އޭޑީކޭ ހޮސްޕިޓަލުގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ފުޅާ ވެގެން ގޮސް މާލޭގެ ބައެއް އިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާ ވެސް މީގެ ކުރިން ވަނީ ހަރުކޮށްފައެވެ. ނަމަވެސް ފުލުހުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ހުރިހާ ބެނާތަކެއް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ފާރުގައި އިންޑިއާ އައުޓް ޖަހާފައިރު، އެކަން ކޮށްފައިވަނީ ކޮންބައެއްކަން އަދި ސާފުވެފައެއް ނުވެއެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

އެގޮތުން ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު އައްފާލް "ވަގުތަށް" ވިދާޅުވީ، އެފަދަ ކަންކަމަކީ ހޮސްޕިޓަލުން އެއްވެސް ގޮތެއްގައި ތަރުހީބުދޭ ކަމެއް ނޫން ކަމަށާއި ހޮސްޕިޓަލަކީ ބަލި މީހުންނަށް ފަރުވާދޭ ތަނެއް ކަމަށެވެ. އެހެން ކަމުން ފާރުގައި އެފަދަ އެއްޗެއް ލިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އައްފާލް ވިދާޅުވިއެވެ.

"މިއީ ބަލި މީހުންނަށް ބޭސް ކުރާ ތަނެއް. މިއީ ދުވަހަކު ވެސް އެގޮތަށް އިޝްތިހާރެއް ނުވަތަ ޝިޔާރެއް ފާރުގައި ލިޔާ ހޮސްޕިޓަލެއް ނޫން." އައްފާލް ވިދާޅުވިއެވެ.

އައްފާލް އިތުރަށް ވިދާޅުވީ، އެފަދަ ސިޔާސީ ކަންތައްތައް ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ ފާރުގައި ލިޔުމަކީ ދިވެހިން ވަރަށް ދަށު ދަރަޖަޔަކަށް ވެއްޓޭ ފަދަ އަމަލެއް ކަމަށާއި އެކަން ކޮށްފައިވާ ބަޔަކު ހޯދަން ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް. އަދި މިހާރު މި މައްސަލަ ވާނީ ފުލުހުންނަށް ވެސް ހުށަހަޅާފައި" އައްފާލް ވިދާޅުވިއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެ ހަރަކާތަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ގަރާރަކުން ކަނޑައަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހައްގުބަސް

    ޖަހާނެ، އަދި ގައުމަށް ގައްދާރުވި ހުރިހާމީހުންގެ ނިއްކުރީގަވެސް އިންޑިއާ އައުޓު ޖަހައިގެން ގަންހިންގަންޖެހޭނެ، އެދުވަސް މާދުރަކުނެތް އިންޝާﷲ ،

    46
    5
    • ޢަހުމަދުވަގާރު

      ކޮން އިރަކުން. ﷲ ވޮޑިގެން ވަނީ އަހަރެމެންނާ އެކު. ކަލޭމެންނަކާ އެކު އެއްނޫން

  2. ލޮލް

    ހޫނ، އަދި އެގޮތަށް ތަންތާ ލިޔަމުންގޮސް އިންޑިޔާ އައުޓު ޖަހާނެ އިންޑިޔާ ސަފީރުގެ ބުރިކަށިފުޅި މަތީގަވެސް. އެދުވަސް އޮތީ ދެން މާދުރަކުނޫން ކަންނޭނގެ. ހިނގާ ބަލަމާ!

    42
    3
  3. ތޯލާސޯލާ

    އިންޑިއާ ކަހަލަ ދުނިޔޭގެ ގަދަބާރަކަށް ތިޔަހެން ގޮންޖަހައިގެން އަދި ހިތުހުތިހާގޮތަކަށް ޢަމަލުކޮށް އިންޑިޔާގެ އަގުވެއްޓުމަކީ ކުރެވިގެން ވާނެކަމެއްނޫން. މިރާއްޖެއަކީ އިންޑިއާއަށް ހަމަ ޕީނަޓެއް. މިރާއްޖޭގެ އާބާދީވެސް އިންޑިއާގެ ވިލެޖެއްގެ އާބާދިއަށްވުރެ 50 ގުނަކުޑަ. އިންޑިއާ އައުޓް ވިއްކައިގެން ވެރިކަމަށް އާދެވޭނެކަމަށް ހީފުޅުވުމަކީ ވަރަށްބޮޑު ގޯހެއް. 2023ގަ ރައްޔިތުންނަށް ވިއްކޭނެ ރަގަޅު މެނިފެސްޓޯއެއް އެކަށައަޅައިގެން ކުރިޔަށްދިއުން ބުއްދިވެރިވާނެ.

    10
    56
    • Anonymous

      މާތްﷲ ގެ ކުޅަދުންވަންތަކަން ވަނީ އިންޑިއާއާއި އެމެރިކާއަށްވުރެ ވެސް މަތީގައިކަން ނޭނގުނީތަ؟ އިންޑިއާ ބަލިކަށި ކުރެއްވުން އެދި ﷲ ގެ ޙަޟުރަތަށް ދުޢާކުރަންވީ.

    • ލޮލް

      ތި ޖޯކު އެހާ އެހާއެއްނޫން. ނެކްސްޓް ޖޯކް ޕްލީޒް.

    • Anonymous

      ތިކަހަލަ ޣައްދާރުންނަކީ އަބަދުވެސްމަދު ފައިސާ ކޮޅަކަށް ވިކޭ ބައެއް.

    • Anonymous

      ތިވާހަކަ ދެއްކުން އެންމެ އައުލާކަންބޮޑީ މިހާރުވެރިއަކަށް ހުރިމީހާ ކަންފަތްބުޑުގަ

  4. Anonymous

    ޔާމީނުގެ ބުއްދިވަނީ ހަމައިންނެއްޓި މީހާ ދުނިޏެއިން މޮޔަވެފަ

  5. ޏަމްޏަމް

    އައްފާލަށް ނޯންނާނެ ކުއްވެރިކުރުން ނޫން އެހެންގޮތެއް. އާސަންދައިން 950 މިލިއަން އަހަރަކު ދަމާލާ ތަނެއް ތި ހިސްޕިޓަލްތީ..އަވައްޓެރި އިންޑިއާ ފިޔަވައި އާސަންދަ ބަޖެޓް އޮހެމުންދާ ތަނަކީ ތިތަން. އިޖްތިމާޢީ ތިލަފަތް އޮތީ މަހުޖަނުންނާއި ވީކޮޅަށް ދިމާ އަރިއަށް.

  6. ޤިލާ

    އައްފާލަށް ނޯންނާނެ ކުއްވެރިކުރުން ނޫން އެހެންގޮތެއް. އާސަންދައިން 950 މިލިއަން އަހަރަކު ދަމާލާ ތަނެއް ތި ހިސްޕިޓަލްތީ..އަވައްޓެރި އިންޑިއާ ފިޔަވައި އާސަންދަ ބަޖެޓް އޮހެމުންދާ ތަނަކީ ތިތަން. އިޖްތިމާޢީ ތިލަފަތް އޮތީ މަހުޖަނުންނާއި ވީކޮޅަށް ދިމާ އަރިއަށް.

  7. ގަމަރު

    ކަލޭމެން ހިލޭތަ ފަރުވާދެނީ ކުރާސަރެގެބޮޑުކަމުން ދޯ 50 އަހަރަ ކުއްޔަނަގައިގެން އެހާމެއަގުބޮނޑު

  8. ނާދިރާ

    އާސަންދައިގެ %99 ކާލި ތަނެއްގެ ފާރުތައް ފުރާލާ.....

  9. ފަރުޙަތު

    ތޯލާސޯލާއެވެ. ކިތަންމެ ޤައުމު ކުޑަ ވެފައި މީސްކޮޅު މަދު ވިޔަސް އެބައެއްގެ ދީނާއި މިނިވަން ކަމަށްޓަކައި މަސައްކަތް ކުރުމަކީ ދީނީ ވާޖިބެކެވެ. އިންޑިޔާ ބޮޑުވެފައި އާބާދީ ގިނަވުމަކީ، އެމީހުންގެ އަޅުންނަށް އަޅުގަނޑުމެން ވާންޖެހޭ ކަމެއް ނޫނެވެ. ދުނިޔޭގެ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރު ޕޯޗްގީޒުން އަތުން ރާއްޖެ ސަލާމަތް ކުރީ ވެސް ދިވެހީންނެވެ. އިންޑިއާގެ މަލާބަރިން އަތުން ރާއްޖެ ސަލާމަތް ކުރީ ވެސް ދިވެހީންނެވެ. އުތީމު ދަރިކޮޅުން އެކަނި ވެސް 15 ފަހަރަށް ވުރެ ގިނައިން ޕޯޗްގީޒުންނާއި އިންޑިއާގެ މަލާބާރިން ބަލި ކުރިއެވެ. ރައީސް ޔާމީނު ޗައިނާއަށް މި ޤައުމު ވިއްކަން އުޅުމަކީ ވެސް ގޯހެކެވެ. މިހާރުގެ ސަރުކާރުން އިންޑިއާއަށް މި ޤައުމު ވިއްކަން އުޅުމަކީ، ވެސް ގޯހެކެވެ.

  10. ހަސަންބެ

    ތޯލާ ސޯލާއަށް ކަލޭ ނޫނަސް ރާއްޖޭގައި ޚާއިނުން އުފެދި ރާއްޖެއަށް އެތައް ގެއްލުމެއް ދީފައިވެއެވެ. ކަލޭމެން ކަހަލަ ޚާއިނުންގެ ވަކިތަކުން އިސްލާމް ދީނާއި ޤައުމު ސަލާމަތްކުރި އެތަކެއް ބަޠަލުން އުފެދި އިސްލާމް ދީނާއި ޤައުމު ސަލާމަތްކޮށްފައިވެއެވެ. ރައީސް ޔާމީން ގޯސް ވުމަކީ، އިންޑިއާއަށް މި ޤައުމު އަޅުވެތިވާންޖެހޭ ކަމެއް ނޫނެވެ.

  11. ހަސަންބެ

    ޕޯޗްގީޒުންނާއި، އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް މި ޤައުމު ދިޔައީ ވެރިކަން ހޯދުމާއި، ދެމެހެއްޓުމުގެ ބޭނުމުގައި ދިވެހީންގެ ތެރެއިން ޣައްދާރުވި ޚާއިނުންގެ ސަބަބުންނެވެ. އެގޮތުން ހިލާލީ ދަރިކޮޅުގެ ކަޅު މުހައްމަދު ރަސްގެފާނާއި، އެ ދަރިކޮޅުގެ 9 ވަނަ ޙަސަން ރަސްގެފާނާއި، ދިޔަމިގިލީ ދަރިކޮޅުގެ ދުވަސްވަރު އަލްޤާޒީ މުހައްމަދު ޝަމްސުއްދީނާއި އަހްމަދު މުހިޔިއްދީން ފާހަގަކޮށްލެވެއެވެ.

  12. ރާއްޖެތެރެ

    ސިޔާސީ މީހުން އިންޑިޔާއިން ގަނެލީ. ރައްޖެ ސަލާމައްކުރަން ދިވެހިން ތެދުވާނެ އިންޝާﷲ

  13. ކިޔުންތެރިޔާ

    ތޯލާސޯލާ...ކަލޭ ހަމަތަބުރޯ ނޫނީ ހިއްޕަވާގެންތަ ތި ހުންންނީ އަޅެމިގައުމުގެ ދަރިންތަކެއް ނުކުމެ ޕޯޗުގީޒުންގެ އަިދަށުންވެސް މިގައުމު ސަލާމައިކުރީ އިންޑިޔާ އަކީ ކޯންޗެން އެމީހުންނާބަލާ މިތިބީ މިދީނައްޓަކާ މިވަތަނައްޓަކާ ގުރުބާންވާ ތައްޔާރަށް ކަލޭ ކަހަލަ މަދު ފިޑިމީހުންގެ ސަބަބުން ދިވެހިން ލަދުގައްނައް ޖެހައިނީ