ހުޅުމާލޭގެ އެކި މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތަކަކީ ބައިނަލްއަގުވާމީ މިންގަނޑަށް ނުފެތޭ ބަންޕަރުތަކެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ބަންޕަރުތަކުގެ ކުލަ ފަނޑުވުމާއި ރޭގަނޑު ގަޑީގައި އެ ބަންޕަރުތައް ނުފެންނާތީ އެއްގަމު އުޅަނދު ދުއްވާ އެކިއެކި މީހުން އަބަދުވެސް ޝަކުވާ ކުރެއެވެ. އެ މައްސަލަ އަށް ހައްލު ގެނައުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ބަންޕަރުތަކާ ހެދި ހުޅުމާލޭގައި ބޮޑެތި އެކްސިޑެންޓުތަކެއް ހިނގައި ބައެއް މީހުންގެ ފުރާނަ ވެސް ގޮސްފައިވެއެވެ. އަދި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެސް ލިބިފައިވެއެވެ.

ބޮންޑެ "ވަގުތަށް" މިއަދު ވިދާޅުވީ ސްޕީޑް ބްރޭކަރުތައް ގަވާއިދަށް ނުފެތުމާ ގުޅިގެން ދާދި ފަހުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ނިޔާވެ، ދަރިޔަކު ޔަތީމުވެފައިވާ ކަމަށެވެ. ނަމަވެސް އަނދިރި މަގުތަކުގައި އަދިވެސް ކުލަ ފަނޑު ސްޕީޑް ބްރޭކަރުތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޯޑް ސޭފްޓީއާ ބެހޭ ގަވާއިދުތައް އެކުލަވާލާ، އެ ގަވާއިދުތަކާ އެއްގޮތަށް ބަހައްޓަން ޖެހޭ އެއްޗެއް ބަންޕަރުތަކަކީ. ނަމަވެސް މިހާރު މިހުރީ ބަންޕަރުތަކެއް ނޫން. މިއީ ދަންތުރައެއް." ބަންޕަރުތައް ހުރި ގޮތާއި ގުޅިގެން ފާޑު ވިދާޅުވަމުން ބޮންޑެ ވިދާޅުވިއެވެ.

މިގޮތުން ބޭރު ގައުމުތަކުގައި ވެސް ބަންޕަރުތަކާއި ސްޕީޑް ބުރޭކަރުތައް ހުންނާނީ މާ ދުރުން ފެންނަ ގޮތަށް ކަމަށާއި އަދި ދުައްވާ އުޅަނދުގެ ކުރިމަތީ ލައިޓް ދިއްލާލުމުން ބަންޕަރުތައް ރީއްޗަށް ފެންނަ ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.

މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

"މިކަމުގައި ޒިންމާވާން ޖެހޭ ފަރާތް އެޗްޑީސީ ޒިންމާ ނަގަން އެބަޖެހޭ. ދުނިޔޭގެ އެހެން ތަންތަނުގައި މިކަމަށް ހާއްސަ ގަވާއިދެއް ހުންނާނެ. ދުރުން ވެހިކަލް އަންނައިރު ހެޑްލައިޓު ޖައްސާލީމާ އަނދިރި ތަންތަނުން ދިއްލެން ޖެހޭނެ." ބަންޕަރުތައް ގަވާއިދަށް ނުފެތޭތީ ކަންބޮޑުވުން ފާޅު ކުރައްވަމުން ބޮންޑެ ވިދާޅުވިއެވެ.

ބަންޕަރުތަކުގައި ހުންނަން ވާނީ ހާއްސަ ކުލައެއްލާ، މާ ދުރުން އެ ބަންޕަރުތައް ފާހަގަވާ ގޮތަށްކަން ފާހަގަ ކުރައްވަމުން ބޮންޑޭ ވިދާޅުވީ އެފަދަ ކަންކަމާ ގުޅިގެން ތަކުރާރުކޮށް ހިތާމަވެރި ހާދިސާތައް ހިނގަމުންދާއިރު އިދާރާތަކުން އެކަށިގެންވާ ފިޔަވަޅުތައް ނާޅާ ކަމަށެވެ.

"ތަކުރާރުކޮށް ވެއްޓިފައި މަރުވަމުންދާއިރު އަޅުގަނޑުގެ ސުވާލަކީ ކޮބައިހޭ ސަރުކާރު؟ ސަރުކާރު ޖަވާބު ދާރީ ކުރަން އޮތް މަޖިލީސް ވެސް އޮތީ ހިސޯރު ކުރެވިފައި. ކޮބައިހޭ މާލޭ ސިޓީ ކައުންސިލް އަދި އެޗްޑީސީ؟ ބަންޕަރުތައް ރަނގަޅު ކުރަން އެބަޖެހޭ" ބޮންޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބޮންޑޭ

    ތީހަމަ ރަނގަޅުވާހަކައެއް

    32
    2
  2. މެދޭ

    މީނާ މީ ރައްޔިތުންނަށް ޖެހިފަހުރި ބަމްޕަރެއް

    12
    3
  3. އިއްބެ

    އެޗްޑީސީއިން ޒިންމާ ނަގާ އެއްވެސް ކަމެއް އޮވޭތަ؟

    10
  4. ޢަލިފް

    މިއަދު ދަންތުރަތަކަކައްވެސް ވެއްޖެ...ކީކޭ ބުނާނީ..މި އޮތްހާ ދުވަހު ބަންޕަރު....ވޯޓު ކައިރި ވެއްޖެ..މަވެސް ތި ބަންޕަރު މަތިން ދުއްވަން..އަދި އިންޝާﷲ ނުވެއްޓޭ..

    10
    1
  5. ބަންބަން

    ބަންޕަރުގެ އާދައަކީ މާކުރީގެ ބޯދާ ކަމެއް މިހާރު ބަންޕަރު ބޭނުމެއް ނުކުރޭ އެއީ ސިއްހަތަށާއި ފުރާނައަށް ހުރި ނުރައްކަލެއް

  6. ސޫއޫދު

    ކޮއްމެ ވެރިއަކުހެދިއަސް ދައުލަތުގެ ހަރަދުގަ ހަދަނީ ރައްޔިތުންގެ ޓެކުސްލާރިން ހިނގަމުދާސަރުކާރެއްގެ ނުކުޅެދޭކަން ކުފޫހަމަނުވާކަންވެއިރިއެއްގެ އެގޭނީއެގައު މެއްގެ މަގުމަތިން ގާނޫނާގަވާއިދުތައް ހުޅުމާލެއީން ފެއްނާނެ އެހުރިހާކަމެއް ހުޅުމާލެ ފޭސްޓޫ ތާރު އެޅި މަގުތަކުގަ ތާރުގަނޑު ހަލާކުވެ 40 ފޫޓް ބިޔަގަސް ތަކެއް ހެދިފަ މީއަދިރައްޔިތުން ބޭނުން ނުކުރާމަގުތަކެއް އެޗްޑީސާއިން ބަންދުކޮއްފައޮތީ މާލެ އަތޮޅު އިއްޒައްތެރި މެންބަރުން މަޖުލީސްހުރިހާ މެންބަރުން ވެސް ޒިއްމާވާންޖެހޭ ސަރުކާރު ޖަވާބުދާރީ ނުކުރެވުނީމަ ހުޅުމާލެ ހެދުމައް ލޯންނެގީ މުޅި ދިވެހި ރައްޔިތުން ހިމެނޭގޮތައް ސަރުކާރުން ސަރުކާރު ވެރިންއުޅެނީ ކޮވިޑް ވިއްކާގެން ވެރިކަމުގަ ދެމިތިބެވޭތޯ ރޯލާފަވެސް ކުދި ކުދި ޕުރޮޖެކްޓްތައް ހިންގާ ހިސާބުއަދަދު މަތިވޭތޯ ލިސްޓެއްގެ

  7. ނިއުމަލާ

    ފޭސް އެކަކުން ފޭސްދޭކަށް ދާމަގުތަކުގައި ރޭވެސް ލައިޓެއްނުދިއްލޭ (ބުރިޖުން ފޭސްދޭކަށް ވަދެގެންދާ މަގުގައި) ހައިބީމު ޖައްސައިގެން ވެސް ދުއްވަން ވަރަށް އުދާގޫ/ އަނެއްކޮޅުން ބައެއް ބަންޕަރުތައް ދުވާލުވެސް ކުލަމަޑުކަމުން ނުފެނޭ އަލަށް ހުޅުމާލޭ މަގެއްގައި ދުއްވާމީހަކަށް ދެރަގޮތެއްވެސް ވެދާނެ. ބައެއް ބަންޕަރުތައް ކާރީގައި ލައިޓެއްވެސް ނުހުރޭ/ ސައިކަލު ތަކުގައި ސައިޑުލައިޓު ވެސް ބަރާބަރަށް މަސައްކަތް ނުކުރޭ،ބުރިޖުމަތިން މިފަދަ އުޅަދު ދުއްވާކަން ފާހަގަވޭ މަޠްލަބަކީ ޓްރެޕިކް ގަވާއިދު ފުޑުއަރުވާމީހުން ގިނައޭ މީހަކަށް ކަމެއްވީމަށް އެކަމަކަށް އެޓެންޑުވާތަން މިފެންނަނީ

  8. ލަތީފް

    ބައިނަލް އަގުވާމީ މިންގަނޑައްފެތޭ އެންމެ އެއްޗެއް މިގައުމުގަ ހުރީ އެއީ މުރައިދޫ ގޭގަ ވަރުވަރުން ސެކިއުރިޓީން ހަމަ ޖައްސާފަ ހުރި ކަލޭމެންގެ ލާދީނީ އައްޕަ ސާފުވެއްޖެ ދޯ

    10
    1
    • ބޮންޑެގެ އައްޕަ

      މިނޫނީ މިތާނެތް އޮއްޓަރެއް ހުރި ކޮމެންޓެއް ކުރެވިފަ..ސަތޭކައިގެ ތެދުވާހަކައެއް..

  9. އިންޑިޔާ އައުޓު

    ހުޅުމާލޭ އަކީ ދިވެހ ސަރުކާރުން ިިހިންގާ ރަށެއްނޫން އެހެންނަމަތާ ގާނޫނު އަސާސީ ގައިއޮެްނަގޮތައްބަންޕަރުތައްހުންނަންޖެހޭނީ ބޮންޑެގެސިކުނޑި ހުރީރަނގަޅަށްތޯބަލަންވެއްޖެ ހުޅުމާލޭ އަކީ އެޗްޑީސީން ވިޔަފާރީއުސޫލުން ހިންގާރިސޯޓެއް

  10. Anonymous

    މާލޭމާގުތަކުގަވެސް ބޮޑެތިވަޅުގަޑުތައްހެދިފަ ކޮބާ މުއިއްޒު

    1
    10
    • މުދިމު

      މުއިއްޒުވީ ކަލޭމެގޭ ގިފިލިތެރޭ...ވަދެ ހޯދާ

  11. ވަގުންގެސާރކާރު

    ދެން ތީ ރައްޔިތު މީހާގެ މައްސަލަތަ. ވެރިކަން ކުރަނީ ކަލޭމެން. މަޖިލިސް، ކޯޓު ދައުލަތުގެ މިލިޓަރީ އަދި އިންޑިއާވެސް އޮތީ ކަލޭމެން އަތުގައި. ކަންކުރަންވީ ނުން ވާހަކަ ގިނަ ނުކޮށް.

  12. ދޮން ތުއްތު

    ދަރިފުޅާ ! 2 ދައުރު ދިނީމަވެސް ތިމާގެ އަމިއްލަ ދާއިރާގެ މީހުންނަށް ކޮށްދިން ކަމެއް އަދި ކޮށްދެވޭ ކަމެއް ނެތި އެހެން މީހުން ކަންކުރަންވީގޮތް ކިއައިދޭން ލަދުގަންނަން ޖެހޭނެދޯ ؟ ބިއްލޫރި ގޭގޭގައި ތިބި އެހެން މީހުންނަށް ގައު ނުއަކާ ހުށިކަމެވެ.

  13. ރާއްޖެ

    ކޮންމެ މީހަކު ބުންޏަސް މިއީ ރަގަޅު ވާހަކައެއް. މި ޢެޗްޑީސީ މިއީ ސަރުކާރަށް ވުރެ މަތިން ހިނގާ ތަނެއް. މިތަން ޒިންމާ ދާރު ކުރެވޭނެ އެހެން އިދާރާއެއް ނެތް. ސުހައިލު މިއީ ވަކި ސަރުކާރެއް.