އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ގޭގެއަށް ކެމްޕޭނަށް ދަތުރު ކުރާއިރު ޖިންސު ލައިގެން އުޅުއްވާތީ އެކަމާއި ގުޅިގެން އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކަތައް ފައްޔާޒްގެ ޓީމުން ކުށްވެރިކޮށްފިއެވެ.

ބޮންޑޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިލަވެ ހަރުއަރާފައިވާ ޖިންސެއްލައިގެން އަބަދު އުޅުމަކީ އަދި ގޭބިސީތަކަށް ވަނުމަކީ އެމްޑީޕީ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"މަޖިލީހުގެ ކޮމިޓީތަކަށް ޖިންސާއި ޓީޝާޓު ލައިގެން އަނގަފުރެންދެން ފޯއް އަޅައިގެން ވަނުމާ ދެކޮޅަށް ފާޑު ކިޔާ އެކަން ވެސް ވާނީ މިހާރު ހުއްޓުވާފައި. ދައުލަތު އިސްމަގާމުތަކުގައި ތިބޭ މީހުން ނަމޫނާ ވާންޖެހޭނެ." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑެގެ މި ޓްވީޓާއި ގުޅިގެން ފައްޔާޒްގެ ކެމްޕޭން ޓީމުން ބުނީ، ވާދަވެރި ކެންޑިޑޭޓްގެ ކެމްޕޭން ޓީމްގެ މެންބަރުން އެމްޑީޕީ ހިންގާލަން ކެންޑިޑޭޓަށް ފުރައްސާރަ ކުރުން ކުށްވެރި ކުރާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވުއެވެ.

އެ އިންތިހާމާއި ދިމާކޮށް އެމްޑީޕީ ދެކަފިވެފައިވާއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ.

މިގޮތަށް މިކަން ވެފައިވަނީ ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ އިންތިހާބަށް ދެ ރައީސުންގެ މެދުގައި ވާދަވެރިކަން އުފެދިފައިވަނިކޮށް، އެޕާޓީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ދެ ރައީސުން ވެސް ކެނޑިޑޭޓުން ނެރުއްވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފް

    ބޮންޑެ ކަލެއަށް ލިވައިސް ޖިންސް އެނގޭތަ؟ ލިވައިސް އެއީ ކޯޗެއްކަން ކަލޭ ފުރަތަމަ ދަސްކުރަން ޖެހޭ.

    21
    3
  2. 4ކަސިމަތި

    ތިއެއްމެވެސް ވަރަށް މުޑުދާރުކޮން ތިބެނީ އަބަދުވެސް އެކަމަކު ވަރަށް ހިނިއާސް ތިބެނީ މަކަރުމަޅިތަކެތީ

  3. ބިންގޯ

    ބޮންޑޭ ވަރަށް ދެރަވޭ ދޯ. ފަޔާ ކާމިޔާބު ކުރާނެކަން ޔަގީން ވާތި. އިންތިއަކީ ވަރަށް ކިބުރުވެރި މީހެއް. ބޮންޑޭ ކަލޭވެސް ވަގުވަގަށް ފަޔާއަށް ވޯޓްދީ.

    4
    1
  4. ސޯބެ

    އިއްޒައްތެރި މެންބަރުން މިކަހަލަ ހަރުދަނާވާހަކަ ދައްކާތީ އަހަރުމެން ބަލާގަންނަނީ މިހުންނަށް މަލާމަތްކުރުން އަހަރުންނަށް މިދަސްކޮށްދެނީ ސާބަހޭ އިއްޒައްތެރި ބަރަކާތާތުން ފުރިފަވާ މަޖިލިސް މެންބަރުންނަށް