އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީނާއިއި އެކުގައި ކޯލިޝަނެއް ހަދަން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ޖުމުހޫރީ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން އެހެން ބުނީ ކުރެންދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރުމާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީއާއިއެކު ކޯލިޝަނެއް ހަދަން ތައްޔާރަށް އޮތްކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޖޭޕީގެ ފިކުރަކީ އެމްޑީޕީގެ ފިކުރު ނޫން ކަމަށެވެ. އަދި ކުރީގައި ޕީޕީއެމްގައި އުޅުނު ބައެއް ބޭފުޅުން ޖޭޕީއަށް ބަދަލުވެފައިވާތީ ދެ ޕާޓީއިން ކޯލިޝަނެއްގައި މަސައްކަތް ކުރެވޭނަމަ އެކަމަށް ތައްޔާރަށް ހުރި ކަމަށް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ޖޭޕީން ބުނީ އެއްވެސް ބަޔަކާއެކު ކޯލިޝަނެއް ހަދަން އަދި ކޯލިޝަން ހެދުމަށް އެއްވެސް މަޝްވަރާއެއް ވެސް އެ ޕާޓީން ނުކުރާ ކަމަށެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ޖޭޕީއާއި އެކުގައި ކޯލިޝަނެއް ހަދައިގެންނެވެ. ނަމަވެސް އެ ވެރިކަމުގައި ކޯލިޝަން ތެރޭގައި މައްސަލަޖެހި ރޫޅުނީ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެސް ޕީޕީއެމް އާއި ޖޭޕީ އިން ވާދަކުރީ އެއްބަސްވުމެއްގެ ދަށުން އެއްޕާޓީން ވާދަ ކުރާ ދާއިރާތަކަށް އަނެއް ޕާޓީން ވާދަ ނުކޮށެވެ. ނަމަވެސް ދެޕާޓީން ކުރެ އެއްވެސް ޕާޓީއަކަށް މަޖިލިސް އިންތިހާބުގައި ރަނގަޅު ކާމިޔާބެއް ނުހޯދުނެވެ.

ޖޭޕީ އާއިއެކު ކޯލިޝަން ހަދަން ތައްޔާރަށް ހުންނެވި ކަމަށް ޔާމީން ވިދާޅުވި އިރު ޔާމީން އާއި ޕީޕީއެމްގެ ސީނިއާ މެންބަރުން ވަނީ މީގެ ކުރިން ޖޭޕީ އަށާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ފަހަކަށް އައިސް ޕީޕީއެމް އިން ޖޭޕީއަށް ފާޑުނުކިޔާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ޖޕ އާއެކު ޕޕމ ކޯލިޝަން ހެދުމާ އަރެން ދެކޮޅު..ޕޕމއަކީ މިއަދު ފިކުރެ މިފިކުރުތެރެއަށް ފަންޏެ ބޭނުމެނޫން...ޕޕމއަކަނި މިއަދު ނުކުމެ އިންތިޙާބެއް ކާމިޔާބުކުރުމަކީ އުދަގޫކަމެނޫން..ޕޕމއަށް މިއަދުއޮތްވަރުގެ ތާއިދެ އެހެން ޕާޓީއަކަށްނެތް..ޖޕ ޕޕމތެރެއަށް ނުގެނައުމަށް އެދެން...ފައިސާއަކީ ހުރިހާއެއްޗެ ނޫން...ޕޕމއަށް ރޔާމީން ފުދޭ...ޖޕވަނީ މަޖިލިސް އިންތިހާބުގަ ޕޕމއަށް ލަޑުދީފަ 2018ގަ ރިޔާސީ އިންތިހާބު ނާކާބުކޮއްލި ޖޕގެ އެހީގަ މޑޕ..

    24
    2
  2. މާމީ

    ކޯލިޝަނަ ހަދާ ވަރު ބައެއް ނޫން

    21
    1
  3. Okay 123

    ޖޕ ނުލާ ނުވާނެކަން އިގުނީދޯ.. 🥱😅

    1
    21
  4. Congratulations

    2013 ގަ ވެސް ޕޕމ .. ޖޕ އަަށް ލަޑުދިނީ… ދެންކޮން ކޮއެލިޝަން ހަދާކަށް😡

    2
    16
  5. މުއުމިނެއް

    މުއުމިނެއްގެ ގަޔަކަށް އެއްހަރަކުން ދެފަހަރު ކަށްޓެއް ނުޖެހޭނެ އެވެ.

  6. އަބްދޫ

    ޕާޓީ ގެ ޒައާމަތުގަ ޔާމީނު ހުންނަވައިގެން އެއްވެސް ސިޔާސީ ބުރަދަންހުރިބަޔަކު ޕިޕީއެމާ ކޯލިސަންނުހަދާނެ. އެއްވެސް ބަޔަކާއި ކޯލިސަނނުހަދާ 2023 އިންތިހާބު ކާމިޔާބު ނުކުރެވެނެ. ޕިޕިއެމްއަށް 2023 ކާމިޔާބު ކޮށްދޭންޔާމީނު ބޭނުންފުޅުނަމަ ޕީޕީއެމްގެ މެމްބަރުކަމުން ޔާމީނުގެ ދެކަނބަލުން ދުރުވެ ވަދައިގަތުންބުއްދިވެރި.2023 ގެފަހުން ޔާމީނު ވެރިކަމަށްގެނައުން ޕާޓީގެއަމާޒުގެތެރޭ އޮންނަންވާނެ.

  7. ގާސިމް

    މީނަ ރައީސް ޔާމީނާ ކޯލިޝަން ހަދާ ހިސާބުން ޔާމީނު ވެސް އެހެން ހުރިހާ ސިޔާސީ މީހުން އަރާގެން ތިބި ފައިވާނަށް އެރީ

  8. އިންޑިޔާ އައުޓު

    ޖޭޕީ ނެތަސް އިރާދަކުރެއްވިޔާ 2023 ޕީޕީއެމް ކާމިޔާބު ކުރާނެ އިންޑިޔާ އައުޓު

  9. ބޭނުމެއްނޫން

    ޖޭޕީ ކައިރި ނުކުރާތި އެއީ ޤައުމުގެ ހަލާކު

  10. ހުވަދޫ އަލިބެއްޔާ

    ޤާސިމަށް އެންމެ އައުލާކަން ބޮޑީ ޕީ.ޕީ،އެމް އާއި އެކު ކޯލިޝަން ހެދުން..