ނިމިގެން ދިޔަ ސަރުކާރުގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ވާހަކަ ދެއްކީ ސިޔާސީ ބޭނުމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ތޯރިގު އެއްސެވީ މަރުގެ މައްސަލަތަކުގައި ސުޕްރީމްކޯޓުން އިއްވަފައިވާ މަރުގެ ހުކުމްތައް މި ސަރުކާރުން ތަންފީޒުކުރާނަންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ މަރުގެ ހުކުމްގެ މައްސަލަތަކުގައި ބައި ގަރުނުވަންދެން ރައްޖޭގައި އަމަލުކުރަމުން ގޮސްފައި ވަނީ މިހާރު ވެސް އަމަލުކުރަމުންދާ މޮރިޓޯރިއަމްގެ އުސޫލު ކަމަށެވެ.

އޭނާ ވިދާޅުވީ އެ އުސޫލަކީ މި ސަރުކާރުން ވުޖޫދަށް ގެނެސްގެން އުޅޭ އުސޫލެއް ނޫން ކަަމަށާއި އަދި މި އީ ޒަމާނުއްސުރެ އަމަލުކުރަމުން ދިޔަ އުސޫލުވެސް ކަމަށެވެ.

އިމްރާންއ އިތުރަށް ވިދާޅުވި ގޮތުގައި ނިމިގެން ދިޔަ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒްކުރުމަ ގުޅޭ ގޮތުން އެކ ގޮތް ގޮތަށް ވާހަކަ ދައްކާފައި ވަނީ ސިޔާސީ ބޭނުމަށް ކަމަށެވެ.

"ވޭތުވެދިޔަ ސަރުކާރުތަކުން ސިޔާސީ އެކި ބޭނުމުގައި އެކި ފަހަރު އެކިގޮތަށް އެކި ތަންތަނުގައު މަރުގެ ހުކުމާ ގުޅުވައިގެން ވާހަކަ ދައްކާފައިވީ ނަމަވެސް މި މައްސަލައިގައި އަމަލުކުރާ ސޮޔާސަތަށް ދެވަނަ ޖުްހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައ އެއްވެސް ދބަަލެއް ގެނެސްފައެއް ނުވޭ. އަދި ވޭތުވެދިޔަ ސަރުކާރުގައި އެކަން ތަންފީޒުނުކޮށް އޮތީ މި މޭރުމުން ކަމުގައި އަޅުގަނޑު ދެކެން" އިމްރާން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒްކުރާނެ ކަމަށް ނިމިގެން ދިޔަ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން ވައުދުވެވަޑައިގެންނެވި އެވެ. އޭރު އެމަނިކުފާނު ވިދާޅުވީ ބަޔަކު ކިތަންމެ ދެކޮޅު ހެދިޔަސް އެކަން ކުރައްވާނެ ކަމަށެވެ.

އެހެން ނަމަވެސް އެ މަނިކުފާނުގެ ވެރިކަން ނިމުނު އިރު ވެސް މަރުގެ ހުކުމް ތަންފީޒްކޮށްފަ އެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ވަގުސޭކް

    ދެން ކަލޭ އެކަން ނުކޮށް ތިހުންނަނީޔޯ ބުޑު ތުބުޅިއެއް ލާގެން ހިތުން ދަންނަބޭކަލަކަށް ވެ ހުރެ

    29
  2. އަލީމޫސަ

    ކިހިނެއް އެކަން ވާނީ އެކަން ވިޔަނުދޭން މީނައާއި މީނަގެ ބައިގަޑު އެކި ދިމަދިމާލުން ފިއްތުންތައްފިއްތައި މަސައްކަތް ކުރީ އެކަން ވިޔަ ނުދޭން. މަރުގެ ހުކްމް ތަންފީޒް ކުރަން ބޭނުންވާ ވަސީލަތްތަށް އުމަރު ނަސީރު ތައްޔާރު ކުރި.

    28
  3. ޢުމަރު 2023

    އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އަދަބުތައް ތަންފީޒުކުރާނެ ކަމަށް އަބަދުވެސް ވަކާލާތު ކުރަމުން ގެންދަނީ ޢުމަރު ނަސީރު. އަދި އެކަން ތަންފީޒުކުރުމަށް ޢަމަލީގޮތުން އެންމެ ބުރަކޮށް މަސައްކަތްކުރަނީވެސް ޢުމަރު ނަސީރު. މިގައުމުގެ ވެރިކަން ޢުމަރަށް ދީފިނަމަ މަރުގެ އަދަބާއި ވަގުންގެ އަތްތައްކެނޑުމުގެ އަދަބާއި އިސްލާމްދީނަށް ފުރައްސާރަކުރާމީހުންނަށް ދޭންޖެހޭ މަރުގެ އަދަބުވެސް ތަންފީޒު ކުރާނެކަމަށް ޝައްކެއް ނުކުރަން. އެކަމަކު ދެން ތިބި މީހުން ޝަރީޢަތުގެ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަށް.

    19
  4. އހ

    ފަސް އަހަރު ދަޢުރެއް މިނިމެނީ އަދިވެސް ކުރީ ސަރުކާރު

    26
  5. ހާއްޖީބެ

    އިމްރާނަކަސް ތި ބުނި ވާހަކަ ދިމާވޭ އެބަ

    3
    22
  6. އިސްޢާފް ސަލީމް

    ތިބޭފުޅާ ، ނޫސްކަރުދާސްތަކެއްދައކާފަ މިހުރީ އަފްރާޝީމު މަރާލި ހެކިތަކޭގޮވީ ކޮން ކަމަކަށް؟

    26
  7. އަލީީ

    އިމްރާނަށް ސަރުކާރު ވަޒީރުކަން ނުލިބޭއިރު ހީވަނީ ފަޔަށް ހިނިއަރައިގެން އުޅުއްވާހެން. އޭރު ޤާނުނުތަކާއި ޤަވާއިދުތަށް ހުރިގޮތް އަދި އަމަލުކުރަމުން އަންނަގޮތްވެސް ގޯސް ، ކަމަކުނުދޭ. އެކަމު މިހާރު އެބުނަނީ "ކާބަފައިންގެ ދީން ދޫކޮށްލާ ހައްޤުގެ މަގަށްރުޖޫއަވުމަށްވުރެ މި ވަޒީފާގަނޑު މާރަޅޭ". ދީނޭ ކިޔައިގެން ކޮންމެ މީހަކުވެސް މި ނުކުންނަނީ އަމިއްލަ ފައިދާއަށް . ދީންވެސް މިހާރު މިއޮންނަނީ މިއްކާ އެއްޗެއް ގޮތަށް. ހަލާކުހުރި.

    19
  8. ޑައެލޯގް

    ސިޔާސީބޭނުމަކަށް އެންމެގިނައިން ވާހަކައާއި ދޮގުހެދީކަލެއެވެ. ޔާމީން މަރުގެހުކުމް ކުރަންބުނުންވެސް އެކަމަށް ހިތްވަރުލިބެއެވެ. އަދި ދީނުގެކަމަކަށް އިންކާރުނުކުރާކަމަށް ބެލެވެއެވެ. ނަމަވެސް އިމްރާނުމެންގެ ސަރުކާރުން މަރުގެހުކުމަށް އިންކާރުކުރުމަކީ ކުށެކެވެ. މިސާލަކަށް ނަމާދުނުކުރާމީހަކު ޝަހާދަތްކިޔައި ﷲ އަށް ޝަރީކުނުކުރާނަމަ ކާފަރެކޭނުބުނެވެއެވެ. އެހެނަސް ﷲ އިންކާރުކުރާމީހާއަށް ކާފަރެކޭބުނެވެއެވެ.

    13
  9. ކާފަބޭ2020

    ތިޔައިއުތިރާފުވެވުނީ ޖަލުގެކުޑަގޮޅި ހައްގުވެއްޖެކަމަށް! ފާޓުފުޅާކޯލިސަނުން މީނާބޭރުނުކޮށް ވޯޓުހޯދަންއެމްޑީޕީންނުދުވާތި! ވޯޓާދޭތެރޭއިތުރުވިސްނުމަކަށް ދާންޖެހިދާނެ!

  10. ރަދީފް ހުސެން

    ރ.ޔާމިން އެވާހަކަ ސިޔާސީކަމަކައް ހެދިއްޔޯ، ދެން އިހުލާސްތެރި މީހުން އެކަން ނުކުރަން މަރުފަލި ތިޖަހަނީ ކީއްވެބާ؟

  11. ޗަކަ މަރީނާ

    މި އިމްރާން އަކީ ހުރިގޮތަން ހުރި ބޮޑު މުނާފިގެން

  12. ރަބަރޭ

    ރަގަޅަށް ތިޔަ ވިދާޅުވެވުނީ ނޭތްގިގެން ނަމަވެސް

    5
    2
  13. ވިސްނާލުމަށް އެދެމޭ

    ކުރީސަރުކާރު ނިމުމުގެކުރިން މަރުގެ ހުކުމް ތަންފީޒުކޮށް ނިމާފަ އޮންނާނީ އަފްރާޝީމުގެ ބޭބެ ސްޕުރީމްކޯޓަށް ސިޓީލަ އިގެން ހުކުމް ފަސްކުރަން ނު އެދުނުނަމަ..ނޫސްވެރިން ޙަބަރުލިޔާ އިރު ދެފަރާތް ހަމަހަމަކޮށް ޙަބަރުލިޔުމަށް އެދެން.. ކުރީސަރުކާރުން ހުކުމްތަންފީޒު ނުކެރެވި އޮތް ސަބަބު ސާފުކޮށްލިޔުނު ނަމަ ފުރިހަމަވީސް.

  14. އަލީ

    ތިޔައީ އިސްލާމް ދީނުގެ އަދުއްވެއް. މަބުނި އެއްޗެއް ނޫން އޭކީ!! އެއީ ކަލޭ އަމިއްލަޔައް ބުނި އެއްޗެއް. އެއީ ކަލޭހެދި ވަރައްވެސް ބޮޑު ތެދެއް...

  15. އަލީ އަހްމަދު

    މިނިސްޓަރުކަން ލިބުނުފަހުން ދީނަކަށް މިއްލަތަކަށް ބެލުމެއް ނެތް

  16. ބެއްޔާ

    ތިޔަ އިމްރާނަކީ ރަތްލާޖެހި މުނާފިގެއް.

  17. ޢަހަންމާ

    ޢިމްރާނަކީ މުނާފިގެއް

  18. ހަޖާމު

    ބޮޑު ޖާހިލު. ކުރީ ސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރަން ނިންމީ އިސްލާމް ދީނުގަ ކަން ކުރުމަށް އަންގަވާފަ އޮތް ގޮތް ބޮލާލައި ޖެހުމަށްފަހު މާއްދިއްޔަތަށް ތަބާވާ ގޮތަކަށް ނޫން. ޢަފްރާޝީމް ގެ މަރަށް މަރު ނުހިފާ ފަސްކުރެވުނީ ވާރިސުންގެ ބަހަށް ޢަމަލުކުރުމަށް އިސްލާމް ދީނުގައި އަންގަވާފަ ވާތީ ވާރިސުންގެ ފަރާތުން ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދުމުގެ ސަބަބުން. ކުރީ ސަރުކާރަކީ ޒަމާނުއްސުރެ ކަން ލުރި ގޮތަށް ކަންކުރަން އުޅުނު ސަރުކާރެއް ނޫން. އިނގޭތޯ.