ކޮރަޕްޓް ވަޒީރުން ހިމަނައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުލިބޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑެ) އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ވަރަށް ބޮޑަށް ރޭ ފާޑު ވިދާޅުވެއްޖެއެވެ.

ރައީސްގެ އުފަން ރަށް، ޅ. ހިންނަވަރުގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ފައްޔާޒް ރޭ ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވާދަކުރައްވައި ވެރިކަމުގެ ދެ ވަނަ ދައުރެއް އެމަނިކުފާނަށް ހޯއްދަވައިދެއްވަން ބޭނުންވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކަށަވަރު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައި ދެއްވާނެ ކަމަށް ފައްޔާޒް ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ނިންމަވައިގެން ހުންނެވި ގޮތެއް މިހާތަނަށް އިއުލާނެއް ނުކުރައްވައެވެ. އެކަމާ ގުޅޭ ގޮތުން އެމަނިކުފާނު އެންމެ ފަހުން ވިދާޅުވެފައި ވަނީ ފަސް އަހަރުގެ ދައުރަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދު ނުވާ ކަމަށާއި އެކަމާ ވިސްނަވާނީ ވައުދުތައް ފުއްދެވުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮންޑެ ކުރެއްވި ޓުވީޓެއް ވިދާޅުވީ އެންމެން ވެސް ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވަން ބޭނުންވާ ކަމަށެވެ. އެކަމަކު، ކޮރަޕްޓް ވަޒީރުން ލައިގެން ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލަންކާގައި ވެސް ދިމާވެގެން އުޅެނީ މި މައްސަލަ،" އަވަށްޓެރި ސްރީ ލަންކާ އަށް އިގްތިސާދީ ގޮތުން ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް އިޝާރާތް ކުރައްވައި ބޮންޑެ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ "ވިއޮން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ޕާޓީގެ މެމްބަރުން އެދޭ ނަމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މިގޮތަށް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދު ހޯދުމުގެ ކެމްޕޭންގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނިކޮށެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މިނިސްޓަރު ފައްޔާޒާއި އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއަކީ އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ސަރުކާރު ފެކްޝަންގައި ތިއްބެވި ދެ ބޭފުޅުންނެވެ.

މި އިންތިހާބުގައި ފައްޔާޒާ ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ. އިންތިއަކީ ނަޝީދު ފެކްޝަންގެ ބޭފުޅެކެވެ.

އިންތިޚާބުގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، އިންތިގެ ޓީމުން ދަނީ ފައްޔާޒަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވާ ވާހަކަތަކާއި، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ފައްޔާޒުގެ ޓީމުން ދަނީ މިހުރިހާ ވާހަކަތަކެއް ދޮގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ ތަނަކު ހުރި ބޮޓެއް

    4
    1
  2. އަޙްމަދު

    ކޮރަޕްޓް މީހުންފެންނާނެ 2008 ގެ ނޮވެމްބަރުން ފެށިގެ 7 ފެބް 2012 އައީ ހިސާބުގެ އޯޑީޓް ރިޕޯޓްތަށް ބަލާލީލާ! އޮޑިޓް ރިޕޯޓްތަށް ބަލާލައްޗޭ!!!

    12
  3. Anonymous

    އެންޑީޕީ ލީޑާޝިޕްގައި ގިނައީ ކޮރަޕްޓު ސިޔާސީ ވަފާތެރި ކެހިވެރިން !

    13
    1
  4. ފަގުޑި

    އެހެންތޭ، ދެން ކަލޭ އަވަހައް ޔާމީނުގެ އަސުރުމާ ޕާޓީގެ އުނގައް ވެއްޓިގަންނަންވީނު. ބޮގެންބޯ

  5. Anonymous

    ކަލޭމެންނަށް ރައީސް އިބޫގެ ސަރުކާރު ކަމުނުދަންޏާ، ކަލޭމެން ވަކި ޕާޓީއެއް ހަދައިގެން ނިކުމެ ވޯޓުން ކާމިޔާބު ހޯދަންވީ ނޫންތަ؟ ކަލޭމެންނަށް އެނގެނީ އަބަދު ހަޅޭލަވަން ދޯ. ކަލޭމެންނަށް ރައްޔިތުންގެ ތާއީދު އޮތިއްޔާ ކަލޭމެން ވަކި ޕާޓީއެއް ހަދައިގެން ނިކުމެ ވެރިކަމަށް ކުރިމަތިލާންވީ. ކަލޭމެން އެމްޑީޕީ މީހުންނަށް ކަމުދާ ސަރުކާރެއް މިވީހާ ތަނަކަށް މިރާއްޖެއަށް އުފަންވެފައެއްނެތެއްނު. ރައްޔިތުން ކަލޭމެންނަށް ވެރިކަން ދިނީމަވެސް އިސްތިއުފާދީފަ ފިލީ. ދެން ކާކު ކަލޭމެންނަށް ވެރިކަން ދޭނީ.

  6. ޣާބޯ

    ޙުޅުމާލެއިން ގޯތިބޭނުންވެގެން އުޅޭ އެދުންކޮއެއްތީ ރިޔާސީ ބަޔާން އިއްވި ދުހު ހުރި ހެވި ދިލިފަ ގޯއްޗާގެން މަރުވަނި

  7. ރަން ރީނދޫ

    މަޖިލިސް ގަވެސް ހުސް ކޮރަޕްޓް މެމްބަރުން ،ވަޒީރުކަމުގަވެސް ހަމަ އެކައްޗެއް.