ވިލިމާލޭގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން ކަމަށް ބުނާ މައްސަލައެއް ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންއެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
"މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ". އުޝާމް ވިދާޅުވިއެވެ.
ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންއެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން އެބަލިބޭ. މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ. @KerafaNaseem @HPA_MV @igmhmv pic.twitter.com/gjlnpZL3s2
— Ahmed Usham (@a_usham) May 26, 2022
އެ ކުދިންނަށް ދީފައި ވަނީ ކޮން ކަހަލަ ވެކްސިނެއްކަން ސާފެއް ނުވެއެވެ. އެކަމަކު މެމްބަރު އުޝާމް ވަނީ ވެކްސިން ވަޔަލްގެ ފޮޓޯ ހިއްސާ ކޮށްފައެވެ. އޭގައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު މުއްދަތު ހަމަވެފައިވާ ކަމަށް ލިޔެފައެވެ. އަދި އެ އުފެއްދި ތާރީހެއްގެ ގޮތުގައި ލިޔެފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ.
ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ ޝަކުވާ އެއް ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.
"އެކަން ބެލުމަށް ފަހު އެ މައުލޫމާތު އާއްމު ކުރާނެ". ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ސަރުކާރު ފެއިލްވެ ނިމިއްޖޭ
ހައްހާ ޔާނު ވެރިކަމުގަ އެޗް.އައި.ވީ ލޭ އަޅާ ދިވެހި ދެމަފިރިޔަކު މަރާލުމުގެ ޖަރީމާއާ ކުޑަ ކުޖެއްގެ ބޯ ބުރިކޮށްލައިގެން ވިއްސި ޖަރީމާ ފަދަ އެތަށް ޖަރީމާއެއް ހިނގި އިރު ކަލޭމެން ކޮބާ ފެއިލް ފެއިލް ކިޔާ އަނގަ އައްޕަޗޭ ހަދައިގެން ނުނިކުމޭ.. ބަޔަަކު ހަނދާން ނެތުނަސް އަހަރެމެން ހަދާން އެބަހުރި…. ތިޔަ އަދި ތުހުމަތެއް ބެލީމަ އެނގޭނީ އަސްލެއްތޯ ނޫނީ ޕީޕީ ޑީފެކުސަނުން ހަދައިގެން އުޅޭ ފިތުނައެއް ތޯ ވެސް..
ހެލްތު މިނިސްޓަރ ޒުވާން ނަސީމު އިސްތިއުފާ..
އޯކޭ ވާނެ. މުއްދަތު ހަމަފެފަ ހުރި ކޮވިޑު ވެކްސިން ވެސް ޖެހީނުން. މުއްދަތު ހަމަވާ ތާރީހަކީ ކެރަފާ އަކަށް މުހިންމުއެއްޗެއް ނޫނޭ (އޭނަގެ މީހެއް ގަޔަށް ނުޖަހާާ ހިދަކު)
ރިޔަވީ!
ފަރުވާކުޑައީ ވަކިވަރަކަށް ނޫން!
2023 ޕީޕީ.އެމް....ޕީ.އެންސީ..އިންޝާﷲ..އާމީން..ހުރިހާ ކަމެއްގެ ހައްލު
ގާނޫނު އަސާސީއަށް އަތްބާނައިގެން އެބައިގަނޑަށް ދައުލަތުގެ ތިޖޫރީ ވަގަށް ނެގިދާނެ، ހުރިހާ ކަމެއް ހައްލު ކޮށްދިނުމުގެ ގަޓެއް ނުހުންނާނެ. ހުރިހާ ކަމެއް ހައްލުވާނީ އިސްލާމީ ޝަރީޢާ ތަންފީޒުކޮށްގެން.
މުސްކުޅިކަމުން ބޯބުރާންތިވެފަހުރި މީހަކު ހެލްތްމިނިސްޓަރ ކަށްލީމަ ވާނެގޮތް ތިފެންނަނީ މަގާމުގެ ޒިންމާ އަދާ ނުކުރެވޭއިރު އެކަމަކުން ދުރުވާކަށްވެސް މިސަރުކާރުގެ ގަމާރު ވެރިންނަށް ނޭންގޭނެ ހުރިހާ ހިތާމައެއް ކުދިންގެ ބެލެނި ވެރިންނަށް
ވެކްސިން އަހަރުމެން ނުޖަހަން. ދަރިން ގަޔަށްވެސް ނުޖަހަން. ދީނީ ހަރުކަށި ފިކުރު ހުރެގެނެއް ނޫން. ވެކްސިން ޖެހުމާއި ނުޖެހުމަކީ މައިންބަފައިންނަށް އޮތް ހައްގަކަށް ވީތީ
ކެރެފާ ބާގީ ނަސީމުގެ ގޭތެރޭން ނެރޭ ތާރީހަކީ ރަނގަޅުތަރީހު ކަމައް ސޯލިހުކަނޑައަޅަނީ ކޮވިޑް ވެކްސިންވެސް ރައްޔިތުންގަޔައްލެޑީ އެހެންހަދާފަ
ވެރިކަން ކުރެވޭނީ ޔާމީން އަށް.. އެއީ ވެރިކަން ކުރަން އެނގިގެން ވެރިކަން ކުރި ވެރިޔެއް ..
އެޅިހާ ބަތަކަށް ރިހަ ވީމަ ވާނެ މިހެން..
ތި ވެކްސިނ ޖެހުމާ ދެކޮޅަށް ރައްޔތުން ނުކުންނަންވެއްޖެ ބަލިތަކުން ދުރުކޮށްދޭ ނަމުގަ މޮޅު ވާހަކަ ދައްކައިގެން މުޅި ދުނިޔެ ކުރާ ކަމެއް
އެ ވާނީ ހަނދާން ނެތިކެން ދެވުނީކަމަށް ދޯ ޑރ މިނިސްޓަރ؟
ތިޔަކަންތައް ބެލޭނީ މި ވެރިކަން ނިމުމުން
ވެކްސިން ޖެހުމާ އެ ބެލެހެއްޓުމުގަ ޒިންމާ ވާ ފަރާތް ފަރުވާ ކުޑަކަން މި އިނގެނީ . ވެކްސިން އަދި ބޭސް އެއީ މިނިސްޓްރީން ހެލްތް ސެންޓަރ ތަކަށް ފޮނުވުމަށް ފަހު އެއާ ހަވާލު ވާ ފަރާތުގެ ޒިންމާ އެއް އޭރުގަ ވެރިޔަކަށް ހުންނަ މީހާ އާއި މިނިސްޓްރީގެ ޒިންމާ އެއްނޫން . ކޮންމެ މަހަކު މި އެއްޗެހި ގުނާ މުއްދަތު ހަމަވެފަ ތޯ އާއި ކޮންމެ ދުވަހަކު 2 ފަހަރު ރައްކާ ކުރެވިފަ ހުރީ ކޮން ފިނި ހޫނު މިނެއްގައި ތޯ ބެލުމައް މިނިސްޓްރީ އިން ވަނީ ރާއްޖެ އަށް ވެކްސިން ގެންނަން ފެށީން ސުރެ އަންގާފަ.
ހެލްތު މިނިސްޓަރަކަށްވެސް ހުރީ މުއްދަތު ހަމަވެ (ގެރަންޓީ ހަމަވެފަހުރީމީހެއް) ދެން އޭނަޔަށް ވާއެއް ނުވާއެއް އެގަހުކޭލެއް މިގަހުކޭލެއް ނޭނގޭނެ ހުންނާނީ ބުރާންތިވެފަ އަދިވެސް ޒުވާނަކަށް ހެލްތުމިނިސްޓަރުކަން ނުދޭތި.....، ސަރުކާރު އިސްތިއުފާދީފަ ގެއަށްދޭ ގެއަށްދޭ.
މައްސަލައެއްނޫން. އޯކޭވާނެ
މިކަހަލަ މައްސަލަ ހައްލު ވާނީ ރައްޔިތުން ތެދު ވެގެން ނެވެ.
ކެރަފާ ނަސީމު އިސްތިއުފާ
ކެރަފާ މީހަކު ހެލްތަށް ލީމާ ވާ ގޮތް. ވެންޓިލޭޓަރުގެ މައްސަލައަށްވުރެ މާ ބޮޑު މައްސަލައެއްނު ތިއީ. ކެރަފާ ބާޣީއަކު ރަނގަޅެއް ނުވާނެ. ތިމީހާ އިސްލާމީ ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމެއްގައި ބުނެފިޔޭ، ރާއްޖެއަކީ އިސްލާމީ ޤައުމެއް ނޫނޭ. ލާދީނީކަން ހުރިވަރު އެބަފެނޭތަ؟
ދެން ވާން އޮތް ގޮތް ތީ. އަހަރުމެން ގެ ދަރިން ހަލާކު ކުރޭ😠
ތިއެއެްޗެއްމަޖުބޫރު ކޮއްގެން އަހަރުމެންގެ ދަރިންގަޔަށް ޖެހުމުގެ ބޭނުމަކީ ކޮބާ
ކެރަފާ ނަސީމް އިސްތިއުފާ
ލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް،.. ........... ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންއެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
މީ ދެވަނަފަހަރު.. މީގެ ކުރިންވެސް ތިކަހަލަކަމެއްވެޖެ.
އަނެއްކާވެސް ބުނެލަން އޮތީ ރާއްޖޭގެ އެންމެ އަވަހަށް އެންމެ އަވަހަށް ބަލަންޖެހޭ އެއްކަމަކީ ސިއްޙީ ނިޒާމު ތެރޭ މިއުޅޭ ބައިގަނޑާމެދު ފިޔަވަޅޫ އެޅޭ ހަރުދަނާ ނިޒާމެއް ޤާއިމު ކުރިން. ހާދަހާ ވާ ފަރުވާކުޑަ ބައެކޭ.
މި ޤައުމުގައި އުފެދޭތިޔަ ޒާތުގެ މައްސަލަތައް ޙައްލު ކުރެވޭނީ ތެދުވެރި ވަރުގަދަ އަދި ގަޓް ހުރި ޑިކްޓޭޓަރަކަށް ކަން ޔަޤީން ޢެފަދަ ވެރިން މި ޤައުމު ހަމައެއްގައި ހިފެހެއްޓިތަން ވަނީ ފެނިފާ. ޢަދުވެސް އެފަދަ ވެރިން އެބަ ތިއްބެވި. ﷲުރުޏަތު ލިބިއްޖެނަމަ ހަމަޔަކަށް އަޅުވާނެ.
ޢެއީ ޝައްކެއް ނެތް ކަމެއް
ތިއީ ކޮންވެކްސިނެއްކަމާ ދިން ތާރީޚް ހާމަ ކުރަންޖެހޭ. ޖެނުއަރީ މަސްތެރޭ ކިތައް ކުދިންނަށް ވެކްސިންޖަހާފަ ހުންނާނެ.