ކައުންސިލްތަކާއިއެކު ބޭއްވޭ ބައްދަލުވުންތަކުން ރަށްރަށުގެ ކަންކަމާއި ގުޅޭގޮތުން ލިބޭ މައުލޫމާތަކީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ފަސޭހަވެގެންދާކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ރައީސް ރާއްޖެ ހިންގަވާގޮތާއި މެދު ކަމަދޫ ރައްޔިތުން ތިބީ ހިތްހަމަޖެހިގެންކަމަށް ވިދާޅުވެފައެވެ. އަދި މީގެ ކުރިން ދުވަހަކުވެސް ކަމަދޫއަށް ހަމަޖެހިފައިނެތް ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހަމަޖައްސަވައިދެއްވައިފައިވާތީ ރައީސްއަށާއި އެމަނިކުފާނުގެ ސަރުކާރަށް ޝުކުރުއަދާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ކައުންސިލުން ފާހަގަކޮށްފައި ވަނީ ރަށްގިރާ މައްސަލައާއި، ކަމަދޫ ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ހުރި ކަންބޮޑުވުންތަކާއި، ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، މިސްކިތުގެ ޢިމާރާތް ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ހުރި ދަތިތަކާއި، ކަމަދޫގައި ތަރައްގީކުރާ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކެވެ. މީގެ އިތުރުން ވެސް ކަމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ކައުންސިލުން ކުރަމުންދާ ބައެއް ކަންކަން ރައީސް އާ ހިއްސާކުރައްވައި، ކަމަދޫގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ކަމަދޫގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކުރެވޭނެ އުސޫލެއް ފަހިކޮށްދެއްވުމަށް ރައީސް އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ވެސް ފުލްޓައިމްކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ކައުންސިލްގެ ފަރާތުން ވަނީ ރައީސް އާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މުހިންމު މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތު މީހާ

    މިވަރުވެސް ކޮލަމާފުށީ ކައުންސިލަށްނުވި.ކައުންސިލް ޚަރަދުގަ ދެތިންފަހަރު މާލެގޮއްސި.ލަނދެއްނުގަނޭތަ؟ހިތަށްއަރާ ކޮލަމާފުށީ ކައުންސިލަރުންނަށް ކޮންކަމެއްބާވައޭ ކުރެވެނީ..އެމީހުންގެ ކަމަކީ މުނާސަބަތް ފާހަގަކުރުމާ ކުޅިވަރު މުބާރާތް ބޭއްވުން.ރަށު ތަރައްގީއަށް ކުރެވުނުކަމެއްނެތް.

  2. އުސްތާޒް

    މަހަމަ ރުޅިގަދަވަނީ ދިވެހި ރައްޔިތުންދެކެ މިސޯލުހުއާ އޭނާގެ އައުވާނުން މުޅިގައުމު ދަވާލާއިރުވެސް މިތިބެނި އަތްޖަހާލަ ޖަހާލާ

  3. ގދ.ހަވަރު ތިނަދޫ ކައުސިލް

    ގދ.ތިނަދޫ ކައުންސިލުންވެސް ރައީސްއާއި 6 ފަހަރު ބައްދަލުކޮށް ތިނަދޫގަ ހުރި ދަތިތަކުގެ ވާބަކަ ދެއްކިއްޖެ. ހުރިހާ މިނިސްޓަރުންނާހެން ބައްދަކު ކުރެވިއްޖެ. ކޮންމެ ފަހަރަކުވެސް ކީރިތި ކުރައްވާފަ ތިކަންތަށް ކޮއްދެއްވާނަމޭ ވިދާޅުވެއެވެ. ތިނަދުއަށް އުދައަރާތީ ބޭރުތޮށިވެސް މިއަހަރު ފެށުމުގެ ކުރިން ލައި ނިންމާދޭނަމޭވެސް ވިދާޅުވި. ބޯހިޔާވަހިކަމުގެ ދަތިވާހަކަ ދެންނެވީމާ 2000 ހައުސިންގް ޔުނިޓު ތިނަދޫގައި އަޅައިދޭނަމޭވެސް ވިދާޅުވިއެވެ. ތިނަދޫއިން 900 ގޯތި ދޫކުރަން ކައުންސިލުގެ ވިސްނުން ހުރިވާކަ ދެންނެވީމާ ވަރަށް ބޮޑަށް ކީރިތިކުރައްވާ ވިދާޅުވީ އެއީ ޔާމިނު ހިއްކާފަ އޮތްތަނެކޭ ތިމަންނާ އެހެންތަނެއް ހިއްކާފަ ތިނަދޫ ރައްޔިތުންނަށް ގޯތި ދީފާނަމޭއެވެ

    1
    1
    • ކުޅިރިހާކުރު

      ކަލޯގަޔާ..މީ ހަމަޖެހޭ ގޮލައެއްތަ ؟