ދޯންޏަކާއި ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ފަރަށް އަރާފައިވަނީ 16 މީހުންނާއި އެކީ މަސްވެރިކަމަށް އުޅުނު "އުފާ" ނަމަކަށް ކިޔާ މަސް ދޯންޏަކާއި ހިލަވެލި ބަރުކޮށްގެން 8 މީހުންނާއި އެކީ ދަތުރުކުރަމުން ދިޔަ "މާވަހަރު ސްޓަރ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.
https://twitter.com/MNDF_Official/status/1527949814025289728
އެމްއެންޑީއެފުން ބުނީ އުފާ ދޯނި އަރާފައިވަނީ ތ. ގާދިއްފުށި ކައިރިން ފަރަކަށް ކަމަށާއި ކ. މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ މާވަހަރު ސްޓަރ އަރާފައިވަނީ މ. މުއްޔާއި މ. ކޮޅުފުށްޓާއި ދެމެދުން ފަރަކަށް ކަމަށެވެ.
އެ ބޯޓާއި ދޯނި ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
މި ދެ ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެއެވެ.
ފަރަށް ލިބުނު ގެއްލުމުގެ ހޯދަންޖެހޭނެ....