މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މެމްބަރުކަމުން ވަކި ކުރުމަށް މިރޭވެސް ފާސް ނުވި ކަމުގެ މައުލޫމާތު "ވަގުތު"އަށް ލިިބިއްޖެއެވެ.

މީޑިއާ ކައުންސިލް ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ ކައުންސިލްގެ މެންބަރުންތަކެއް މިރޭ ވަނީ ކުއްލި ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި އޭނާ ވަކި ކުރަން ފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއިރު، އޭނާ ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ މެންބަރެކެވެ.

މީޑިއާ ކައުންސިލްގެ ރައީސް މަގާމުން ވަކި ކުރެވޭނީ ކައުންސިލްގެ 15 މެންބަރުންގެ ތެރެއިން 10 މެންބަރުންގެ ތާއިދު ލިބިގެންނެވެ.

ކައުންސިލްގެ 15 މެންބަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިއްބެވީ 14 މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރަކު ޖަލްސާއަށް ވަޑައިގެންފައެއް ނުވެއެވެ. އަދި ޝަހުބާން ވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަން ނިންމަވާފައެވެ.

އިތުރު ތަފްސީލް އަންނަނީ....