ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ނެރުއްވި ރިޔާސީ ގަރާރު ބާތިލުކުރަން އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ވަނި ގަރާރެއް ނެރުއްވާފައެވެ.

އެކަމަކު އެ ގަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ގާނޫނާ ހިލާފަށް ނެރެފައިވާ ގަރާރެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އިތުރުން ރާއްޖޭގެ ގިނަ މަޝްހޫއު ގާނޫނީ ވަކީލުން އަންނަނީ ބުނަމުންނެވެ.

އެގޮތުން ރައީީސް ނެރުއްވާފައިވާ ގަރާރަކީ ގާނޫނުއަސާސީއާއި ހިލާފު އަދި ބާތިލު ގަރާރެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ގަރާރުގައި ރައީސް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލާ، ރާއްޖެއާއި އިންޑިއާގެ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގެން އޮންނަ ކަމަށާއި، އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާހިލީ ހަމަޖެހުން ނަގައިލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ރާއްޖޭގެ އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމަށެވެ.

އެއާއެކު ރައީސްގެ އެ ގަރާރާ ތަންފީޒުކޮށް އިންޑިއާ އައުޓް ކެމްޕެއިންގެ ހަރަކާތްތައް ހުއްޓުވަން ފުލުހުން ނުކުތެވެ.

އެގޮތުން އެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް ހިމެނޭހެން މާލޭގެ ބައެއް އިމާރާތްތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ނަގާފައެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތަށް ގިނަ އަދަދެއްގެ އާންމުންގެ ތާއީދު ލިބެމުން އަންނައިރު ސަރުކާރުން އަންނަނީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެން ޖެހޭ ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިންސާފެއްނެތް ޑިކްޓޭޓަރޝިޕް

    މިއީ އެކެއްގެ މުށުގައި ހުރިހާ ބަރެއް އޮތް ޑިކްޓޭޓަރޝިޕް އެއް،ކޯޓަކުން ކޮން އިންސާފެއް ލިބޭނީ. ވެރިކަން ހިންގުމުގެ ހުރިހާ ބާރެއް އެކެއްގެ އަތުގައި.

  2. މެސީ

    މާލަސްވެެސް ވެއްޖެ ކޯޓައް ދާން..

    8
    1
  3. ބޮލު ރޮދި

    ތިޔ ޣައިރު ޤާނޫނީ ޤަރާރު ބާތިލްކުރަން ކެރޭނެ ކޯޓެއް ފަޑިޔާރެއް ޤާޟީއެއް މި ޤައުމުަގަތިކަމަކަށް ޤަބޫލެއް ނުކުރޭ މި ސަރުކާރުން ނުވަތަ އެމްޑީޕީން ހަދާ ޤާނޫނެއް މިސަރުކާރުން ނެރޭ ޤަރާރެއް ގޯސްކަމަށް ބުނާ ވަރުގެ ފަނޑިޔާރުގެއެއ މިޤައުމަކުމެތް އެމްޑީޕީން މި ސަރުކާރުން ކުރާކޮންމެ ކަމެއް ރަނގަޅުކަމަށް ނިންމާނެ ފަނޑިޔާރުންނާ ޤާޟީން މިހާޜުތިބޭނީ ބޭކާރުކަމެއް ތިޔަ ކުރަނީ ޤނޫނޫ އަސާސީއާ ޚިލާފަށް ޤާނޫނުތައްހެދީމަވެސް ބުނީ އޯކޭ އޭ ހަމަ ރަނގަޅޭ ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނު ހަދައިގެން ބޮޑު އިންތިޚާބެއްބާއްވާ ނިންމާލީ ކޯޓުތަކުންބުނީ އޯކޭ އޭ މިވަރުގެ ސަދޫމުގެ އިސްސާފު ޤާއިމުކުރާ ބަޔަކު ތިޔަކަމަށް ބުނާނެތަ ނޯއޭ؟

  4. ގަރާރު ގާނޫނު

    ކޯޓުތައް ވެސް އެ ތިބެނީ ބިރުވެރިކަމެއްގައި .އަބަދު ސުލޫކީ ސުލޫކީ ކިޔާއިރު ތިޔަ ކޯޓު އަމުރު ނެރޭއިރަަށް ސުލޫކީ ...މީ ފެންވަރު.ގަޓޫ ހުރި މިނިވަން ބަޔަކު ނަމަ ސުޕުރީމް ކޯޓުން އޮންނާނެތަ ގާނޫނޫ ގެ ބާރު ކަޑުވާލާ، ގާރާރުން ގާނޫނު ހަދާ ،ގާނޫނުތައް ގަރާރުން ނަފީކުރާއިރު.އެމް.ޑި.ޕީ އަކީ އަގަހުޅުވުމުގެ މިނިވަންކަން މައުމޫން ހިފެހެއޓީމަ ދިން ޕާޓީ ޔޯލަ.ބަލަ ތިއީ ދިވެހިން އަގަހުޅުވިޔަނުދޭން އަގަމަތީގައި ލަޑާފައި ،މުގުރުން ތަޅާފައި ،ބިޑިއަޅުވައިފި.ދެން ވެސް ކިޔަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމޭ.ޗާޓުން ބޭޜުން ކުރާއިރު ވެސް ސުޕުރީމް ކޯޓޫ ކޮބާހޭ.އިންސާފު އަރާ ހަމަކުރާނެ.އިންޝާﷲ

  5. ޒިލޭބި

    އިންޝާﷲ! އިންޑިޔާ ޗިފައިން މިގައުމުން ބާލާނީ ހިތްދަތިކޮށް ،