އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއާ އަލަށް ގުޅުނު 500 މެންބަރުންގެ ފޯމް އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

އެކަން ހާމަކޮށް ޕީޕީއެމް އިން ބުނީ، އެ ޕާޓީއަށް އަލަށް ގުޅުނު މެންބަރުންގެ ތެރެއިން 500 މެމްބަރޝިޕް ފޯމް މިއަދު އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޕީޕީއެމްގައި 34،368 މެންބަރުން އެބަތިއްބެއެވެ. އެއީ މި އަހަރުގެ ފެބްރުވަރީ މަހުގެ 15ގެ ނިޔަލަށް އީސީގައި ރެޖިސްޓަރކޮށްފައިވާ އަދަދުތަކެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް އީސީއަށް ހުށަހެޅިއިރު، ސިޔާސީ ޕާޓީތަކުގެ މެންބަރުން ވަގަށް ނަގާ މައްސަލަ ވަނީ ފެންމަތިކޮށްފައެވެ. މިކަން ފެންމަތިކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން އަލަށް އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި އަދާލަތު ޕާޓީއަށް ބަދަލުވެފައިވުމާއި ގުޅިގެންނެވެ. އެމީހުންނަށް ނޭނގި އެތައް ބައެއްގެ ނަމުގައި ވަގު ފޯމުތަކެއް ވަނީ އީސީއަށް ވައްދާފައެވެ.

އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން "ވަގުތު" އަށް ވިދާޅުވެފައިވާ ގޮތުގައި ވަގަށް މެންބަރުން ޕާޓީތަކަށް ވައްދަނީ ގިނަ ފަހަރަށް ޕާޓީތަކުގެ އިސްވެރިންނަށް ވެސް އެނގުމަކާއި ނުލައެވެ.

އެގޮތުން އެ މައްސަލަ ހައްލުކުރުމަށް އީސީން މިހާރު ވަނީ ޕާޓީ ބަދަލުކުރުމަށް އެދި ނުވަތަ ޕާޓީއަކަށް ވަތުމަށް އެދި އެ ކޮމިޝަނަށް ހުށަހެޅޭ ފޯމްތައް އާންމުކޮށް، ފޯމު ހުށަހަޅާ މީހާގެ ފޯނު ނަންބަރަށް ފޯމު ހުށަހެޅިކަން މެސެޖެއްގެ ޒަރިއްޔާއިން އެނގޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ.

އީސީން ވިދާޅުވީ މިއާއެކު ވަގަށް ޕާޓީތަކަށް ވައްދާ މައްސަލައަށް ނިމުމެއް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަޓާ

    ޖޮއިން ކުރިކުދިންނަށް މަރުހަބާ

  2. Soliha

    ޢީސީން ތިފޯމުތައް ބަލައެއް ނުގަންނާނެ ވަރަށް ސަލާމް

    2
    2
  3. ކޯލިޝަން ވައްކަން

    އަަހރެންގެ މަންމަ އާއި ބައްޕަ އެމް.ޑީ.ޕ އަށް ވައްދާފައިވަނީ ވަގަށް.ހުވާކޮށްފައި ބުނަން ކެރޭ.މަންމަ އާއި ބައްޕަ އަކީ ޕޕއެމް 2 މީހުން.ޔާމީނ އަށް އެހާ ތާއީދު ކުރާ 2 މީހުން.އަންހެނުން ޖޭ.ޕީ ގައި ަވގަށް.ﷲ ގަންދީ ހުވާކޮށްފައި މި ބުނީ އަންހެނުންނަށް ނޭގި މިކަން ކޮށްފައިވަނީ ވަގަށް.މި ކަންތައް ވެރިފައި ކުރަން ނޭގޭ މީހުން އިސްތިއުފާ.ހުރިހާ ކަމަކުން ވައްކަން.މި ކަންތައް ބޮޑުކަމަށް ނުވަނީ މިއީ ކޯލިޝަން ވައްކަމެއްވީމަ.ތާއީދު ނެތި ޕާޓީ އުވޭހިސާބަށް ދިޔައިމާ ކުރާ ވައްކަން.ކޯލިޝަން ވައްކަން މެކުހަށް.ކޮބާ އަހަރެމެން ހައްގު.ހައްގު ހޯދަން މަޖިލީހުގައި ތިބީ ހައްގު ފޭރޭމީހުންތޯ؟

  4. Anonymous

    އީސީ އަކީ އިތުބާރު ގެއްލުފަ އޮތް ޖީބަށް ޑޮލަރު ވަންނަ ތަނެއް. ފޯމްތައް އަންދާލުންވެސް ވ ކައިރި

    1
    1
  5. ޝައިނީ

    އަހަރެންގެ ނަން އޮތިއްޔާ ޝަރިއްޔަތަށް ދާނަން