މިދިޔަ އަހަރު ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ހައިޑްރޯގްރަފިކް ސާރވޭއިން ތައްޔާރުކުރި ނެވިގޭޝަނަލް ޗާޓް ވިއްކާލައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޗާޓް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އޭގެއިތުރުން، ފަހުމުނާމާގައި ޗާޓް ވިއްކުމާ ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށް ޖޮއިންޓް ސަރވޭއިން ތައްޔާރުކޮށްފައިވާ ޗާޓްތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް ވެސް ވަނީ ހަވާލުކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ.

ހައިޑްރޮފީ ދާއިރާއިން ސަރވޭ ކުރެވުނު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ރަމްޒީ ޗެކާ ރާއްޖެއިން ހަވާލުވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލްއެވެ.

އަދި، ދެ ގައުމު ރަމްކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓް ކުރި ޖޮއިންޓްލީ ސަރވޭޑް ޗާޓްއާ މޯލްޑިވްސް ހައިޑްރޮގްރެފިކް ސަރވިސްގެ ފަރާތުން ރަސްމީކޮށް ހަވާލުވެލެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންސޫރެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އައްދެ

    ހޭ އަރާކަށް ނުވޭތަ. ގަ އްދާރުން

  2. މަކރު

    ބަލާބަ ހެވިފަ ތިބި ވައްތަރު މަކަރުވެރި ހީލަތްތެރިކަން މޑޕ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ގައުމުގެ ހަރުމުދަލާ މިނިވަންކަން ނީލަމުގަ ވިއްކާލާނެ ފުލެޓެއް އަޅާފިއްޔާ މާލޭން ބިންތކަކާ ރިސޯޓެއް ދޭންޖެހޭ ޗައިނާއިން މިތާ ބުރިޖެއް އަޅާފި މިތަނުން ވެލި ފުކެއް ވެސް ދެކަށް އެމީހުން ޑިމާޑެއް ނުކުރޭ ކީއަކުރާނީ ދިވެހިން މިތިބީ އަޅެ ހެބަލިވެފަތަ ގައުމުގެ މިނިވންކަމާ އިސްތުގުލާލް އިންޑިޔާ އަށް ތަބަކަކަށް ލާފަ ދޭއިރުބަލަން

  3. Anonymous

    މިގައްދާރުންނަށް ބޮޑުވެގެންވީ އަދަބެއް ދޭންޖެހޭ!

  4. އަލީ

    ގައްދާރު މާރިޔާ

  5. ގުރަހާ

    ޗާޓު ވިއްކިމީހުންނަށް ދައުވާކުރެވޭނެ އަދި އެކަމުގައި ބައިވެރިވި މީހުންވަނީ ކަރަޕުޓުވެފަ މިއީ ބަލަންޖެހޭ މަށްސަލައެއް.

  6. މާހިރުބެ

    މި އައްދާރު ސަރުކާރަށް ވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް ހަމަ ނޭގެނީތޯ މި ކުރެވެނީ ކިހާވަރެއްގެ ކަމެއް ކަން. ދެން އޮތީ އިދިކޮޅު ޕާޓީ ކޮބައިހެއްޔެވެ. ހަމައެކަނި އިންޑިއާ އައުޓު ކިޔަމުން އުޅުމަކުން މިހިރަ ފަދަ ބޮޑު މައްސަލަތައް ހައްލެއް ނުކުރެވޭނެއެވެ. ތިމަންނާ މެން ވެރިކަމަށް އަޔަސް އިންޑިއާ މިހިރަ ކަންކަމުން ބޭރެއް ނުކުރެވޭނެ، މިހާރު އިދިކޮޅުން ފުރިހަމަކުރަންޖެހޭ ފޯމަލިޓީސް ފުރިހަަމަ ނުކޮށް ތިބެފައި ވެރިކަމަށް އާދެވުނަސް ވެސް. މި މީހުން މި ސަރވޭއެއް ކުރަން ފުރަތަމަ ފެށީ ކޮވިޑުގެ ހާލަތު ވެސް ބޮޑުކޮށް އޮތްވައެވެ. އެ ފަހަރު ވެސް އަދި މި ފަހަރު އިންޑިއާގެ މަނަވަރު އައުމުން ވެސް އަދި މި ބުނާ ޗާޓްތައް ވިއްކައިފި ކަމަށް އިއުލާންކުރީމާ ވެސް އިދިކޮޅުން ރަސްމީ ސިފައެއްގަ ޕްރޮޓެސްޓް ކުރި ތަނެއް ނުފެނޭ. ޕްރޮޓެސްޓް ކުރުމަކީ ހަމައެކަނި މަގުތައް މައްޗަށް ނުކުމެ އަޑު އުފުލުމެއް ނޫން. ޕީޕީ އެމުން ނުކެރުނު ނުވަތަ ނޭގުނު މި ވަގު ޑީލާ ދެކޮޅަށް ބަޔާނެއް ނެރެން. އިނގިރޭސި ބަހުން ޕްރެސް ރިލީސް ނެރެ ދުނިޔޭގައި މި ފަދަ ކަންކަން އަންގަންޖެހޭ ހުރިހާ ފަރާތްތަކަށް އެންގުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން ޖެހޭ ރަސްމީކޮށް ސިޓީ ފޮނުވަން އިންޑިއާ ހައި ކަމިޝަނާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒަށް. މިހާރުގެ ސަރުކާރާއި ގުޅިގެން އިންޑިއާއިން ތި ހިންގަނީ ދިވެހިރާއްގޭ ގާނޫނު ތަކާ ޚިލާފު ކަމެއް ކަމާއި، ދިވެހިރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކާތެރި ކަމެއް ކަން. އެހެންކަމުން ތިމަންނާ މެން ވެރިކަމަށް އަންނަ ދުވަހަކުން ތިމަންނާ މެންނަށް ޖެހޭނީ ތި އެގްރީމެންޓް އުވައިލާން ކަމަށް. އެ ގޮތަށް ޕްރޮޓެސްޓް ކޮށްފައި ނެތި ވެރިކަމަށް އަރާ ވަގުތުން އެމީހުން ބޭރެއް ނުކުރެވޭނެ. މުޅި ދުނިޔޭގެ ޑިޕްލޮމެޓިކު މިޝަންތަކަށް މި ކަންކަން މިހާރުއް ސުރެން އަންގާފަ އޮތީމާ ފަހުން ފިޔަވަޅު އެޅުމުގެ ގާނޫނީ ހަމައެއް އުފެއްދޭނީ. އުވައިލާ އިރުވެސް އިންޑިއާ ކައިރީ ބުނެވޭނޭ ތިމަންނާމެން އޮތީ މިވާހަކަ ކުރީން ވެސް އަންގާފައި ކަމާއި ތިމަންނާމެންގެ ރުހުމަކު ނޫންކަން ކުރިއަށް ގެންދިޔައީ. ލިޔުންތެރިޔާ ކޮންމެވެސް ގޮތަކުން ސީދާ ރައީސް ޔާމީނަށް މި ވާހަކަ އަންގަވާ ދެއްވާ.

  7. މަ

    ކޮންތާކަށް، ކޮން ބަޔަކަށްބާ ޗާރޓްތައް ވިއްކީ؟ ތިޔަ ޗާޓުތައް ގަންނާނީ މިރާއްޖޭގެ ލައްކަ ބޮޑު ބޭނުމެއް އޮތީމަ. ދިވެހިން ނުލާހިކު ހާލުގަ ތިއްބާ ރާއްޖެ ވިޔަފާރީގެ ގޮތުގައި ވިއްކަން މި ފެށީ އިންޑިއާ! ކިހާ ހިތާމަހުރި ކަމެއް!؟ ތިޔަކަމުން ޤައުމީ ސަލާމަތަށް ނުރައްކާ ވަރަށް ބޮޑު! މާތްކަލާނގެއާ ވަކީލު!!!

  8. ކެހިކަޑު

    ބަލަ މިހާރުއިދިކޮޅުވެސްހުރީ ގޮހަރައްކައި ދެންކޮންމުޒާހިރެއްކުރެވޭނެ ރައީސް ޔާމީނު ހުރީ ފުރޭނިއަކައްލާފައި އަދީބުއާ ޒިޔަތާ ރިޔާޒަ މެވެިން ހެކިއުފައްދަނީ ފައިސާކޭބުނާ ސަމީމު މައްސަލަ ކޯޓައްވައްދަނީ ދެން ޔާމީނުވެސް އަމަށަކުބިރެއނޫންގަންނަނީ ދެން މައުމޫނު މިކެނެރީ ނަޝީދުއާ ގާސިމު އިމުރާނުފައިސާއަދިލޯބިވެރިންލިބި ހަޒާނާހުސްވީމާ ދެންތިބީ ވިޔަފާރިވެރިން މިކަމަކައްއަޅާނުލާ ދެން ހުއްދަދޭނީ އިންޑިޔާބުނީމާނޫނީ އަބިފިރިކަންވެސްކުރަންހުދަދޭނީ އިންޑިޔާ ދެންބަދަލްވާނީ އިންޑިޔާގެ އަވަށަކައް ޗީފްހިނަވަރު އިބޫ ވައިސްޗީފްމެޑަމް އެމްޑީއެމް ހަމީދު ސަމާލްމެން ކުޅޭނީ ފަސްއޮތް ސަންބޮކި؟

  9. ވީ

    މުސްލިމަކަސް ބޭނުންވަނީ ސަލާމަތާއި ރައްކާތެރިކަން. މިކަންކަން ކަށަވަރު ކުރެވެން ޖެހޭނެ ވެރިންނަށް. ހިތްހެޔޮ އޯގާތެރިޔާއަށް އިންތިހާ އަނިޔާ ދޭ އުސޫލު ތަންފީޒުވަމުން ދިޔުމަކީ މުޅި އިންސާނީ އުންމަތަށް ލިބިގެންދާ ވަރަށް ބޮޑު ދެރައެއް. ފެންނަމުން ދަނީ އަނިޔާދޭ މީހާއަކީ ހެޔޮ މިހާކަމުގައި ދެކި މަޅީގައިޖެހި ތިމާއަށް ބޮޑެތި އަނިޔާތައް ލިބިގެން ދާތަން. އޯގާތެރިކަމަކީ ކޮބައިކަން ލޯތްްބަކީ ކޮބައިކަން މިވަނީ ބުއްދި ގޯސްވުމުގެ ސަބަބުން ވިސްނައި ނުގަނެވޭ ހާލަތައް ގިނަބަޔަކު ގޮސްފަ. ކަންކަން ހަނދާން ނައްތާ ދޭ އަނިޔާއިން ލިބޭ ގެއްލުން އެހެންމީހުންނަށް ނިސްބަތް ކުރިއަސް ތިމާއަށް ފޯރާފާނެ ކަމާމެދު ވިސްނަނީ ކާކުބާ؟ ރައްކާތެރިކަން ލިބިދޭންޖެހޭ އޯގާތެރިޔާއަށް އިބިލީސް އަނިޔާކުރީމަ އިބިލީހަށް އަނިޔާ ލިބެމުން ދާއިރު އޯގާތެރިވާނީ ކާކުބާ؟