ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ތަރައްގީކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ޝީޓުތައް ކަނޑަމުންދާ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހިޔާ ފްލެޓެއްގެ ކޮންކްރީޓް ސްލެބް ކަނޑަނިކޮށް ފެންނަ ވީޑިއޯ އަކާ އެކު އެޗްޑީސީ ޓެގް ކުރައްވާ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންކްރީޓް ސްލެބް ކެނޑުން ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ފްލެޓް ލިބުނު ބައެއް މީހުން އަދިވެސް ކުރަމުންދާއިރު އެކަން ކުރަންޖެހޭ ވަކި އުސޫލެއް ހައުސިން ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ވަނީ ހަދައިފައެވެ.

އުސޫލުގައިވާ ގޮތުން އިމާރާތުގެ އޮނިގަނޑަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ. މީގެތެރޭގައި އިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗަރަށް އެއްވެސް ބަދަލެއް ގެނައުން ހިމެނެއެވެ. ސްލެބް ހިމެނެނީ ކޮންކްރީޓް ސްޓްރަކްޗާގެ ތެރޭގައެވެ.

މީގެ ކުރިން މިފަދައިން އަމަލު ކުރި ފަރާތްތަކާ ދޭތެރޭ އެޗްޑީސީން ވަނީ ފިޔަވަޅުވެސް އަޅައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިއްކުމަށް ފަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދުގައި ހުންނަން ޖެހޭ ބައެއް އަސާސީ ހިދުމަތްތައް އަދިވެސް ސަރުކާރުން ގާއިމްކޮށްދީފައެއް ނުވެއެވެ.

އެތަންތަން ލިބުނު ފަރާތްތަކަށް އެތަންތަނުގެ ފިނިޝިންގެ މަސައްކަތްތައް ވެސް ނިންމަން ޖެހުނުއިރު އެ ސަރަހައްދުގައި ސުކޫލާއި ރަނގަޅު ފެންވަރުގެ ގިނަ މީހުންގެ ޖާގައިގެ މިސްކިތަކާއި އަދި ވިޔަފާރި ކުރެވޭނެ އިންތިޒާމުތަކުގެ އިތުރުން ކުނި އުކާލެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން އެތަންތަނަށް ބަދަލުވި އާއިލާތަކަށް ވަނީ ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ނޫސްވެރިޔާ ގެ ޒިންމާ އަކަށް ވާނަވާނެ ،އެޗްޑީސީގެ ބަހަކާ އެކު ގެނައުން

  2. ކުޅިރިހާކުރު

    ކިހާ ދެރަކަމެއް މި އެޗްޑިސީނޤ ގަސްދުގަ ރައްއޔިތުންނަށް ދޭ އަނިުޔާ ހުއްތާލާ ހުއްތާލާ

    2
    2
  3. Anonymous

    އިމާރާތުގެ އޮނިގަނޑަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކޭ ބުނެފަ، އެޗްޑީސީން ބުނަނީ ކީކޭ؟ ސްލެބް ތޮރުފުމާއި ބީމް ތޮރުފުމާއި ކޮލަމް ތޮރުފުމަކީ ހުއްދަކަމެކޭ. ކޮންކްރީޓް ތޮރުފުމުގެ ހުއްދަ އަކީ ފުލެޓު ލިބުނު އެންމެނަށް ދީފައިވާ ހުއްދައެއް. އެޗްޑީސީގެ އަމާޒަކީ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ހިޔާ ފުލެޓުތަކުގައި ރެނދުއަޅައި އެ ފުލެޓުތައް ހަލާކުވުން. ވިހި އަހަރު ނުވަނީސް ރެނދުއެޅުމަކީ ދުރުކަމެއްނޫން. އެވަރަށް ކޮންކްރީޓް ތޮރުފައިފި. އެވަރަށް ކޮންކްރީޓް ތަޅައިފި. އާދައިގެ ރައްޔިތު މީހާއަކަށް ނޭނގެ ކޮންކްރީޓާއި ފާރާ ވަކިކުރާކަށް. ފިނިޝިން ނުނިންމާ ފުލެޓު ހަވާލުކުރީމާ ވާނެ ހަތެތިވެ ނިމިއްޖެ. ފުލެޓު ލިބުނު މީހުންގެ ބޮލަށް ފުލެޓު ވެއްޓޭއިރު ވެސް 2.55 މިލިއަން ރުފިޔާގެ އަގު އަދާކޮށް ނުނިމޭނެ.

    2
    1
  4. ބޮޑުބެ

    ދެރަ ކަމެއް

    1
    1
  5. ރައްޔިތުމީހާ

    ހިޔާފްލެޓު ހަދާފައިހުރީ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަ ހިންގާކަށެއް ނޫން. އެކަންކަމަށް އިންފްރަސްޓްރަކްޗަރ ހެދުމުގެ ޤާބިލުކަން އެޗް ޑީސި ގައި ނެތީމަ ފަސްޓް ފްލޯއިން އެތަންތަން ހެދުމަށް އެކިފަރާތްތަކަށް ދޫކޮށްފައި އެކި ތަންތަނުގައި މަސައްކަތްކުރާއިރު އެޗްޑިސީއިން ބެލާވެސްނުލާ. ނިކަމެތި ރައްޔިތުމީހާ ފްލެޓްހެދިއިރު ތޮރުފާލިޔަސް ޖޫރިމަނާކުރި.