ހުސްވެފައިވާ ނޭކުރަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި އެމްޑީޕީއާއި ޕީޕީއެމް އިން ނަގައިފިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ނޭކުރަންދޫގެ ދެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓު ހަދީޖާ އިބްރާހިމް އަދި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ސުވައިދާއެވެ.

އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ހަދީޖާއަށެވެ. އެއީ 158 ވޯޓެވެ. ސުވައިދާއަށް ލިބިވަޑައިގެންނެވީ 155 ވޯޓެވެ.

ނޭކުރަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ހުސްވީ ކުރިން އެ ކޮމިޓީގައި ތިއްބެވި ދެ އަންހެން ބޭފުޅުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިފަހުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުތައް އެހެން ރަށްރަށުގައި ވެސް ވަނީ ބާއްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ތައްޔާރުވަމުން ދަނީ ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށެވެ.