މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބުގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލަށް ތާއިދު ކުރައްވަން ނިންމެވުމުން އޭނާ އަށް ކުރިމަތިވާ ފާޑުކިޔުންތައް ދިފާއު ކުރައްވަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ނިކުންނަވައިފިއެވެ.
ނަޝީދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ "މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާންކުރައްވަން ނޫޅުއްވާ" ށޭ އިއްޔެ ވިދާޅުވިއެވެ. ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީ އަކީ ކޮބައިކަން ވަރަށް ސާފުވާނެ ކަމަށެވެ.
ނަޝީދުގެ ބަހުގެ ހަމަލާތަކެއް ޝައުނާއަށް އަމާޒު ކުރެއްވުމުން އެމަނިކުފާނު "ފަޅީގެ" އެމްޑީޕީ މެންބަރުން ވެސް އަންނަނީ ޝައުނާ އަށް ފާޑުކިޔަމުންނެވެ.
ފާޑުކިޔުންތަކުން ޝައުނާ ދިފާއު ކުރައްވަން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އައްޑުއަށް އުފަން ކޮންމެ ސިޔާސީ ލީޑަރަކު ކިރިޔާ ބޯ ހިއްލާލިޔަަސް (އެމްޑީޕީ) އިން އެމީހަކު ގަންބާލާ." ކަމަށެވެ.
ޝަރީފް ވިދާޅުވީ އައްޑުއަށް އުފަންވާ ކޮންމެ ސިޔާސީ ލީޑަރެއްގެ އަބުރު ކަތިލާ ސައިޒް ކުރުމަކީ އެމްޑީޕީގައި މިހާ ހިސާބަށް ހިންގަމުން އަންނަ ކަމެއް ކަމަށެވެ. ޝަރީފް މިސާލެއްގެ ގޮތުގައި ދެއްކެވީ އޭނާ އާއި ޑރ.މުނައްވަރާއި، ޑރ.ޑީޑީ އާއި މެންބަރު އަސްލަމް އެވެ. އެއަށް ފަހު ޝަރީފް ވިދާޅުވީ މިއީ ރޭވިގެން ހިނގާ ކަމެއް ކަމަށާއި މިއަދު ޝައުނާ އަށް ވެސް ދިމާވެފައި ވަނީ މީގެ ކުރިން އައްޑޫގެ އެހެން ބޭފުޅުންނަށް އެމްޑީޕީގެ އެތެރެއިން ކުރިމަތިވި ފަދަ ކަމެއް ކަމަށެވެ. "މިކަމަކީ އައްޑޫ ރައްޔިތުން ފުންކޮށް ވިސްނަން ވެއްޖެ ކަމެއް." ޝަރީފް ވިދާޅުވިއެވެ.
Addu in ufan vaa komme siyaasee leader egge aburu kathilaa size kurumakee MDP ga mihaa hisaabah hingamun anna aamu kameh. E ee alhugandu kamah viyas, Dr. Munavvaru kamah viyas, Dr. Didi kamah viyas, MP Aslam kamah viyas jehunee e haalu. Mee reyvigen hingaa kameh. Adhu @anuahsa
— Ibrahim Shareef (@AdduShareef) May 4, 2022
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު މިމަހުގެ 14 ވަނަ ދުވަހު އޮންނާނެއެވެ. އިންތިޚާބުގެ ފޯރި ގަދަވަމުން އަންނައިރު ފައްޔާޒަށް ތާއިދު ކުރައްވާ ފަރާތްތަކަށް ނަޝީދުގެ ފެކްޝަނުން އަންނަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.
ތިޔަ އައްޑޫމީހުންނަކީ މޮޔަބަޔެކެވެ. އެހެންނޫނީ އެމްޑީޕީއަކަށް ތާއީދެއް ނުކުރީހެވެ. މިހާތަނަށް އެމްޑީޕީއަކުން ވެރިކަމަށް ސަރުކާރުގެ ތަޖުރިބާލިބިފައިވާމީހެއްނުނަގައެވެ. ހިންގަންނޭގުމުން ބަޔަކާހަވާލުކޮށްގެން ގައުމު ހިންގަނީއެވެ. މިހާރު މިގައުމު ހިންގަނީ އިންޑިޔާއެވެ.
.ނަސީދު އެހެން ބުނީ ވަކިރަށަކައް ވާތީ އެއްނޫން..އެއީ ހަގީގަތެއް ..ސަރީފު އުޅުނީ ފިތުނައުފައްދަން
މަވޯޓާ އައްޑޫއޭ އައްޑޫއޭ ކިޔާ ވަތަނީ ގޭމުޖައްސާ މި އައްޑޫ ރައްޔިތުން ވާވައްދަން ނޫޅޭ.. ބަލަ ކަލޭމެންނަށް ބޯހިއްލާ ނުލެވުނުކަމެއް ނޭނގެ މިލިޔަނުން މިލިޔަނުން ލާރިނަގާ މާލޭން ފުލެޓާ އޮސްޓްރޭލިއާއިން ގޭ ގަނެފަ އެހުރީ އަޑިއަށް ގެނބުނު ވަރުންތޯ؟؟ ހޮޅި ވާހަކަ ނުދައްކާ ހިމޭނުންހުރޭ އައްޑޫ ރައްޔިތުންދެކެ ލޯބިވަންޏާ ޒުވާނުންނަށް ފުރުސަތުދެއްވާފަ ގޮނޑިކޮޅު އައްޑޫ ޒުވާނަކަަށް ލިބޭ ގޮތް ހަދާބަލަ..
ހުރިހައި ކަމެއް އޮތީ މާލޭ މީހުންނަށޭ، އެއް ޢާއިލާއެއްގެ ބަޔަކަށޭ ކިޔާ އަޑު ގަދަކޮށްކޮށްފައި ހަމައެކަން އަބަދު ތަކުރާރު ކުރަނީ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މާލޭ މީހެއް. ނައިބުރައީސަކީ މާލޭމީހެއް. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޮ. މިހާރު ޗެއަރޕާސަނަކަށް ދެ ފަޅިން ވެސް މާލޭ މީހުން. ކީއްތަ ވާނީ، ތި އައްޑޫ މީހަކު ކުރިމަތިލި ނަމަ. ނުހޮވާނެކަން އެނގޭ ވިއްޔާ ދޯ؟ 2023 ގައި ސީދާ އައްޑޫ މީހަކު ނެރެބަލަ.
އެހެން ރަށްރަށު މީހުން ތިޔަހެނެއް ނުކިޔާ ދޯ. އައްޑު އިން ވެސް ބުނަންވާނީ މާލެ ފިޔަވައި އެހެން ރަށްރަށުގެ މީހަކަށް ކަމެއް ނުލިބޭ ވާހަކަ.
ޝައުނާއަށް ސިޔާސީގޮތުން ކުރިއެރުން ލިބުނީ ނަޝީދުގެ މަސައްކަތުން ލަދުހަޔާތެއްވެސް ޝައުނާގެ ނެތީ
އިސްލާމްދީނަށް ލޯބިކުރާ މީހަކު ނަޝީދަކަށް ތާއީދެއް ނުކުރާނެ.
ސަރީފޫ ކަލޭމެންގެ ތި ނަސްލީގޮތެއް ހަމަ ނުކެނޑޭނެ! ކަލޭމެން ކުޅިފަށާނީ. ދެން އެހެންމީހަކު ރައްދުދިނީމާ އެމީހަކު އެވީ އެންޓިއައްޑޫ މީހަކަށް.
ޝާރީފްގެ ވާހަކަ ވަރަށް ބޮޑަށް ޤަބޫލު ކުރެވޭ!
އަހަރެން ކުރިން ގަބޫލުކުރީ އައްޑޫ ބޭފުޅުންނަކީ ވަރަށް ގަޓުހުރި މޮޅުބަޔެއްކަމަށް ނަމަވެސް މިހާރު އެންގެނީ 75% ބޭފުންނަކީ އެއީ ވަތަނީއްޔަތެއް ނެތް އަމިއްލަ އެދުންބޮޑު ބައެއްކަން މީގެތެރެއިން ހިތަދޫ މީހުންނަކީ ހިތަދޫނޫނީ ތަރައްގީވާން ނޭދޭބަޔެއްކަން! ސިޔާސީ ގޮތުން ވެސް އެއްވެސް އުރައްޕަތެއް ނެތްބަޔެއްކަން އެހެންނޫނީ އެމްޑީޕީއަކަށް ތާއީދެއް ނުކުރީސް. މިހާރު މިގައުމު ހިންގަނީ އިންޑިޔާއިން އިންދިޔާ މިލިޓޮރީ އައުޓު.
ބަލަ ނަޝީދުއަކީ ވަކި ކޮންތާކުން އައި މީހެއް. އޭނާގެ މާމައަކީ ފުވައްމުލަކު އަންހެނެއް. މާލެއަށް އައީ ގެއެއްގެ ބަދިގޭގައި ކައްކަން. އެ މަސައްކަތުގައި އުޅެނިކޮށް ނަޝީދުގެ ކާފަ އެކަނބުލޭފާނާ ކާވެނިބައްލަވައިގަތީ. އެއީ އެކަނބުލޭގެފާނު ދޮންކަމުން ރީތިކަމުން. ނަޝީދަށް ރީތިކަމާއި ދޮންކަން ލިބިފައިވަނީ އެކަނބުލޭގެ ކިބައިން.
ޝަރީފަށް ތިއޮތީ އޮޅިފަ. ޝައުނާ މިހިސާބަށް ގެނައި މީހަކީ އަންނި. މިހާރު މިނިސްޓަރ ކަން ގެއްލިދާނެތީ އަންނިޔާ ދެކޮޅު ވުމަކީ ކާންދޭ އަތުގަ ދަތް އެޅުން ފަދަ ކަމެއް.
ކޮބާތޯ 88މިލިއަން؟
ޝަރީފު އަށް ބޮޑަށް އެނގޭނީ ތިކަމުގެ ހަގީގަތެއް
ޝަރީފް ވިއްޔާ އެމް.ޑީ.ޕީ ގަ އުޅެނީ އަހަރުމެންނަށް ނޭޭނގޭ ނަޝީދު އާ ބެހޭ ގޮތުން މާބޮޑު އެއްޗެއް
އަންހެން ގައި ޖަހާ އަންނި