ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުނިކޮށްފައި އެއްލާލާ ބަތްސުވާގައި ހިފުން ކަމަށާއި އެނޫން ގޮތެއް އެމަނިކުފާނަށް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަނެއް ހޮވަން ބޭއްވި އިންތިޚާބަށް އިޝާރަތްކޮށް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިންތިޚާބު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އަކަށް ނުގެއްލޭ ކަމަށެވެ. ޖަމީލް ވިދާޅުވީ އިންތިޚާބުން ފެނުނީ "ބޭރުގެ" ތާއިދު ވެސް ނަޝީދަށް ނެތް މަންޒަރެވެ. "އެއީ ނަޝީދާއި ސޯލިހް ބޭރުގެ ބާރުގެ ކުރިމަތީގައި ކުޑަކަކޫޖަހައި ސިޔާސަތުގައި އެމީހުންގެ އިތުބާރުވެސް ނަޝީދަށް ނެތުމުގެ ނަތީޖާ. މިފަހަރު ކާމިޔާބުވިނަމަ ނަޝީދު ފެންނާނީ ޖަލުން. ނަޝީދަށް އޮތީ ޞާލިޙް ކުނިކޮށްފައި އެއްލާލާ ބައްސުވާކޮޅު ހިފުން." ޖަމީލް ވިދާޅުވިއެވެ.
އެމްޑީޕީގެ އިންތިޚާބު އިންތިއަކަށް ނުގެއްލޭ.އެއީ ނަޝީދާއި ޞާލިޙް ބޭރުގެ ބާރުގެ ކުަރިމަތީގައި ކުޑަކަކޫޖަހައި ސިޔާސަތުގައި އެމީހުންގެ އިތުބާރުވެސް ނަޝީދަށް ނެތުމުގެ ނަތީޖާ.މިފަހަރު ކާމިޔާބުވިނަމަނަޝީދު ފެންނާނީ ޖަލުން.ނަޝީދަށް އޮތީ ޞާލިޙް ކުނިކޮށްފައި އެއްލާލާ ބައްސުވާކޮޅު ހިފުން. pic.twitter.com/G8OpAn1YT1
— Mohamed Jameel Ahmed (@MJameelAhmed) May 18, 2022
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގައި ނަޝީދު ތާއިދު ކުރެއްވީ އިންތިއަށެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހްގެ ތާއީދާއިއެކު އިންތިޚާބުގައި ވާދަކުރެއްވި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލެވެ.
އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ނަޝީދު ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ހޫނު ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައެވެ. ނަމަވެސް އިންތިޚާބަށް ފަހު ނަޝީދު ވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެ ފައްޔާޒްގެ ޗެއާޕާސަން ކަމުގައި އެމްޑީޕީން ކާމިޔާބީތައް ހޯދާނެ ކަމަށް ވިދާޅުވެފައެވެ.
ޗެއާޕާސަންގެ އިންތިޚާބު ކެމްޕޭން ފެށިފަހުން ނަޝީދު ރައީސް ސޯލިހަށް ވެސް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ.
ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް "ދެފެކްޝަން" ފެނިގެން ދިޔަ ނަމަވެސް އިންތިޚާބަށް ފަހު އަދި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދެމުންދާ މަންޒަރެއް ނުފެނެއެވެ.
ޑރ. ޖަމީލު ފުރަތަމަ ނަޝީދު ބަތްސުވާ ކެއީ، މާފަހުން ޞަލިހް އަށް ލިބުނީ.ހެހެެހެ
އިބޫ ބޭނުންވަނީ މައުމޫނާއި، ޤާސިމާއި، އިމްރާނާއި، ނާޒިމާއި، އަދި އިބޫގެ ގޭންގް ބޮޑު މީހާ އަދީބާ ބުނެގެން ނަޝީދު ނިކަތިކޮށް ފައްސާލާން. އެކަމަކު އަހަރެމެން ތިއްބާ ލާހިކެއް ނުން. އެކަން ވާކަށް.
މުހައްމަދަު އަޙްމަދަށް ބުނަން އޮތީ ނަޝީދު ބޭރުކޮށް އިބޫއަކީ، އެމްޑީޕީގެ ވެރި މީހާއަށް ހަދާނަމޭ.
އިންތި މޮޅުވިނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ބޭރުކުރަން އިބޫމެން ކޯލިޝަނުން އޮތީ ރާވަފަޔޯ!
ސިޔާސީ ގޮތުން ހަކަތައެއް ނެތް ވާހަކަތަކެއް ތި ދައްކަނީ
Jameelu kihineh thivanee
ނަޝީދަށް އޮތީ ސޯލިހް ކުނިކޮށްފައި އެއްލާލާ ބަތްސުވާ - ޑރ.ޖަމީލް:
ހޭހޭހޭހޭހޭ ހޭހޭހޭހޭހޭ
ޖަމީލަށް ނުލިބެޔޭ ޔާމީނު ކުނިކޮށްފަ އެއްލާލާ ބޮކްސާގަނޑުވެސް
ރޯނު އެދުރުން ކުރާނެ ކަމެއް ނެތުނީމާ ދެން ލޯގަނޑު ކުރިމަތީ ހުއްޓިހުރެ އަމިއްލަސޫރައަށް ވެސް ބަވާހަދާ ކަމައްވޭ.
ޖަމީލު ހިތުން ތިހިރީ ޔާމީނު ހޮޑަށްލާތަނުން އެތިކޮޅެއް ލިބޭނެ ކަމުގެ އުއްމީދުގައެއްނު! ޔާނު ނުދޭނެ ކަލެއަކަށް ވެރިކަމެއް ޔާމީނު ޖަލައްލީމަކަ. ޔާނަށް އިނގޭ ކަލޭގެ ބަޚީލަކަން ނައިބަކަށް އުޅުނުއިރު އެމްޑީޕީއާ ގުޅިގެން ބަޣާވާތް ކުރަން އުޅުންކަން
ރައީސް ޔާމީނު ވިދާޅުވާތަނުން އެއް މިނިކާ ބާޒު މިއީ
"މުއުމިނެއްގެ ގަޔަށް އެއްހޮރަކުން ދެފަހަރަކަށް ކަށްޓެއް ނުޖެހޭނެ އެވެ." ޖަވާބުދާރީ ވެލައްވަން ފުރުސަތުވެސް ނުދެއްވައި ނައިބު ރައީސްކަމުން ދުރު ކުރެއްވީމައި ވެސް ތި އޮންނެވީ އެނެއްކާވެސް ހަމަ އެކަށިޖެހި ހޮރަށް ވަދެއެވެ.
ޖަމީލު ތީ މުޅަ ބަތްބަނޑުއަޅާ
ޖަމީލަކީ މޮޔަގޮވާ މީހެއް
މަނިކުފާނު ރައީސް ޔާމީންގެ ނައިބެއްގެ ގޮތުގައި އަޅުގަނޑުމެން އިންތިޚާބު ކުރީ ވަރަށް ފޮނި އުންމީދަކާއެކު. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދޮގު އިލްޒާމްތަކެއް އަޅުވާފަ މަޖިލިސްތެރެއިން ނަގާ ހޫރާލީ. ޔާމީނުގެ އެ އަނިޔާވެރިކަމުގެ ސަބަބުން ރާއްޖޭގައިވެސް ނުހުންނެވިގެން ވެރިކަން ބަދަލުވަންދެން ބޭރުގައި އުޅުއްވީ. މިއަދު އަނެއްކާ އެ އަނިޔާވެރިޔާގެ އަތްދަށުގައި ތިޔައުޅުއްވަނީ ކޮންފަދަ މޮޔައެއް ވެގެންތޯ އަޅުގަނޑުގެ އުސްތާޛެއްކަމަކު މިހާރު ސުވާލުކޮށްލާވަރު ވެއްޖެ.
މީނާއަކީވެސް ދިވެހިންނަޒަރުގައި ބޯހަމަޖެހޭ މީހެއް ނޫނެވެ. ރައްޔިތުން ގެ އިތުބާރު ގެއްލިފައިތިބޭ ބޯހަހަމަ ނުޖެހޭ މީހުން މިޒާތުގެ ވާހަކަ ދައްކާނެ..
މީނާއަކީވެސް ދިވެހިންނަޒަރުގައި ބޯހަމަޖެހޭ މީހެއް ނޫނެވެ. ރައްޔިތުން ގެ އިތުބާރު ގެއްލިފައިތިބޭ ބޯހަހަމަ ނުޖެހޭ މީހުން މިޒާތުގެ ވާހަކަ ދައްކާނެ.. އެކަމަކު އިނގިރޭސިވިލާތުގެ އެއަރޕޯރޓްގައި ހައްޔަރު ވެފައިހުރި އިރު އެތަނުން ސަލާމަތްވާން ހޯދީ ނަސީދުގެ ބަތްސުވާ. ޢެކަންވެސް މީހާރު ހަދާންނެތުނީތޯއެވެ.؟