ތަރައްގީ އަކީ އުސް އިމާރާތްތަކާއި ކޮންކްރިޓް ބްރިޖެއް ނޫން ކަމަށާއި، ތަރައްގީއަކީ މަސައްކަތްތެރިންނާއި، އާންމު ނިކަމެތި މީހާގެ ޖީބަށް ވަންނަ ފައިސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިންގައި ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއެކު ބޭއްވި ބައްދަަލުވުމުގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މިސަރުކާރުން ދިވެހި ރައްޔިތުން އެދޭ ތަރައްގީ ހާސިލް ކޮށްދެއްވަމުންދާ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އާންމު މީހާއަށް އަންނަ ތަރައްގީ ކަމަށާއި، އެކަން ކިތަންމެހާވެސް ރަނގަޅަށް ސަރުކާރުން ކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކިވަކި ކަންމުގެ ތެރެއިން ދާދިފަހުން ޓީޗަރުންގެ މުސާރައަށް ގެނައި ބޮޑު ބަދަލާ ގުޅިގެން ޔާސިރު ވިދާޅުވީ މިއީ ރައްޔިތުން ބޭނުންވާ ތަރައްގީ ކަމަށެވެ. ކުޅުދުއްފުށި ސިޓީގައި 292 ޓީޗަރުން ތިބިއިރު، ބޮޑު މުސާރައާއާކު އޭގެ މަންފާ ލިބެނީ އެ އާއިލާތަކާއި، ދަރިންނާއި، މުޅި މުޖުތަމައަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ތަރައްގީއަކީ މިއީ ކަމަށާއި، ބޮޑެތި އިމާރާތްތަކާއި، ބްރިޖު އަޅައިގެން ލިބޭނެ ވަކި މޮޅު ތަރައްގީއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތަރައްގީ އަކީ އުސް އިމާރާތާއި، ކޮންކްރިޓް ބްރިޖެއް ނޫން. މި ސިޓީގައި އެކަނި 292 ޓީޗަރުން އެބަތިބި، ކިތައް ދަރިންނަށްތޯ، ކިތަށް ގެއަށް ކިތައް އާއިލާއަށް ތޯ މި ބޮޑުވި ޓީޗަރުންގެ މުސާރައިގެ ސަބަބުން ދިރިއުޅުން އުޖާލާވެ އާ އުންމީދެއް ލިބިގެން މި ދިޔައީ." ޔާސިރު ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންގެ ކަމަށެވެ.

އެގޮތުން މިހާރު 12،398 ރުފިޔާގެ މުސާރައެއް ލިބޭ ޓީޗަރުންނަށް މިގެންނަ ބަދަލާއެކު 19،467 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ. މިއީ 50 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ދަށް ރޭންކުގެ ޓީޗަރަށް މުސާރައިގެ ގޮތުގައި ކުރިން 10،889 ރުފިޔާ ލިބޭއިރު، މިހާރު މުސާރަ ވަނީ 22 އިންސައްތައަށް އިތުރުކޮށް، 13،266 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި އެންމެ މަތީ ރޭންކު ކަމުގައިވާ ރޭންކު 5 އިންސައްތައިގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 25،958 ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޖަލްސާގައި ޔާސިރު ވިދާޅުވީ މިގެންނަ ބަދަލު ތަކާއިއެކު ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ 2023 އެމްޑީޕީއަށް ކާމިޔާބު ކުރުންކަމަށެވެ. އެކަން ކުރެވޭނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޗެއާޕާސަން ކަމަށް އިންތިޚާބު ކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު 2023 ހޯދަން ނިކުމެ މިތިބީ ހަމަ މި ޕާޓީ އާއެކީ، ޕާޓީ ހިންގާލާ 2023 ސަރުކާރަށް ހޯދަދެވޭނެ އެންމެ ގާބިލް މީހަކީ ފައްޔާޒު." ޔާސިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އައްމަޓީ

    ދެން އެހެންވީރު ހުރިހާ ދާއިރާތަކުގެ މުސާރަވެސް ބޮޑުކޮށްދޭންވީނު، އޭރުން ޤައުމު އެއްކޮހުރިހާ ދިމާލެއް ތަރައްޤީވީނު، އަހުރެމެންނަށް ހެޔޮ ބުރިޖާ އިމާރާތްތައް ނޭޅިޔަސް، މާކުރިންވެސް އެނގޭ ޔާސިރުމެންނަކަށް ބުރިޖެއްވެސް އަދި އިމާރާތެއްވެސް ނޭޅޭނެކަން،

    55
  2. މުހައްމަދު އަހްމަދު

    ޔާސިރޫ!! ކަލޭމެންގެ ޖީބަށް ޕާޓީ އެކްޓިވިސްޓުންގެ ޖީބަށް ފައިސާ ވަންނަ ވާހަކަ ދޯ ތިބުނީ.. ކަލެއަކަށް ނޭނގޭ ދޯ ރައްޔިތުން އުޅޭ ދަތި ޙާލު. ކަލޭ ނިޞްބަތްވާ ކުޅުދުއްފުށީގެ ޙާލަތެއް ވެސް ކަލެއަކަށް ނޭނގޭ. ކަލޭމެންގެ ތަރައްޤީއަކީ، އުޑެއް ބުޑެއް ނުދަންނަ އެމްޑީޕީ މީހުންނަށް ވަޒީފާ ދީ ދައުލަތުގެ ޚަޒާނާ ހުސްކުރުން.

    62
  3. މުހައްމަދު

    ޔާސިރޫ!! ކަލޭމެންނަކީ މި ޤައުމުގެ ހަލާކު..

    53
  4. މުހައްމަދު އަހްމަދު

    ޔާސިރޫ!! ކަލޭމެންނަކީ މި ޤައުމުގެ ހަލާކު..

    47
  5. ފަރުޙަތު

    ޔާސިރޫ!! ކަލޭމެންނަކީ މި ޤައުމުގެ ހަލާކު..

    46
  6. ރަން ރީނދޫ

    ރަނގަޅު ރަނގަޅު. ތަރައްޤީ އަކީ ޗާޕް ކޮއްފަ ދޭ ކަރުދާސް. ދުވަސްކޮޅަކުން ތީގެ ކަރުދާސް ފުންޏަކަށް،ސައިތައްޓެއްވެސް ނުލިބޭނެ.

    53
  7. Anonymous

    އެދެކަމުންވެސް މީހުންގެ ޖީބައް ވަރަށް ފައިސާ ވަނެއޭ އެބަ، އެކަމަކު މިވެރިކަމުގަ ބަޖެޓައް ވާގޮތް ނޭނގި ހުސްވެފަ އޮނަނަނީ.

    48
  8. ޙަޒާ

    މިއީ ކޮންކަހަލަ ކޮހެއް ؟
    މާލޭގައި ބްރިހް އެޅީމާ ވިޔާފާރި ފުޅާވެ މީހުންނަށް ހަރަދު ކުޑަކުރެވުނު ވަރު ނޭގޭތަ؟
    ދަރުމަވަންތަ ހޮސްޕިޓާ ނެތްނަމަ ކޮޥެޑް މެނޭޖް ކުރމުގައި އުޅޭނީ ކޮންހހާލެއްގައި

    52
  9. ގަމާރު

    ކަލޭ ގަމާރަކައްވިޔަސް އެހެން އެންމެނަކީ ގަމާރުންނެއްނޫން. އަދި ކަލޭގެ ޖީބައް ފައިސާތަކެއްވަނަސް ގައުމުގެ ރައްޔިތުންގެ ތެރެއިން ފަގޯރުންވީ އިތުރު.

    48
  10. މަނިކު

    މިފަސް އަހަރު ޖީބުތަ ފުރާލާނީޔޭކަލޭމެން

    51
  11. ލާމު

    މާލެއާ ވިލިގިނއްޔާ ދެމެދު ބްރިޖެއް އަޅަން މިއުޅެނީ ކީއްކުރަން. ތަރައްގީއަކަށް ނުވާކަމެއްގައި ފައިސާ އިސްރާފު ނުކުރޭ. އެފައިސާ އަހަރެމެންގެ ޖީބަށް ވަންނަގޮތް ހަދައިދީ.

    15
  12. ގައިލާ

    ޖީބައްވެސް ފައިސާ ނުވަންނާތީ އެވާހަކަ މިދަައްކާނީ. ދުއްމާރި ވާހަކަނުދައްކާ. ޖީބައްވެސް ތަނަވަސް ކޮށްލަބަލަ. އޭރުން ބްރިޖާ އިމާރާތެކޭ ވެސް ނުނިޔާނެ

    11
  13. ކެރޭ ޢަބްދުﷲ

    ކަލޭ މެއްނަ ކީ ބޮޑަތި ވަގުން. މިފަސް އަހަރު ނިމެން ވާއިރަށް މުޅިހަޒާނާ އެއްކޮ ދޮވެލުން ކަލޭމެންގެ ޓާގެޓަކީ. އެހެންވެ ދައްކާ ވާހަކަ އެށް ތީ. ތި އެމް.ޑީ.ޕީ ސަރުކާރަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ތީ ދައްކާ ވާހަކަ ތީ.

  14. ޙަަަހަ

    ބަލަ މިހިރަ މޮޔަޔާ ، ކަލެ ވިސްނަބަލަ ، މާލެ ހުޅުމާލެ ބުރިޖް އެޅީމަ ރައްޔިތުން ޖީބަށް ކިހާބޮޑަށް ލުއިވިކަން ނަެނގޭތަ ، ފޭސް 2 ފްލެޓްތައް ދިނީމަ ކިތަން މީހުންގެ ޖީބަށް ލުއިވިތަ ، ކަލޭމެން ރަށް ކުޅުދުއްފުށީ މީހުން ހިތް ނުފުރިގެން އެއުޅެނީ ޖީބަށް ލާރި ނުވަދެގެންތަ

    11
  15. ރާއްޖެ

    ތަރައްގީއަކީ މަސައްކަތްތެރިންނާއި، އާންމު ނިކަމެތި މީހާގެ ޖީބަށް ވަންނަ ފައިސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ. އަޖައިބުން އަންތަރީސް! ކަލޯ ހަމަތަ! ތިޔަ ކޮންކުރިޓު ބުރިޖެއް އެޅިފަހުން އެތަކެއް ދިވެހިންނައް އެކަމުގެ ފައިދާ ލިބުނުކަން އިގޭތަ! ތިބޭފުޅާވެސް އެކަމުގެ ފައިދާ ހާސިލްކޮއްފަހުރީ! މާލެއިން ސައިކަލުގަ ނައްޓާލާގޮތައް ހުޅުމާލެ ހުޅުމާލެއިން މާލެ މާލެއިން ހުޅުލެ ހުޅުމާލެއިން ހުޅުލެ ދުވާލަކު ކިތައްބުރު ޖަހަން ހަމަގައިމު ކަލޭ ޖީބުން ލޯލާރިޔެއްވެސް ފެރީ އަކައް ދައްކަން ނުޖެހޭ!

  16. ރާއްޖެ

    ކުޅުދުއްފުށީގެ މަގުތައް ތާރުނާޅާ ދޮންވެލި އަކިރި ލާންވީއެއްނުން! ކަލޭގެ ގެދޮރުވެސް ދަނޑިފަނުން އަޅައިގެން ތަރައްގީ ކުރަންވީ! ހޯއް ހޯއް ހޯއް

    10
  17. Anonymous

    މިހިރަ ބީތާޔާ ތަރައްގީ ކަލެޔައް ނޭގުމަކީ ކަލޭގެ ކުށެއް. ޖިބާއް ލާރިވެސް ވަންނަނީކީ ނޫން ތަރައްގީވެސް ގެނެވެނީކީ ނޫން. ކޮސް ނުގޮވާ މައިތިރިވެގެން ހުންނަން ވީނު

    11
  18. މަކަލޭލީ

    މިޖާހިލު ވެސް މީ އަމިއްލަ ސިކުނޑިން ވިސްނަން އެނގޭ މަރުމޯލެއް ނޫން.

    13
  19. އަހްމަދު

    ޔާސިރޫ އެހެންވެގެންދޯ ފައްޔާޒުފަހަތައް އަރައިތިހުރީ ލައްކަލާރިހުންނާނެ އޭނަގެޖީބުގަ އެއީކަޓުގެއައްޕަ

    10
  20. 2023ޔާން

    2023ޔާން

    12
  21. ރަދީފް

    ކަނޑު ކޮހެއް.މަރު މޯލެއް.

    14
  22. އަބްދޫ

    ތަރައްގިީ އަކީ ޖީބަށް ވަންނަ ފައިސާއެއް ނޫން. އެއީ ވަގު ނަސީދުގެ ވާހަކައެއް. ތަރައްގިއަކީ ފައިސާ ޖީބަށް ލައިގެން ކަނޑުމަތީ ފަލިޖަހާފަ ދަތުރު ކުރުމެއްނޫން. ތަރައްގިއަކީ ވައްކަންކޮށްގެން ޖީބަށް ފައިސާ ވެއްދުމެއްނޫން. ތްރައްގީއްަކީ ޖީބު ބޮޑުކުރުމަށް ދަވްލަތުގެ ފައިސާކާލުމެއްނޫން. ކެރަފާ ސައްތަރާއި ކެރަފާ ނަސީދުގެ ސިޔާސަރަތަކީ އަތުޖެހުނުތަނަކުން ޖަމާ ޖީބު ބޮޑުކުރުން އެގޮތުން ސައްތާރު މައިޓް ކުންފުނިކާލީ. ނަސީދު ވެލާނާގެއިން ވައްކަން ކުރީ އެއީތޯ ތަރައްގީ ބަލަގަ ތަރައްގިއޭ ކިޔަނީ މަތިންދާބޮޓާއި ހެލިކޮޕްތަރުގަ އުދުހިފަ ރަސަށް ދިއުން. ކާރާއި ސައިކަލް ގަ ދަތުރުފަތުރުކުރުން ބަސްދަތުރު ކުރުން ޖީބަށް ކިތަންމެ ފައިސައެއް ވަނަސް ތަރައްގީ ބްރިޖާއި މަތިންދާބޮޓާއި ހެލިކޮޕްޓަރާއި އެއާޕޯޓާއި ބްރިޖް ނެތްނަމަ އެފައިސާގެ ބޭނުން ބުނެބަލަ. ކުރެހުންއަޅާފަ ހުރި ކަރުދާސްކޮޅެއްގެ ބޭނުން ހިފެނީ މިދެންނެވި ބްރިޖާއި އެއާޕޯޓާއި މަތިންދާބޮޓާއި ކާރާއި ސައިކްލް ގެ ބޭނުން ހިފޭނަމަ. މުޅި ދުނިޔޭގަ ވެސް ތަރައްޣީ ކިޔަނީ ތަރައްގީ ފެންނަނީ އެގައުމެއްގެ އިންފްރސްޓެކްޗަރުން ފެްނަން ހުންނަ އިމާރާތްތަކާ ބްރިޖުން ދަތުރުފަތުރުގެ ކާރާއި ސައިކަލާއި އެއަލައިނާއި އެއާޕޯޓާއި އެތަންތަނަށް ކުރެވޭ ދަތުރުފަތުރުން، ޖީބުގަ ފައިސާ ބަހައްޓައިގެން ފަންޖިފުޓީގަ ތިއްބަސް އެއަކަށް ތަރައްގީއެކޭ ނުކިޔާނެ. ސިންގަޕޯޜ އިގިރޭސިވިލާތް އެމެރިކާ އޮސްތްރޭލިޔާ ސްވިޒަލޭންޑް މިތަންތަން ތަރައްގީއޭ ކިޔަނީ ތަރައްގީ ފެންނަން ހުރީމަ. ތަރައްގީ ލޮލަށް ފެންނާތީ. 100 ފަނގިފިލާގެ އުސް އިމާރާތްތަކާއި މަގުތަކުގެ ތަރައްގީ ފެންނަން އޮތީގަ. މީހުންގެ ސިކުންޑިކާލަން ވަގު ނަސީދު ދެއްކި ހުވަފެން 18.5 ބިލިއަން ރުފިޔާގެ ދަރަްޏާއި ހަރުމުދާ ވިއްކާލުމާއި އަތޮޅާއި ރަށްރަށުގަ ހުރި އެކައުންޓްތަކުގެ ފައިސާ ހަޖަމް ކޮށްލުމަކީ ތަރައްގީތަ؟

  23. ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ ޕީއެަް

    ޖީބަށް ފައިސާވަނީމާ ނިމުނީތޯ މިއުޅެނީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތިގެން. ހަވަރު ތިނަދޫގައި ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ 910 މީހުންން އެބަތިބި. ޔާމިނު ސަރުކާރުން ހިއްކާފަ އެއޮތް މާސިންގާ ހިއްކި ބިމުން 2000 ފޫޓުގެ 1500 ގޯތި ދެވެން އެބައޮތް އެއީ މަގުތަކާއި ސަރުކާރު ބޭނުމަާް ބިން ނަގާފަވެސް ހުރިވަރު. ދެން ޖީބަށް ފައިސާ އަޅައިހެން ވަންނާނެ ބޯހިޔާވަހިކަމެއް ނެތި އުޑަށް ބަލަހަށްޓައިގެން ތިބެންވީތޯ.

    13
  24. Anonymous

    މިކަހަލަ ކަނޑުކޮހުން ލައިގެން މިކަމެއް ނުވާނެ! ބަލަ އިމާރާތްތަކާއި ބްރިޖްތައް އެޅީމާ އިޖުތިމާޢީ އަދި އިގްތިސާދީ ގޮތުން އެވާ ފައިދާތަކަކީ އާންމު ރައްޔިތު މީހާގެ ޖީބަށް ފައިސާ ލެވެން އޮން މަގު! އެހެން ނޫނީ ޖެހޭނީ ވައްކަން ކުރަން!

    12
  25. Anonymous

    ތަރައްގީއަކީ މުޅިއުމުރު ބައެއްގެ އަޅުވެތިކަމުގައި ނިކަމެތި ކަމުގައި ރައްޔިތުން ބޭތިއްބުމެއްވެސް ނޫން.

  26. މަންތިރި

    ދެން އެހެންވީއިރު ބްރިޖެއް އަޅާ ވާހަކަ އަޑު އެބަ އިވޭ! ދޮގެއް ދެއްތޯ އެއީ؟ އެމްޑީޕީ ސަރުކާރަކުން ބްރިޖެއް ނާޅާނެ! އެމްޑީޕީ ކުރާނީ ތަރައްޤީ!