މޯލްޑިވިއަންގެ އެއާބަސް ފްލައިޓްގައި އިއްޔެ ދަތުރު ކުރި ފަސެންޖަރުން ރޯދަ ވީއްލާނެ ގަޑިއާއި ގުޅޭ ގޮތުން އެއާލައިނުން އެއްވެސް މައުލޫމާތެއް ނުދިނުމުން ފަސެންޖަރުންނަށް އޮޅިގެން އިރު ނޯއްސެނީސް ރޯދަ ވީއްލިއްޖެއެވެ.

މާލެ އިން ފުރައިގެން އިއްޔެ އައްޑޫ ސިޓީއަށް ދަތުކުރި ފްލައިޓްގައި ތިބި ފަސެންޖަރުން "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި އިއްޔެ 17:45 ގައި ފްލައިޓް ފުރުމާއިއެކު 18:05 ކަންހާއިރު ރޯދަ ވީއްލަން ބޭނުންވާ އެއްޗެހި ކްރޫއިން ވަނީ ފަސެންޖަރުންނަށް ދީފައެވެ. މާލެ އަށް 18:13 ގައި އަދި އައްޑޫ ސިޓީއަށް 18:09 ގައި އިރުއޮއްސޭތީ ގިނަ މީހުން ވަނީ 18:15 ކަންހާއިރު ރޯދަ ވީއްލާފައެވެ. ނަމަވެސް ގިނަ މީހުން ރޯދަ ވީއްލި ފަހުން ކްރޫން ފްލައިޓްގައި އިއުލާން ކުރި ގޮތުގައި ދަތުރު ކުރަމުންދާ ސަރަހައްދަށް އިރު އޮއްސޭނީ 18:20 ގައެވެ. އޭރު ގިނަ މީހުން ވަނީ ރޯދަ ވީއްލާފައެވެ.

މޯލްޑިވިއަންގެ ފްލައިޓް އިއްޔެ އައްޑުއަށް ފުރީ ވެސް ޝެޑިއުލަށް ވުރެ އެތައް އިރެއް ފަހުންނެވެ. ފްލައިޓް ފުރަން ފުރަތަމަ ހަމަޖެހިފައި އޮތީ 16:45 ގައެވެ. ނަމަވެސް ފްލައިޓް ފުރިއިރު ފަސެންޖަރުން ފްލައިޓްގައި ތިބޭތާ ވެސް ދޮޅު ގަޑިއިރަށްވުރެ ގިނަ އިރުވެއްޖެއެވެ.

ފްލައިޓްގައި ދަތުރުކުރި ފަސެންޖަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފްލައިޓް ގިނަ އިރުތަކަކަށް ޑިލޭ ވުމުން ކްރޫންނާއި ޕައިލެޓުން ވެސް ތިބީ ވަރަށް ބޮޑު ޕްރެޝަރެއްގައި ކަމަށާއި ރޯދަ ވީއްލާނެ ގަޑި ފަސެންޖަރުންނަށް ނޭންގީ އެހެންވެ ކަމަށް ބެލެވޭ ކަމަށެވެ.

"ފްލައިޓް ޑިލޭ ވުމުން ފަސެންޖަރުން ފަހުން ހަޅޭ ވެސް ލެވި ފްލައިޓުން ބާލާށޭ ކިޔާފައި. އެކަންތައް ބޮޑުވެގެން ޕައިލެޓުން ވެސް ވާހަކަދެއްކި. ޕައިލެޓުންނާއި ކްރޫން ބުނީ ފްލައިޓް ޑިލޭ ވަމުން ދިޔައީ މޯލްޑިވިއަންގެ މައްސަލައަކުން ނޫނޭ. ޓަވަރުން ފުރަން ހުއްދަ ނުދީގެން ކަމަށް ޑިލޭ ވަނީ." އޭނާ ބުންޏެވެ.

ނަމަވެސް ހަގީގަތުގައި ފްލައިޓް ގިނަ އިރުތަކަކަށް ޑިލޭވީ މޯލްޑިވިއަން އިން ފުރަން ފުރަތަމަ ދިން ގަޑިއަށް ނުފުރުމުން ފަހުން ރަންވޭ އިން ޖާގަ ނުލިބިގެން ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

އިރު ނޯއްސެނީސް ފަސެންޖަރުން ރޯދަ ވިއްލުމާއި ގުޅޭ ގޮތުން ޝައިހް ޒަމްޒަމް ފާރިޝް ވިދާޅުވީ އިރު ނޯއްސޭކަން އެނގުމުން ކެއުން މެދުކަނޑާލި މީހުން ރޯދަ އަލުން ހިފަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އިރު ނޯއްސޭކަން އެނގުމުން ވެސް ކެއުން ކުރިއަށް ގެންދިޔަ މީހުން ރޯދަ ހިފަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިރު ނޯއްސެނީސް މޯލްޑިވިއަންގެ ފަސެންޖަރުންތަކެއް ރޯދަ ވީއްލުމާއި ގުޅޭ ގޮތުން އެއެއާލައިންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙަދިސައިބު

    މީ މިއެއަރލައިންގެ ހާލަތު ވަކިކަމެއްނޫން ހުރިހާކަމެއް ބޮއްސުންލާފަ،ޖޮބާ މިތަނުގެ އެމްޑީ

    4
    1
  2. ޖުނާ

    30ހާސްފޫޓު މަތިން ފެންނަން ހުރި އިތުރުން ފެންނަން ހުރި ދަޅަ ވެސް ނުފެނުނު ދޯ.

  3. މޯހަން

    ވަގުތުނޫހުން ، މޯލްޑިވިއަން ސައިޒް ކޮށް އެމީހުންގެ ހަގީގަތް ރަށްއިތު މީހާ އަށް ބުނެދެނީތޯ ؟

  4. ޜޯދަ

    ޢިރު އޮއްސިއްޖެކަން ރޯދަ. ވީއްލުމުގެ ކުރިން ޔަޤީންކުރުމަކީ ކޮންމެ ރޯދަވެރިއެއްގެ ޒިންމާއެއް

  5. މަރީނާތު

    އެކަމު ދެކުނަށް މާލެ އަށް ވުރެ އަވަސް ވާނެ އިރު އޮއްސޭލެއް. އުތުރަށް ލަސް ވާނީ. ތިވާނީ ނުބައިކޮށް އިޢުލާން ކުރެވުނީ ކަމަށް

    2
    1
  6. ސާބަސް

    އެނައުނސް ކުރަން ހަނދާންނެތުނީމަ އެއްވެސް ބޭފުޅަކު އަހާލިންތޯ ގަޑި.

  7. ޙަޒާ

    ތިއީ މުސީބާތެއްކަހަލަ އެއަރލައިނެއް

    1
    1
  8. ކޮލިޓީ ހާދީ

    ޕަސެންޖަރުން ގަމާރުތަ؟ ހަމަ އެއްޗެއް ފެންނައިރަށް ޖެހޭތަ ހަފައި ދިރުވައި ގަންނަން. ރޯދަ ވީއްލާގަޑިއަަށް އެބުނާ ކަދުރެއް ގެނެސް ނުދިންނަމަވެސް އެއާރލައިން ވަރުގެ ނުބައި ބައެއް ނޯންނާނެ.

    9
    1
  9. ހަސް

    ހާދަ ވަރެކޭ ތިކުރަނީ

  10. Anonymous

    ބަލަ ދަތުރުވެރިން ރޯދަ ހިފާތޯ ؟ ދަތުރުވެރިން ދަތުރުމަތީގައި ރޯދަ ދޫކޮށްލުން ހުއްދަވާނެ !

    1
    1
  11. Anonymous

    ބަލަ ދަތުރުވެރިޔާ ދަތުރު މަތީގާ ރޯދަ ދޫކޮށްލައިފިނަމަ ފަހުން އެރޯދަ ޤަލާކުރާނީ ނުންތަ ! އެއީ ދަތުރު މަތީގައި ރޯދަ ދޫކޮށްލުމަކީ ދަތުރު ވެރިޔާއަށް ހުއްދަ ޖާއިޒު ކަމެއް !

  12. ބޮޑުބެ

    ޒަމްޒަމް ވެސް އެއީ ނަމުގެ ބަޔެއްތޯ؟

  13. މޯލްޑިވިއަން

    ދަތުރުވެރިންނާ ރޯދަ ހިފަން ޖެހޭތަ

  14. ޜޯދަ

    ގަޑިއެއް ދެގަޑިއިރުގެ ދަތުރަކަށްވެސް ރޯދަ ދޫކޮށްލަން ޖެހޭތޯ؟ ޢެޢްވެސް ދަތި އުނދަގުލެއް ނެތި