ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، އަލްހާން ފަހުމީ އިސްވެ ހުންނަވައި އުފައްދާފައިވާ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އަށް އިންވެސްޓް ކޮށްފައިވާ މީހުންނަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށާއި ނަމަވެސް އެކަމާއި ގުޅިގެން ކޯޓަށް ނުދިއުމަށް އެކުންފުނިން އެދެފިއެވެ.

ފުޅާ ދާއިރާގައި އެކުންފުނިން ޓްރޭޑިންގެ ކަންކަން ކުރިއަށް ގެންދަނިކޮށް ސަރުކާރުގެ އިދާރާތަކުން ވަނީ މިއީ ނުރައްކާތެރި އަދި ގެއްލުން ބޮޑު ފަންޑަކަށް ވެދާނެ ކަމަށް ބުނެ، އާންމުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި ކުންފުނީގެ އެކައުންޓް ބީއެލްއެލްއިން ފްރީޒް ކުރި ހިސާބުން އެކުންފުނި އެއްކޮށް ގޮތަކަށް ވަނީ ހުއްޓިފައެވެ. އަދި ފުލުހުން ވެސް ވަނީ އެކުންފުނީގެ ޖިނާއީ ތަހުގީގެއް ހިންގަމުން އަންނަކަން ވެސް ހާމަ ކޮށްފައެވެ.

އެކުންފުނިން ނެރެނު ބަޔާނެއްގައި ބުނީ، ކުންފުނީގެ ވިޔަފާރިއާއި ގުޅުން ހުރި ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ފުލުހުން ބަޔާން ނެރުމާ އެކު، ކުންފުނީގެ އޮންލައިން ޓްރޭޑިން އެފިލިއޭޓް ޕާރޓްނަރު ޑެރިވް އިން ޕާޓްނާޝިޕް ވެސް ސަސްޕެންޑްކޮށް ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން މިކުންފުންޏަށް ގާތްގަނޑަކަށް 60 މިލިޔަން ރުފިޔާގެ ގެއްލުންވެ، ވިޔަފާރި އެއްބަސްވެފައިވާ ގޮތަށް ގެންދަން ހުރަސް އެޅި، ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކިންގްސް އިން ބުނީ ރާއްޖޭން ބޭރުން ޓްރޭޑްކުރާ ފައިސާ އެއްވެސް އީ ވޮލެޓަކުން ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް ހަދައި އުސޫލުތައް ހަރުކަށިކޮށްފައި ވާތީ މަނީ ލޯންޑަރިންއަކަށް ތުހުމަތު ނުވާގޮތަކަށް ރާއްޖެއަށް ފައިސާ ގެނެވެން ވެސް މިހާރު ނެތް ކަމަށެވެ.

އެކުންފުނިން މީގެ ކުރިން ވަނީ އިންވެސްޓަރުން އީ ވޮލެޓް ހެދުމަށް އަންގާފައެވެ. އަދި އެފަރާތްތަކަށް ލިބެން ޖެހޭ ފައިސާ އީ ވޮލެޓަށް ޖަމާވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް އުސޫލުތައް ހަރުކަށި ކުރުމުން މިހާރު އެކަން ވެސް ނުކުރެވޭ ގޮތް ވަނީ ވެފައެވެ. އަދި އެކުންފުނިން ވަނީ އިތުރަށް އިންވެސްޓަރުންގެ އަތުން ފައިސާ ނެގުން ވެސް ހުއްޓާލާފައެވެ.

ސަރުކާރުގެ އެކި އިދާރާތަކުން އެކުންފުންނަށް އެކި ގޮތްގޮތުން ޕްރެޝަރު ކުރަމުން އަންނައިރު، ބައެއް އިންވެސްޓަރުން ވަނީ ފައިސާ ހޯދަން ވެސް މެދުކެނޑުމެއްނެތި މަސައްކަތް ކޮށްފައެވެ. ނަމަވެސް ގިނަ ބަޔަކަށް އަދި ވެސް އެކުންފުންޏަށް ފައިސާ ނުދެވެއެވެ.

ގިނަ ބަޔަކު ފައިސާ ހޯދަން އެދެމުން އަންނަ މި ދަނޑިވަޅުގައި އެކުންފުނިން ބުނީ، ފައިސާ އަނބުރާ ނުގެންގޮސް ވަގުތު ދިނުމަށެވެ. އަދި އިންވެސްޓްމަންޓް އަނބުރާ ގެންދަން ބޭނުންވާނަމަ މި މަސް ނިމުމުގެ ކުރިން އެކަމަށް އެދެން ބަޔާނުގައި ބުނެފައިވެއެވެ.

ފައިސާ ނުގެންގޮސް ބަހައްޓާ ފަރާތްތަކަށް ކުންފުނިން އިތުރަށް 25 އިންސައްތަ ދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

"މި ކަމުގައި ހިތްޕުޅު ހަމަޖެހި ވަޑައިނުގަންނަވާތީ ބައެއް ބޭފުޅުން ހަރުކަށި އިންޒާރު ދެއްވައި ހައްދަފާފައިވާތީ، އެފަދަ ކަންކަން ނުކުރެއްވުމަށް އިހްލާސްތެރިކަމާއެކީ ދަންނަވަމެވެ. ތިޔަ ބޭފުޅުންނަށް މިކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ވެދާނެކަން ގަބޫލުކުރަމެވެ. އެހެންނަމަވެސް އެއީ މިކުންފުނިން ގަސްތުގައި ރާވައިގެން ދިން ގެއްލުމެއްކަމަށް ދެކިވަޑައިނުގަންނަވާށެވެ. މިކަމާ ގުޅިގެން މިކުންފުންޏާ މެދު ޝަކުވާ ކުރައްވައި، ކޯޓުތަކަށް ވަޑައި ނުގަތުމަކީ އެދޭ ކަމެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކުންބެ

    ބީ އެމްއެލ އައްް ހަޖަމުނުވެގެން ކުރިކަެއް ތީ ތިކަން ވަރައް

    25
    11
  2. ައަހުމަދު

    ފުލުހުންނަކަށް ނޭގޭބާ ބޮޑެތި އަދި ކުޑަލޯނު ބީ.އެމް.އެލް އިން ރައްޔިތުންނަށް ދޫކޮށްފައި އެއިން ބޮޑުފައިދާ (ރިބާ) ނަގަމުންދާއިރު ކިތައްމީހުންނަށްކަމެއް އޭގެއިން ގެއްލުންވަނީ ތިހުއްޓުވި ގޮތަށް އެވެސް ހުއްޓުވަން ވީނުން ، މިއޮތީ ވާ ޤައުމެއް %100 މުސްލިމުޤައުމެކޯ އެކަމަކު މިޤައުމުގެ ވެރިން ހިތަށް އެރިކަމެއް ހުއްދަ ކޮށް ފައި ހިތަށް އެރިކަމެއް މަނާ ނޫނީ ހަރާމް ، ތިގޮތަށް ބާ އިސްލަމް ދީނުގައި އޮންނަނީ .

    25
    2
  3. Anonymous

    ކެނެރީގޭ ނަޝީދު މި ގޭސްގަނޑުގެ އަޑީގަ ހުރެގެން މަރުކަޒީ ބޭންކު ނަމަކައްކިޔާ ތިޖޫރީގަނޑު މެދުވެރިކޮށް އަލްޙާން ފަހުމީ އައް ޖެއްސުން ކޮށް ދިވެހި ރައްޔިތުންނައް ދަތިކުރަން ފޫގަޅާފަހުރީ.

    21
    4
  4. ޞައްދާމު

    އެންމެ ފަހުން ބަލި ޤަބޫލުކުރީ

  5. ހުސޭނުބޭ

    އެންމެ ރަގަޅު ހައްލަކީ ތި ފައިސާ އެހާ އަވަހަށް ގިނަވާގޮތް މީހުންނަށް ކިޔާދިނުން. ހަލާލު އެއްޗެއް ތިހާ އަވަހަށް އިތުރުވާނެކަމަށް ޤަބޫލުނުކުރެވޭ! ގިނަ މީހުން ތިބެނީ ފައިސާވިއްޔާ ދެލޯބޮޑުވެފައި. ހަލާލެއް ހަރާމެއް ނުބަލާނެ. ރަަޅުގޮތުގައި ގިނަވާއެއްޗެއްވިއްޔާ ކިތަންމެހައިވެސް ރަގަޅު! އެކޮއި އަލިހާނު! އަވަހަށް ތި ފައިސާ އެހާ ގިނަވާ ގޮތް އެންމެންނަށް ކިޔާދީ!

    2
    1
  6. ތުއްތީދިބެ

    މިބޭފުޅާ އަކީ މީ ހުއްނަން މަކަރާ ހީލަތް ހަދާ ކަމުގެ ރެކޯޑް އޮތް ފަރާތެއް، ފަސްބައި ތިބުނާ ސާފު ނަމަ އާމުން ތިވާހަކަ ގަބޫލު ކުރީސް، އޭގެ ބަދަލުގަ ރަށުތެރޭން އިވޭ އަޑަކީ މިބޭފުޅާގެ ލޯނުުތަކަށް ފައިސާ ދެއްކިި ވާހަކަ ތަކެށް، އެހެންވީމަ ސަރުކާރު ބޮލަށްޖަހާލާފަ ކޮވިޑް ބޮލަށް ޖެހީމަ ރައްޔިތުން ގަބޫލެއް ނުކުރާނެ، އައްމަޓީވެސް އެއުޅެނީ ރައްޔިތުން ދޮވެލާފަ ސްޓޯރީ ތައް ޖައްސާފަ ބޯ ދަމައިގަނެވޭތޯ..

  7. އަލީ ބުނީ

    މީގެކުރިންވެސް ވެއްޖެ ބައެއްގެ ލާރިގަނޑު މަޅާލާފަ ތިހެން ހަރާއް އަދިވެސް އިންވެސްޓް ކުރިމީހުނައް ނުލިބޭ އެކައްޗެއްވެސް.

  8. ވަގުކަލޭގެ

    އަލްހާން ފަހުމީއަކީ ވަގެއް. ގޭންގް ގެންގުޅޭ މީހެއް. އެކަން އެނގޭ ހަމަ ގައިމުވެސް.

  9. Anonymous

    ބަނގުރާ އާއި އޫރުމަސް ވިއްކައިގެން ލިބޭ ފައިސާ ވެސް ހަރާން ވާނެ. ރިސޯޓުތަކުގައި ބަނގުރާ އާއި އޫރުމަސް ވިއްކުން ވެސް ހުއްޓުވަންވީ ނޫންތަ؟

    1
    1
  10. ނަސްމީ އަލްވޭސް

    މީނާއަށް ފަންޑުހޯދަން މުޅިގައުމުގައި ފަންޑް ރައިޒިިން އެއްޖައްސަން އިބޫ އަށް ހޮވާލަން.