އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސްގެ ކެބިން ކުރޫއަކު ރާއްޖޭގެ ރިސޯޓެއްގެ ބީޗުގައި މަސްތުވެފައި އޮއްވާ ފެނުމުން ވަރުގަދަ އަދަބުތަކެއް ދީފިއެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެ އައި ފްލައިޓުގެ ކްރޫ އިން ވަނީ ސްޓޮޕްއޯވާ ގައި އަރާމު ކުރުމަށް ކަނޑޫމާ ރިސޯޓުގައި އެރޭ މަޑުކުރަން ނިންމާފައެވެ.

އެންމެ ފުރަތަމަ ކްރޫ އިން ބައިތިއްބާފައި ތިބީ އާދައިގެ ރޫމެއްގައި ނަމަވެސް، އެއާލައިނުގެ އެދުމުގެ މަތިން ބައެއް ކްރޫ އިންނަށް ވަނީ އޯލް އިންކްލޫއިވް ރޫމްތަކަށް ބަދަލުކޮށްފައެވެ. އެ ރޫމްތަކުގައި ހުންނަ ބަނގުރަލާއި އެނޫންވެސް ތަކެތި ކިތަންެމެ ވަރަކަށް ވެސް އެ ކްރޫ އިންނަށް ބޭނުން ކުރެވިދާނެއެވެ.

ނަމަވެސް، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފްލައިޓަކަށް ޑިއުޓީ އަށް އަރާއިރު ބަނގުރާ ބޮވޭނީ ފްލައިޓުގެ 12 ގަޑިއިރު ކުރިން ވަރަށް ވެސް މަދުންނެވެ. އެއީ އޭގެ ސަބަބުން ޑިއުޓީ ގަޑީގައި އަސަރު ނުކުރާ ވަރަށެވެ.

އެ އެއާލައިނުގެ ކްރޫ އިންގެ ތެރޭގައި ހިމެނޭ އެކަކީ މުޅިން އަލަށް ވަޒީފާ އަށް ނިކުތް ކުރޫއެކެވެ. އެ ކްރޫ ރާއްޖެ އައި ފްލައިޓަކީ އޭނާގެ ހަތަރުވަނަ އަދި ފަހު ފްލައިޓެވެ.

އެ ކްރޫ އަށް ދީފައިވާ ރޫމަކީ އާދައިގެ ރޫމެއް ނަމަވެސް، އޭނާ ވަނީ އޯލް އިންކްލޫސިވް ރޫމަށް ގޮސް ވަރަށް ގިނައިން ރާ ބޮއެ މަސްތުވެފައެވެ.

އޭގެ އަނެއް ދުވަހު ހެނދުނު ރިސޯޓުގެ މުވައްޒަފުންނަށް ފެނުނީ އޭނާ މަސްތުގެ ހާލަތުގައި ބީޗުގައި ނިދާފައި އޮއްވާއެވެ.

މިއާއިއެކު އެ ރިސޯޓުން ވަނީ މީގެ ފަހުން އެ އެއާލައިނުގެ އެއްވެސް ބަޔަކަށް އޯލް އިންކްލޫސިވް ރޫމުތައް ނުދޭނޭކަމަށް އަންގާފައެވެ. އަދި މަސްތުވެފައި އޮއްވާ ފެނުނު ކްރޫ ވަޒީފާ އިން ވަކިކުރާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތްކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މީގެ ކުރިންވެސް އެ އެއާލައިނުގެ ކްރޫ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސްތުވެގެން ކުރި ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކު ވަޒީފާ އިން ވަކިކޮށް، އެއާލައިނަށް ވެސް ގިނަ ހޮޓެލްތަކާއި ރިސޯޓުތަކުން ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މހމމ

    ލޮލް، އިފް ދިސް ވޯޒް އަ މޯލްޑިވިއަން ކޮމްޕެނީ، ދެއަރ ވިލް ބީ ސަމް ވެރީ ވޯކްޑ ޕީޕަލް ފައިޓިން ފޯ ޕީޕަލްސް ރައިޓްސް “އައުޓްސައިޑް ދެއަރ ވަރކް ޕްލޭސް”.

    5
    1
  2. ރާބޯ އެމް ޕީ

    ރާއްޖޭގެ ރިސޯރޓް ތަކަށް މަސްތުވެލަން ދާ އެމް ޕީ އިންނަށް ވެސް ފިޔަވަޅު އަޅާ އަދަބު ދޭން ޖެހޭ. ބައެއް ރިސޯރޓް ތަކުން ރާ ނުދީގެން ރުޅި އައިސްގެން ބުކިންގ ކެންސަލް ކޮށް ޖާބިރުމެން ފައިބާފަވެސް އެބުރި. ވަރަށް ވާހަކަ.

    4
    1
  3. ވަރައް ވާހަކަ

    ޓީއެމްއޭ ކުދިން ރިސޯޓުތަކަށް ގޮސް އުޅޭ ގޮތާ ބަލާފަ މީ އާދައިގެ ކަމެއް.