ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ އާއި ފަލަސްތީނުގައި އިސްރާއީލްގެ ޔަހޫދީން ހިންގާ ޖަރީމާތަކާ މެދު ޔޫރަޕްގެ ގައުމުތަކުން ތަފާތު ކުރަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށާއި އަބަދުވެސް އަނިޔާއާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްރާއީލްގެ ފުލުހުން ހޮނިހިރު ދުވަހު ފަތިހު އަގްސާ މިސްކިތަށް ވަދެގަނެ، ދިން ހަމަލާތަކުގައި ފަލަސްތީނުގެ 150 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލުމުގެ އިތުރުން އެ ހަމަލާގައި މިސްކިތުގެ ކުޑަ ދޮރުތަކެއް ތަޅައިގެން ގޮސް މިސްކިތަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އިސްރާއީލް ފުލުހުން އަގްސާ މިސްކިތް ތެރެއަށް ވަދެގަތީ ފަތިސް ނަމާދުކޮށް ނިމުނުތާ މާ ގިނައިރު ތަކެއް ނުވަނީހެވެ. އެވަގުތު މިސްކިތުގައި 30،000 ވަރަކަށް މީހުން ތިބިއެވެ.

މި ހަމަލާއާ ގުޅުވައިގެން އަލް އަގްސާ މިސްކިތުގެ އިމާމް ޝައިޚް އިކްރިމާ ޞަބްރީ ވިދާޅުވީ، އިސްރާއީލް ފުލުހުންގެ ހަމަލާގެ މަގްސަދަކީ ޔަހޫދީންގެ ދީނީ އަޅުކަމަކަށް އެމީހުންނަށް މިސްކިތަށް ވަނުމަށް ފުރުސަތު ދިނުން ކަމަށެވެ. އަދި އެއީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާ ޝަހީމް މިއަދު ވިދާޅުވީ އަގްސާ މިސްކިތަށް ޔަހޫދީ ޒަޔަނިސްޓުން ވަދެ، ނަމާދަށް ތިބި މީހުން މަރާ ޖަރީމާ ހިންގަމުންދާއިރު ޔޫއެން އާއި ދުނިޔޭގެ އަދުލުގެ ނިޒާމާމެދު ހައިރާންވާ ކަމަށެވެ. އަދި ޔޫކްރޭންގެ ކާރިސާ އާއި ފަލަސްތީނުގައި ދިމާވެފައިވާ ކަންތައްތައް ތަފާތު ކުރަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަންޖަރު

    ތިކަން ނޭނގުމަކީ ޝޭހުގެ ކަނޑުކޮސްކަން، ނުވަތަ އެނގިހުރެ ނޭނގޭ ކަމަށް ހެދުމުގެ ޖާހިލުކަން #ހެޑްލައިންމޭން

    6
    11
  2. Anonymous

    ރަނގަޅު. ބައެއް ފަހަރު ކަންތަކުގެ ޙަޤީޤަތް އެނގިހުރެމެ، އެކަމަކާ ދެކޭގޮތް ސުވާލުގެ ނަޒަރުން ބަޔާންކުރުމަކީ ވެސް ޚިޔާލުފާޅުކުރުމާއި، ބިނާކުރަނިވި ފާޑުކިޔުމުގެ ފަންނުގެ ތެރޭގައި ހިމެނޭ ކަމެއް. "ހަންޖަރު" ފަދަ ބޭފުޅުންނަށް އެކަން އެނގިނުލައްވާ ކަމީ ވަރަށް ވެސް ދެރަކަމެއް.

    3
    1
  3. ބަހަބަރު

    ސަޓްއަޕް ސައުދީ ޕަޕެޓް

    2
    2
  4. ޢަހުމަދުވަގާރު

    މި ދިޔަހަފްތާގަ ޕާކިސްތާނުން ބޮން އަޅާ އަފްގާނިސްތާނުގެ 40 މީހުން މަރާލާ 100 މީހުން ޒަހަމް ކުތި.ކޮބައިބާ މި ސަހީމު

  5. މުންޑޭ

    ރަގަނޅު ވާހަކައެތް

  6. އަހުމަދު

    ކޮމެންޓް ކުރި މީހުން ވެސް ތިކަމާ ގުޅިގެން ބަޔާނެއް ނެރޭނެ ހެން ހީވޭ...