޅުމުގެ އުންމީދު އެބަ އޮތް." ޝާހް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ހިޔާ މަޝްރޫއުގެ ދަށުން އަޅަނީ 15 ފަންގިފިލާގެ 2 ޓަވަރެވެ. އެއީ ޖުމްލަ 384 އެޕަރޓްމަންޓެވެ. ނަމަވެސް އެ ކުންފުނިން ފަށާފައިވަނީ އެއް ޓަވަރުގެ މަސައްކަތެވެ. އެޓަވަރުގަ 1 ކޮޓަރިއާ 2 ކޮޓަރި އާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާއިން ފެށިގެން ހަތަރުވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އަދި ފަސްވަނަ ފަންގިފިލާއިން ފެށިގެން 14 ވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ 2 ކޮޓަރިއާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

އެ ޓަވަރުގައި އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ބޮޑުމިނަކީ 393.95 އަކަފޫޓާއި 405.18 ދެމެދެވެ. ދެ ކޮޓަރީގެ އެޕާޓުމެންޓު ތަކުގެ ބޮޑުމިނުގައި 692.63 އަކަފޫޓާއި 702.08 އަކަފޫޓު ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ސައިޒު އުޅެނީ 734 އަކަ ފޫޓާއި 720.08 އަކަފޫޓާ ދެމެދުގައެވެ.

ކުންފުނީގެ ފްލެޓްލިބޭ ބައެއް މުއައްޒަފުންނަށް ފްލެޓްވަނީ ޔަގީންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ހޫ ކަލޭގެ ބު ރަ މަސައްކަތްތީ...ލަދުވެސް ނުގަނޭދޯ
    މިމީހުން...... ޝުކު ރިއްޔާ ރޔާމީން...

  2. Anonymous

    ކުންފުނީ މީހުން ނޫން ބަޔަކަށް ނުލިބޭނެތަ؟