އެމްޑީޕީގެ ހުރިހާ މެމްބަރުންނާ ދިމާލަށް، އެ ޕާޓީގެ މެމްބަރުން ވަގަށް ގޮވާތީ ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގެ ކެމްޕެއިން ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި އިންތިހާބު އެހާ ފޯރިގަދަވެފައިވާ ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ނުކުންނެވުމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިން މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުކުންނަވާތީއެވެ.

އިންތިހާބުގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، އިންތިގެ ޓީމުން ދަނީ ފައްޔާޒަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވާ ވާހަކަތަކާއި، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެކަމަކު، ފައްޔާޒްގެ ކެމްޕެއިން ޓީމުން އަންނަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. އަދި ވައްކަމާއި ކޮރަޕްޝަންގެ ކަމެއް އޮތް ނަމަ، ބެލުމަށް ތަކުރާރުކޮށް ދަނީ އެދެމުންނެވެ.

ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އަދި އިންތިގެ ފަޅީގައި ހުންނެވި އިސްމާއީލް ޒަރިޔަންދު ވަނީ ނުސީދާ ގޮތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ފާޑު ވިދާޅުވެފައެވެ.

ރާއްޖޭގައި އުފެދުނު މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޒަރިޔަންދު ވިދާޅުވީ މިއަދު "ތަށިމުއްޓާއި ބެޑްރޫމް ސެޓާއި އެސްއެމްއީ ލޯނާއި މަދު ފައިސާކޮޅަކަށް" ވޯޓް ވިއްކާލަން ތައްޔާރުވާ ނަމަ ވިސްނަން ޖެހޭ ކަމަށެވެ.

އަދި މާދަމާ އެ ވޯޓް ގަންނަ ފަރާތުން ތިބާއަށް ކުރި ހަރަދު އަނބުރާ ހޯދޭނީ އޭގެ އެތައް ސަތޭކަ ގުނައަކަށް ރައްޔިތުންގެ މުދަލާއި ފައިސާއިން ކޮރަޕްޝަން ހިންގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވާހަކަ އަށް ރައްދު ދެއްވައި ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީގެ ހުރިހާ މެމްބަރުންނަށް ވަގަށް ގޮވުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

ތިމާ ނުވަތަ ފެކްޝަންގެ މަދު މީހުން ނޫން އެހެން ހުރިހާ މެމްބަރުންނަށް ވަގަށް ގޮވުމަކީ އެއްވެސް ހާލެއްގައި މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

"މެމްބަރުން ކުރެން މާފަށް ވެސް އެދެން ޖެހޭ" ނިހާދު ވިދާޅުވިއެވެ.

ސިޔާސީ މަސްރަހު ބަދަލުވެފައިވާ ގޮތުން އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހާއި މަޖިލިހުގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދުގެ ފެކްޝަނެއް އުފެދި، އެއް ފެކްޝަންގެ މެމްބަރުންނާއި އަނެއް ފެކްޝަންގެ މެމްބަރުންނާ މެދުގައި ދަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.

މި ބަހުގެ ހަމަލާތަކުގައި އާންމުންނަށް ކުރިން ނޭނގޭ އާ ވާހަކަތަކެއް ދަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަސަންބެ

    ކަލޭ ހިތު ޖެހުނަސް ނުޖެހުނަސް ތީ ހަމަ ވަގުން. ކަލޭމެންނަށް ވަގުންނޭ ގޮވަނީ ވެސް ހަމަ ވަގުން.

    28
  2. ފަރުޙަތު

    ކޮންމެ މެންބަރަކީ ވެސް އޭގެ މީހެއް. ހިތުގައި ޖެހޭނެ ކަމެއް ނެތް

    30
  3. މުހައްމަދު

    ނިހާދެވެ. ކަލޭމެން އަމިއްލައަށް ކަލޭމެން ފަޟީހަތްވެ ބޭޒާރުވެ ނިމިއްޖެއެވެ. ދިވެހީންގެ ޞިއްޙަތު ރަނގަޅިއްޔާ ކަލޭމެންނަށް ނޫނެކޭ ބުނާނެއެވެ.

    38
  4. މުހައްމަދު އަހްމަދު

    މިރާއްޖޭގައި ތިބި އެންމެ ބޮޑު ޚިޔާނާތްތެރީންނަކީ، މަޖިލިސް މެންބަރުންނެވެ. މިރާއްޖެ ހަލާކާ ގެއްލުމުގެ ތެރެއަށް ވައްޓާލަނީ ތިޔަ މެންބަރުންނެވެ.

    36
  5. އަލީ އަހްމަދު

    ތިޔަކަމާ ހިތުގައި ޖެހޭނެ ކަމެއް ނެތެވެ. ވަގުންނަށް ގޮވަނީ ވެސް ހަމަ ވަގުންނެވެ. ފަޟީޙަތްވެ ބޭޒާރުވެ ކަލޭމެން ނިމިއްޖެއެވެ. އިރާދަކުރެއްވިއްޔާ ދެން ކަލޭމެންނަކަށް ތިޔަ މަޤާމަކަށް ނާދެވޭނެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ބައިމީހުންގެ ނުބައި ރޭވުންތަކުން މި ޤައުމު ސަލާމަތް ކުރައްވާން ދޭވެ. އާމީން

    40
  6. ރަން ރީނދޫ

    ކަލޭ ސޯލިހް ފެކްޝަނަށް ބަދަލުވީ ހަމަ ލިބުނު ޙަރާމް ފައިސާގެ ގިނަކަމުން. ބޮޑު ވަގު

    23
  7. ހުސޭނުބޭ

    ވަގުންނާ ދިމާލަށް ވަގަށްނުގޮވާ ދެން ކިއަންވީ ކީކޭތަ

    24
    1
  8. ހަސަނާ

    ޒަރިޔަންދު ވަކި ރުފިޔާ އެއް ބޭނުންނުވޭތަ

  9. އަލީ

    ގިނަމެންބަރުންނަކީ ވަގުން އަދިނިހާދަކީ އޭގެތެރެއިންވެސް ބޮޑުވަގެއް. އިންޑިއާސިފައިންނަށް މިގައުމު ވިއްކާލުމުގައިވާ.

    19
  10. ާައަހުމަދު

    އަޑުތަށް އިވޭގޮތުގަ މިކަހަލަ ބައެއް މެންބަރުން 30ކޭ އަށް ވެސް އޯކޭވެޔޯ، އެއީ ތެދެއްބާ؟

    16
  11. ޥަގުކަލޭ

    ޢަމިއްލައަށް އެކަކު އަނެކަކަށް ވައްކަންކަން ކޮށްފައި ވަގަށް ގޮވާފައި ރައްޔިތު މީހާ ކާރިއަށް އައިސް ހިތުގަ ޖެހޭނީ ހާދަ ނުލަފާ ވަގެއްވީމާތާ

  12. އަހަރުން ގޯތި ނިހާދު

    އަހަރުން ގޯތި ނިހާދު އެހެން މެންބަރުންނަށް ވަގަށް ގޮވި އިރު ޔޯ؟

    ރާ ފުޅިތަކާއެކު ކަލޭ އަތުލައިގަތޭ ބުންޏަސް ހުތް ހަލާކުވާނެ ދޯ. އެއީ މުރަށު އެންމެންނަށް ވެސް އެނގޭ ކަމެއް ގައިމު 🙄🙄