ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވެސް ވޯޓު ފޮށި ހުންނަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގިނަ ރިސޯޓުތަކުން ވޯޓު ފޮށި ބަހައްޓަން ބޭނުން ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ވިދާޅުވެފައެވެ. ވޯޓު ފޮށި ބެހެއްޓުމަށް މިފަހަރު ނިންމާފައިވަނީ 100 މީހުންނަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާ ރިސޯޓުތަކުގައެވެ.

މިކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރިސޯޓް ހަދާފައި ހުންނަނީ ބަންޑާރަ ބިމުގައި ކަމަށާއި ކޮންމެ އިރެއްގައި ވެސް އެ ތަންތަނުގައި ދައުލަތުގެ މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބަހަނާ ދެއްކުން ހުއްޓާލުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާން ކުރީ އެންމެ ހަތް ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން އެ ކޮމިޝަނުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާތީ އުފެދުނު ކަންބޮޑުވުންތަކާއެކު އެކަން ރިވައިޒްކޮށް 100 މީހުން ހަމަވާ ރިސޯޓުތަކުގައި ފޮށި ބަހައްޓަން ކަނޑައަޅާ ފަހުން ކުރި މުއާމަލާތުން ބައެއް ރިސޯޓްތަކުން ވޯޓު ފޮށިތައް ބަހައްޓަން ބޭނުން ނުވާކަން އެނގުނު ކަމަށެވެ. އަދި އަނެއް ބައި ރިސޯޓްތަކުން ބުނީ، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވޯޓު ލާން ދާނީ ކައިރި ރަށްތަކަމަށް ޝަރީފް ވިދާޅުވިއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި 43 ވޯޓު ފޮށި ބެހެއްޓި ނަމަވެސް މިފަހަރުގެ އިންތިހާބުގައި ވޯޓޫ ފޮށި ބަހައްޓާނީ 36 ރިސޯޓުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޢަލީ

    ހުންނަންޖެހުނަސް އެރަށްރަށުން ބަހައްޓަން ބޭނުން ނުވަންޏާ ކިހިނެތް ބެހެއްޓޭނީ. މޮޔަބޭ

  2. ޟަޜީ

    މީނަޔައް ހީވާކަހަލަ މީނަޔަކީ އަދިވެސް ރާއްޖޭގެ ރައީސްއޭ.

  3. އދ

    ނަޝީދަކަށް ނޭންގޭނެ ވޯޓްފޮށި ބަހައްޓާނެ ތަންތަނެއް

  4. ކެންދޫ ހުސޭން

    މީނަ ހަމަ ބުނީ އެކަން ކުރަބންވީ. ބަލަގަ ކަލޭ ތީ ކާކު މި ރާއްޖޭގެ ކަންކަން ކުރާނެ ގޮތް ކިޔައިދޭން. ދޭބަލަ ގަންޖާ ކިލޯއެއް ބޮއިގެން މޮޔަވާން.

  5. ނަސީމު

    ކެނެރީވަގު ކަލޭ ދޭބަލަ ބޮޑުކާފަރުއްނާ އެކު އީޔޫ ގައި ވޯޓުފޮށި ބަހައްޓަށް އަދި އެފޮށިތަށް ފުރެއްދެން ބަނގުރާ އަޅައި ފުރާފަ ފޮށިތަކުގައި ދޫލަ ދޫލައި ހުރޭ

  6. ޑިމޮކްރަޓިސްޓް

    ކަލެޔަށް އިއްވާފައޮތް ހުކުމް ތަންފީޒުކުރަން ކަލޭ ޖަލުގަވެސް އޮންނަންޖެހޭ! އެކަން އެބަވޭތަ؟

  7. ދވޔ

    ރައީސް ނަޝީދު މި ފަހަރު ވިދާޅުވި ވާހަކައަށް ތާއީދުކުރަން. ރިސޯޓް ހިންގާ މީހުންނަށް ހީވަނީ އެހެން ގައުމެއްގެ ރަށްތަކެއް ހެން.

  8. ސަލީމު

    ޢެއްކަލަ ސޮޑު އަގަފެޅީ އަހަރުންނަށް އެގޭ ކަލޭ އަދިދުނިޔޭގަ އެބައުޅޭކަން ކޮބާތަ އެއާޕޯޓް ވިއްކާލި ލާރި ތައް އެކަމައްޖަވާބެއް ދީބަލަ

  9. ދައިތަ

    މީއަދީހާދަބޮޑޭ ހެދިގެން އުޅޭމީހެއް ކަލޭތަސަރުކާރު ހިންގަނީ ކުރަންޖެހޭކަންތައް ކިޔާދޭން

  10. ދިވެއްސެއް

    ކަލޭތަ ހަރަދު ކުރަނީ އަނގަ ފޭ ކޮށްފަ ބުނާއިރު؟

  11. ކއކ

    ކަލޯ ފޮށޭދޮށުގޭވެސް ވާނެ ވޯޓު ފޮޓެއް ބަހަށްޓަން

  12. ާއަލީ

    ކަޅުކާޅެކޭ މީނައެކޭ އެއްވަރު އަބަދު ގޮވަގޮވަ ރާއްޖެއާކަލެއާ ކީކީ

  13. ފުތާބެއްޔާ

    ހުރިހާ ކުއްވެރިން ޖަލުގަ ހުންނަން ޖެހޭނީ

  14. މުހައްމަދު

    ކަލޭ ތީ ދެން ކާކު؟ ޖާހިލު މީހާ ގަނޑު!

  15. ާރަށުމީހާ

    ގޮތްކިޔަން ކަލޭތީ މިހާރު ކާކު.ރަނގަޅުވާނީ އުނަގަނޑުގަތަދުފޮތި އަޅައިގެން އޮތިއްޔާ

  16. ާރަށުމީހާ

    ގޮތްކިޔަން ކަލޭތީ މިހާރު ކާކު.ރަނގަޅުވާނީ އުނަގަނޑުގަތަދުފޮތި އަޅައިގެން އޮތިއްޔާ.ތުއްތުނާ

  17. މަސްކަނޑާ ޢަލީ ޙުސައިން

    ކަލެއަށް މިރާއްޖޭގެ ތިފަދަ ކަންކަމާބެހޭ ގޮތުން އެއްޗެއް ނުބުނެވޭނެ ތިއީ ގައިދީއެއް

  18. ސާއްބެ

    ކިހާބޮޑުވެއްޖެކަމެއް ކަލެއަކާ މިކަމަކާ ކޮންކަމެއް ކަލޭ ބުނާހާތާކު ނުޖެހޭ ވޯޓްފޮށި ބަހައްޓާކަށް ކަލޭ ދެފައި ދެގޯޅީގައި ވޯޓްފޮއްޓެއް ބަހަޢްޓަންވީނު އިގެރޭސިވިލާތު މީހުން ވޯޓްލާން

  19. އަންނި ގުނބޯ

    މިރާއްޖޭގައި ވޯޓްފޮށި ބަހައްޓާނެ ތަން އެނގޭނީ މިރާއްޖޭ މީހުންނަށް އިގެރޭސިންނާ މިކަމަކާ ނުބެހެވޭނެ މީ ދިވެހިރާއްޖެ އަނެއް ދިވެހިރާއްޖެ އެއްނޫން. ތިޔަ ބޭފުޅާ ވޯޓްލާން ތިތާގަ ފާހާނަ ތައްޓެއް ބަހައްޓައިގެން ބޮއިގެން ނަށާފަ ވޯޓްލާ