ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވައިގެން ކުރައްވަން ޖެހެނީ "ގޮނޑި ކޮއްކޮ" އެއްގެ މަސައްކަތް ކަމަށް މަޖިލީސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފައިނުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވާން ފެށުމާއި ގުޅިގެންނެވެ.

މަޖިލީހުން މިމައްސަލަ ބޭރުކޮށްލި ކޮށްލުމާއި ގުޅިގެން މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލީ ސަރުކާރުން ތްރީލައިން ވިޕެއް ނެރެގެންކަމަށެވެ. އެމްޑީޕީ ޕީޖީ ގްރޫޕްގައި މިހާރު އޮތީ ސަރުކާރުގެ މެންބަރުންނަށް ބާރުކަމަށް ސިފަކުރައްވާ ބޮންޑެ ވިދާޅުވީީ، ހުރިހާ ބަދުނާމެއް އާންމުން ރައްދުކުރަނީ މަޖިލީހުގެ ރިޔާސަތަށްކަމަށެވެ. އެހެންކަމުން މިކަން އެނޫންގޮތަކަށް ހަދަންޖެހޭކަމަށް ވިދާޅުވެ ނަޝީދަށް ފާޑުކިޔުން އަމާޒުވާތީ ބޮންޑޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ސީދާ ސަރުކާރުން އަންގައިގެން މިއޮތީ ރަސޫލާއަށް ފުރައްސާރަކުރަން ވިޕު ނެރިފައި. އެމްޑީޕީ މެންބަރުންނެއް ނޫން. ހަގީގަތުގައި ބަދުނާމުކުރަން މަސައްކަތް ކުރަނީ އިއްޒަތްތެރި ރައީސް. ރައީސް އިންނަވަނީތި މަޖިލީހުގެ ރިޔާސަތުގައި. ހުރިހާ އެންމެން މިއަދު ރައީސަށް ނިސްބަތްކޮށް އެ ހަޅޭ ލަވަނީ." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭގެ ވާހަކަތަކަށް ފަހުގައި ނަޝީދު ވިދާޅުވީ މަޖިލީހުގައި މިއަދު މަސައްކަތް ކުރަންޖެހެނީ "ގޮޑި ކޮއްކޮ" އެއްގެ ގޮތުގައިކަމަށެވެ. މަޖިލީހުގެ މެމްބަރުން ވިދަޅުވާ ގޮތަށް ވިދާޅުވި ކަމެއް ކޮށްގެން އިނުން ނޫންގޮތެއް މިއަދު ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިއްޒަތްތެރި މެމްބަރު އަޅުގަނޑަށް ޔަގީން އަޑު އައްސަވާފައިވާނެ ރައްޔިތުންގެ މަޖިލީހުގައި އަހުމަދު ޒަކީ އިންނެވިއިރުގައި ވިދާޅުވެފައި އޮތް ތިމަންނާއަކީ ހަމަ މިތާގައި އިންނަ "ގޮޑި ކޮއްކޮ" އެކޭ. ތި ވިދާޅުވިހެން އަޅުގަނޑަކީ ތިޔަބޭފުޅުން ވިދާޅުވީމަ، ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ވިދާޅުވި މިންވަރަކަށް ކުރާން އިންމީހެއް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އެމަނިކުފާނަށް ވަފާތެރި މެންބަރުން ވެސް ވޯޓު ދެއްވާފައިވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ބޭނުންނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބޮންބޭ

    ދެން ކީވެގެންތަ މަކުނެހެން ގޮޑިއަ ސަވާރުވެގެން ތިއިނަނީ ކަލޭއަށް އެއްމެ ރަގަޅުވާނީ ފައިވާކިބަ އަތަނަގައިގެން މަގުމަތީގަ ދުވީޔާ

    51
    1
  2. ފައިވާނުގެ ވަދޭ ކިޔާބަލަ

    މިބާވަތުގެ މުސްލިމުންނާއި ގުޅުންހުރި ކޮންމެ ކަމެއް ކުރިމަތިވިޔަސް މިބޭޅާ އަބަދުވެސް ހުންނަނީ އޮޓޯއިން ގޮނޑި ކޮއްކޮ އަކަށްވެފަ...މިބޭފުޅާއަށް، ސަނާ ކިޔާ މެމްބަރުންތައްވެސް ހަމަ އެފަދަ...ވާހަކަ ވ. ރީތި އިނގޭ

    43
    1
  3. ޅިޔަނުބެ

    ކާކުގެ ގޮނޑިކޮއްކޮއެއްބާ؟ ސަރުކާރުގެބާ؟ ނޫނީ ގެރިމޯދީގެބާ؟

    50
  4. ރީތި މޫސަ

    ގޮނޑިޔަށް ސަވާރުވެއިނދެ ކީއްވެތޯ ދީންހިމާޔަތްކުރަން މަސައްކަތްނުކުރަނީ ކީއްވެތޯ ޤްރުއާންގެ އާޔަތްތައް ކިޔެވީމަ އުނަދަގޫވަނީ؟

    45
  5. އައްޓަމަސް

    ނަޝީދުއަށް ވަފާދާރު އެމްޑީޕީގެ މެންބަރުން ވެސް ވޯޓު ދެއްވާފައިވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ބޭނުންނުވާ ކަމަށެވެ. ކޮން ތުރީލައިން ވިޕެކޭ ބޮންޑެ ކިޔާކަށް

    29
  6. ޑޮނާ

    ގޭމުކުޅެ އަހަރެމެންގެ ލޮލުގައި އަނދުން އަޅުވަން ނޫޅޭ. އެމްޑީޕީ ފަޟީހަތްވެ ނިމިއްޖެ. ސަރުކާރޭ، ރައީސޭ ފަޅޮލޭ ކިޔާނެކަމެއްނެތް. އަހަރެމެން މީ ގަމާރުންނެއް ނޫން

    25
    • ޑޮނާޑް

      ބުރޯ އަނެތްކާވެސް ކުރިމަތިލާއިރަށް ހަމަ ވޯޓްދޭނެ ތިބޭފުޅާވެސް އަދުންވެސް އަޅުވާނަން ވޯޓްވެސް ލިބޭނެ އަތްޖަހަން ތައްޔާރުވެގެން ތިބޭ

  7. ނަސީ

    ގޮނޑިން ފައިބާ

    26
  8. ހަސަނު

    މިހާރު ކުއްލިއަކައް ގޮނޑި ކޮއްކޮ ވ. ސަލާން ސޮރީ ވޯޓް

    27
  9. ގޮޑި

    އެހެވީއިރު ކަލޭއިސްތިއުފާ ދޭންވީނުން ކާކުބުނެގެން ތިގޮޑީގައި ތިއިނީ ތީތިގޮޑިއަށް ކުފޫހަމަވާ މީހެއްނޫ!!!

  10. ޢާމިރާ

    ތިކަމެއް ނޭނގެ. މިއަދު ގޯން މިނިސްޓަރާ ސުވާލު ކުރުމުގެ ކަންތައްވެސް ހަމަ އަމިއްލައަށް މޮޑެލީ. ދެންހަމަ ބޮޑުއަނގައެއް އޮތީމާ ކޮންމެވެސް އެއްޗެކޭ ބުނަންވީ.

  11. ޖުލައި

    ތިޔަހީ ޞަލީބީންގެ ގޮނޑިކޮށްކޮއެއް

  12. Anonymous

    ސިޔާސީން ނަކީ ހަމަ ރަގަޅަށްވެސް ވަފާތެރި ކެހިވެރި ޗޯރުން !

  13. ސެއްޅި

    އިންޑޔާއޢި ދެކޮޅައް އެއްޗެއް ބުންވީމަ ކޮނޑި ކޮށްކޮ

  14. ޛހގ

    ދެން މީގެފަހުން ކިޔާނީ ގޮނޑި ކޮއްކޮ

  15. ބާބޫ

    ކެރަފާ ނަޝީދެވެ. ކަލޭގެ އަގުވެއްޓި މީހާ ފަޟީހަތްވެ ނިމިއްޖެއެވެ. ދެން ކަލޭ ވެރިކަން ކުރަންޖެހޭނީ ހުވަފެނުންނެވެ. ވަރަށް ސަލާން. ލާދީނީ ކިޔަނީ ހަމަކިޔަންވެގެންނެވެ.

  16. ނާދިރާ

    ތިޔައީ ހުލަނވުގެ ނުބައި ޚިޔާލުތައް އިސްލާމީ ޤައުމުތަކަށް ފަތުރާ ހުޅަނގުގެ ގޮނޑިކޮށްކޮ އެއް

  17. ކައުންސެލަރު

    ދެބޯގެރި

  18. ހަސަނާ

    އެކަމަކު ރެޑްވޭވް ސަލީމް ޤްރުއާން ތަރުޖަމާ ކިޔުން ހުއްޓުވޭ.ހަމަ މޮޅޫ ސްކްރިޕިޓެއް ކުޅެލީ އާއި ބޮންޑެ އާއި ދެމީހުންވެގެން