ރިސޯޓްތަކުން މިހާރު ނަގަމުންދާ ބިމު ކުލި ކުޑަކުރަން ހުށަހެޅި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު އިތުރަށް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވީ 28 މެމްބަރުންގެ ވޯޓާއެކުއެވެ.

އެހެންކަމުން ދެން އެ ބިލު އިތުރަށް ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ގަންނާނީ އިގްތިސާދި ކޮމިޓީންނެވެ. އަދި ފަހުން މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރުމާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނެއެވެ.

ތިން ސަރަހައްދެއްގެ ރިސޯޓްތަކުގެ ބިމު ކުލި މިހާރު ނަގަމުންދާ ވަރަށް ވުރެ ކުޑަކުރަން ބިލުގައި ވަނީ ހުށަހަޅައިފައެވެ. އެގޮތަށް ނިންމީ މިނިމަމްވޭޖް ދިނުމުން މާލީ ގޮތުން ރިސޯޓްތަކަށް ކުރާ އަސަރުތައް ކުޑަކުރުން ކަމަށް ކަމަށް ބިލުގައި ބުނެފައި ވެއެވެ.

އެގޮތުން ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އޮންނަ ރިސޯޓްތަކުން ބިމު ކުލީގެ ގޮތުގައި އަކަ މީޓަރަކަށް މިހާރު ނަގަމުންދާ އަށް ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ހުށަހަޅައިފަ އެވެ. އަދި ހދ. އިން ށ. އަށް ބިމުގެ ކުލި ފަސް ޑޮލަރުން ހަތަރު ޑޮލަރަށް އަދި ތ. އިން ފެށިގެން އައްޑޫއަށް ހަ ޑޮލަރުން ފެށިގެން ފަސް ޑޮލަރަށް ކުޑަ ކުރަން ވެސް ހުށަހަޅާފައި ވެއެވެ.

އެ ބިލާ މިނިމަމް ވޭޖާ ގުޅުވާފައިވާތީ އެމްޑީޕީ މެމްބަރުން ހިމެނޭ ގޮތަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ވަނީ ފާޑުކިޔައިފަ އެވެ. އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ތުހުމަތުކުރާ ގޮތުގައި ބިލުގެ ހަގީގީ މަގްސަދަކީ ވަކި ބަޔަކަށް ފައިދާތަކެއް ހޯދައި ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޅިރިހާކުރު

    ހެސްކިޔާފަ ފައިދާ ނަގާ ތަންތަނުންކުލިކުޑަކޮށްފަ ނިކަމެތި ދިވެިން އުލޭހިޔާ ފްލެޓްގެ ކުލި ކުޑަކުރަންެވެއްދި މައްސަލަ ބަލައިގުނަނެ ބޭރުކޮށްލިޖާހިލުން...ލަދުހަޔާތްކޮބާ