ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ދިވެހިންގެ ތާއީދު ނެތް ކަމަށާއި އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންނަކީ އެއް ފޮތަކުން ކިޔަވައިގެން އުޅޭ ބައެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ވިއޮން" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ރައްޔިތުންނަކީ އެއްގޮތް ކަންތައްތަކެއް ހުންނަ ބައެއް ކަމަށެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާ ރައްޔިތުން އެކައްޗެއް ކައި އުޅޭއިރު، ބަލައި އުޅެނީ ވެސް އެއް ފިލްމުތަކެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައި އުޅެނީ އެކައްޗެއް، އަޅުގަނޑުމެން ބަލައި އުޅެނީ އެއް ފިލްމެއް، އަޅުގަނޑުމެން ކިޔައި އުޅެނީ އެއް ފޮތްތަކެއް، އަޅުގަނޑުމެން އެކަކު އަނެކަކާ ވައްތަރު، އެހެންވީމަ ކީއްވެގެންތޯ ބޯ ހަމަ ޖެހޭ ދިވެއްސަކު، އިންޑިއާ ރައްޔިތަކު (ގައުމުން ފައިބަން) ބުނަންވީ؟" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު ވެސް އިންޑިއާގެ އާއިލާތަކާއި ޑޮކްޓަރުންނާއި ޓީޗަރުންނާއި އެކައުންޓަންޓުން އެބަތިބިއެވެ. އެމީހުންނަކީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމުގައި މުހިންމު ހިއްސާއެއް ވެސް އަދާ ކުރާ ކުރާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ޓޫރިޒަމް އިންޑަސްޓްރީ އަށް އެތައް އެހީއެއް ވެ ދީފި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި. އޭގެ ނަތީޖާއަށް ބަލާއިރު، މިހާރު އެއީ ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް،" ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ އިންވެސްޓްމަންޓްތަކާ މެދުގައި ވިޔަފާރިވެރިންނާއި ދިވެހިން ޝުކުރުވެރިކަމާ އެކުގައި ފާހަގަ ކުރާ ކަމަށެވެ. މި ސަބަބުތަކާ ހުރެ، އިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ހަރަކާތަކީ މާ މަގުބޫލު ހަރަކާތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ރިޔާސީ އިންތިހާބާ ގުޅުވައި ކުރިއަށްގެންދާ ހަރަކާތެއްތޯ އާއި އެކަމުގައި ބައިނަލްއަގުވާމީ ފަރާތެއްގެ އަތެއް ވޭތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެއީ އިންތިހާބާ ގުޅުވައި ކުރިއަށްގެންދާ ހަރަކާތެއް ނޫން ކަމަށެވެ.

އެކަމަކު އިންޑިއާ އައުޓް ކެމްޕެއިންގައި ބޭނުންކުރާ ޓީޝާޓުތަކާއި، އެ ހަރަކާތުގެ ތެރެއިން ރަށްރަށަށް ކުރާ ދަތުރުތަކަށް ފަންޑު ހޯދާ ގޮތާ ގުޅޭ ނަޝީދު ވަނީ ސުވާލު އުފައްދަވައިފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފުލުހުން އެކަން ތަހުގީގު ކުރަން ޖެހެއެވެ.

"އަޅުގަނޑަށް ޔަގީންވާ ކަމަކީ، ކަމާބެހޭ ފަރާތްތަކަށް ސާފުވާނެ ކަން ދަތުރުތަކަށާއި ޓީޝާޓުތަކަށް ފަންޑު ކުރަނީ ކޮން ބައެއް ކަން،" ނަޝީދު ވިދާޅުވިއެވެ.

ޗައިނާއިން އިންޑިއާ އައުޓް ކެމްޕެއިނަށް ފަންޑު ކުރޭތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އެކަމާ ގުޅޭގޮތުން ފުލުހުން ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން ވަނީ ކަނޑައަޅައިފައެވެ.

ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން އެގޮތަށް ކަނޑައަޅާފައިވާތީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމާ ގުޅޭ ގަރާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނެރުއްވައިފައެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވީ، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖައިޒު ފައިދާ ނަގައި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ރާއްޖޭގެ ސުލްހަމަސްލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރުކާރުގެ ސަލާމަތާއި ހަމަޖެހުމާއި އަމަން އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ހިންގަމުންދާ ކެމްޕެއިނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޖުމުހޫރީ މައިދާނުން

    މޮޔަ ނުގޮވާ، އެމީހުންނަކީ މަގުގެއްލި ބުދައްއަޅުކަންކުރާ އައިރު މުސްލިމް ގައުމެއް. ދިވެހިންނާ އެމީހުންނާ ދުވަހަކުވެސް އެއްވަރެއްނުވާނެ. މިކަހަލަ މީހަކު ދުވަހަކުވެސް ވެރިކަމަށް ގެންނަން ހެޔޮނުވާނެ

    137
    2
    • އަލި ކަލޯބެ

      ރާއްޖޭގެ ހާލަތު މާބޮޑުތަނުން ގޯސް، މިތާ އޮންނަނީ ނަމެއްގައި އޮންނަ 100% މުސްލިމުން، މިކުޑަކުޑަ އާބާދީގަ އެބައުޅޭ އިލާހަކު ނުވާކަމަށް ގަބޫލު ކުރާބަޔަކު.

      45
      8
      • ކޮވިޑް

        ތި ވިދާޅުވާ ބަޔަކު އެ އުޅެނީ މި ނަސީދު އެ ބުނާގޮތަށް ދެއްތޯ ؟ އެހެންވެތާ ނަޝީދު އެހެން އެ ބުނީ.މިހާރު ދެން މި ނަޝީދު މޮޔަ ކޮސް ގޮވުން ނޫން ކަމެއް ނުކުރޭ ދޯ؟ ވާނީވެސް އެހެންތާދޯ ޕާޓީ ގަނޑުވެސް ގެއްލެނީ ޔޯ ނަސީބު ސަލާމަތުން ހުރިކަން.

        13
  2. އަހުމަދު

    ތާއީދު ނެތްކަން ދައްކާލާނަން 2023 ގައި ކަލޭގެއާ //

    100
    4
  3. އަލީ

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    108
    1
  4. ހުސޭނުބޭ

    އިންޑިޔާ އައުޓް ކެމްޕޭނަށް ތާޢީދުނެތްކަމެއް ނޭގޭ! ތިއުޅެނީ ފުލުހުން ފޮނުވައިގެންވެސް މަތަނާރައިގެން

    101
    1
  5. ރާއްޖެ

    އެއް ފޮތެއް ކިޔައިގެން އުޅޭތީ ކޮރަޕްށަނާއި ފަސާދައާއި އާއްމުވެ، ގައުމު ތަރައްގީ ނުވެ މިއޮތީ. އެކަމަކު ގިނަ މީހުން އިންޑިއާ މިލިޓަރީ އައުޓް ކުރަން ބޭނުން.

    93
    1
  6. އަސްލު ދިވެހި މީހާ

    އައްނި ކަލޭގެ އަސްލު ސައިޒުގާ ހުރޭ. އެއީ ތަންދޮރު ނުދައްނަ ޖާހިލު މީހާގެ ސައިޒު. ކަލޭތީ ދިވހީން ބަދަލަކަށް ބޭނުންވެގެން އުޅުމުން ތިމަންނާ ތިގޮނޑި އަށް ލާށޭ ބުނެގެން ދިވެހީން ވެރިކަމުގެ ގޮނޑީގަ ބޭންދީމަ މިކަން ނުވާނޭބުނެ ދުވެ ފިލި މީހާ. ކަލެޔަށް އެގޭނީ ވަކަރުގޭ ކުދިންހެން މަގުމަތީގަ ހަޅޭލަވަން.

    71
    1
  7. ވަތަނަބޭ

    އަންނިގެ މިވާހަކަތަކުން އިންޑިއާ އައުޓް ހަރަކާތް އިތުރަށް ފުޅާވެ ކުރިން ނުގުޅިތިބި އެތަށް ރައްޔިތުންނެއް ހަރަކާތާ ގުޅުން ނޫންކަމެއް ވާތަނެއް ވަތަނަބޭ އަކަށް ނުފެނެއެވެ. ރިއާސީ އިންތިހާބުގައި ބޮޑުވެގެންވާ ބައްޔަކުން އެމްޑީޕީގެ ކޮރަޕްޓް ޚުދުމުހުތާރު ލާދީނީ ގުންޑާތަށް ބަލިކުރުމުގެ އަޒުމު އާވާނެ އެތަކެއްރައްޔިތެއް މިޚަބަރު ކިޔާފައިވެސް އުފެދޭނެ ކަމާއިމެދަކު ވަތަނަބޭގެ ހިތަކު ޝައްކެއްނެތެވެ.

    57
    1
  8. ދ ގޮވެލި

    ރާ އްޖޭގަ އިތިބި އިންޑި އާ ސިފަ އިން ބޭލުމަކީ ރާ އްޖެ
    އިންޑި އާ ދޭދޭ ގުޅުން ހަރުދަނާވާނެ ކަމެކެވެ
    އެކަމުގެ ތެރެ އަށް މޑޕ ތެރެ އިން ރޯނު އެދުރުން ނުކުމެ
    ދަ އްކާވާހަތަކީ އަމި އްލަ މަސްލަހަތުގަ އި ދަ އްކާ ވާހަކަ އެވެ.

    57
    1
  9. އަލިފުޅު

    ސިއްކީމަށް ހެދިގޮތަށް މިތަން ވެސް ދުވަސްކޮޅކުން ފެއްނަ ނުފެއްނަ ވޯޓަކުން މަލްދީބު ސްޓޭޓް އަށް ހަދާތަން ބަލަންތިބެންތޯވީ. ލަވަމުން ލަވަމުން ގޮސް މަޅިފަތީގައި ޖެހުނީމާ ކުރާނެ ކަމެއްނޯންނާނެ.

  10. ޢަލިފް

    2023 ޔާމިން..އިންޝާﷲ.އާމީން

    13
  11. އަލީ

    މޮޅުޢެއްޗެއްކިޔާލީ ބޯބުރާންތި ދިވެއްސަކައްވަނީ ކިހިނެއްވީމަތޯ ރަނގަޅައްމިރީ މީހަކުލައްޑޫ ބޯންދީފަ އަދުރޭ ބުނިހެން

  12. ޕޮގުބާ

    ރާއްޖޭގެ ރަށްޔިތުން އުޅެނީ އިސްލާމް ދީނުގަ އިންޑިޔާގެ މުސްލިމުންނަކީ ވަރަށް މަދު ނިކަމެތި ކޮއްފަ ތިބޭބައެއް އިންޑޔާގެ 99/% މީހުންނަކީ ކާފަރުން އެހެންދީންތަކުގެ މީހުން ކޮސް ވާހަކަ ތިދައްކަނީ ކުޑަކުއްޖަކުވެސް ތިކަހަ ކޮސްވާހަކައެއް ނުދައްކާނެ

    10
  13. ނާދިރާ

    މިމީހާގެ އަނގަވެސް ބަންދުވާނެ ދުވަކެއް އަންނާނެ

  14. Anonymous

    ކަލޭ ކަންނޭނގެ އެމީހުންނާ އެކީ އުނގެނެނީ.

  15. ޢެލާސް

    ކޮންއިންޑިޔާ އައުޓެއްތަ…ތިކަމަކަށް ތާއީދެއްނެތް ދިވެެހިންގެ… ޕޕއމ ގެ މަދު ބޯގޯސް ކެނާއިންކޮޅެއް ތިކަމުގައި އުޅެނީ! 😅🤭

    16
  16. މުސްކުޅިނަޝީދު

    ހިންދީ ފިލުމު ބަލާބަޔެއް މިހާރު އުޅެނީ ނަޝީދު އާއި އިބޫ ކަހަލަ ބޫމާއިން އެކަނި ދެން ކުރިކެޓް ކުޅޭ ގޮތް އެނގޭ މީހެއް ވެސް އުޅޭނީ އިބޫ އަދި އަންނި އާއިލާ ދެތިން މީހަކު އިންޑިޔާ ސަގާފަތް ދިވެހިންނަށް ކަމަކު ނުދޭ ދިވެހިންނަށް މިހާރު ކަމުދަނީ އެނިމޭއާއި ނަރުޓޯ

  17. ކޮރަލް

    ކިޔެވީ އެއް ފޮތަކުން ކަމަށް އެބަ ބުނެ އެވެ. މުސްލިމުން ކިޔަވަނީ ގުރުއާން އެވެ. ހިނދީން ގުރު އާން އެއް ނުކިޔަވަ އެވެ.

    10
  18. އިބޫ

    ހަމަ ބުރާންތިންވެސް މީ އުޅޭ ވައްތަރެއް

  19. މާޟީ

    މީ މީހުން ލައްވާ ނުބާ އެއްޗެހި ކިއުއްވަން އުޅޭ މީހެއް ދިވެހިރާއްޖެ ހަލާކު ކޮއްލުމުގެ މޭސްތިރީ

  20. ހަސަން ކުރުސި

    އިންޑިޔާ ސިފައިން ބާލާނަން އަދި ކަލޭވެސް އެމީހުނާއެކު ބާލާނަން

  21. ޙަަަހަ

    ތިދެން އަނގަ ހައްދު ޖަހާވަރު ޖޯކެއް ، މިތާ އޮންނަނީ ހަމައެކަނި އިސްލާމްދީން ކަމަށް ޤާނޫނުގައި އޮންނައިރު އިންޑިއާގައި އެހެންތޯ އޮތީ ، މީ އަދި ކޯވަރެއް

  22. ޖެން

    މަނިކުފާނުގެ ޕޮޕުލަރިޓީ ގެއްލިއްޖެ ތިހެން ބުނާ އެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެން

  23. ވާނުވާ.

    ނުކައި އެކައްޗެއް...އަހަރުން ކަން ގެރި މަސް. ޢެމީހުން ނުކާނެ.
    ނުކިޔާ އެއްފޮތެއް...އަހަރުންގެ ފޮތަކީ ކީރިތި قرآن...ބުދު މީހުން އެފޮތެއް ނުކިޔާނެ
    ދެން ކޮން މޮޅު ވާހަކައެއް ތިދައްކަނީ އެމީހުން ރުއްސަން؟ ދިވެހިންގެ ބޮލައް ތި ޗިޕެއް ނުވަންނާނެ އިނގޭ

    11
  24. Anonymous

    އިންޑިއާ މީހުން ކިޔާ ފޮތް މީނަ ކި؛ޔަކަސް ދިވެހިންނެއް އެފޮތެއް ނުކިޔާނެ. ބީތާވޭ

  25. ޖެން

    މަނިކުފާނަށް މާބޮޑު ސަމާލުކަމެއްނެއް މިހާރު

  26. ހއ

    އިންޑިއާގައި ތިން މީހަކުވެގެން މާބަނޑު އަންހެނަކު ރޭޕްކޮށްފި ކަލޭ ތިޔަކުރަނީ ދިވެހިންނައް މަލާމާތް އައްނި އަކައް މިފަހަރަކު ތާއީދެއް ނުކުރޭ މެޖޯރިޓީ އެއް ވަރައްސާފު އިބޫއައް ވާވަރުވެސް ނުވާނެ އިގޭ މުޅިންވެސް އަގައިން ތިޔަ އުޅެނީ ކާފަރުންގެ ބާރުހޯދައިގެން