ސައުދީ އަރަބިއްޔާ މެދުވެރިކޮށް ސްރީ ލަންކާ އަށް އެހީ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވެއްޖެއެވެ.

އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ލަންކާއަށް އެހީ ހޯދުމުގެ މަސައްކަތް ނަޝީދުއާ ހަވާލު ކުރައްވައިފައެވެ. ރަނިލް އެގޮތަށް ނިންމެވީ ލަންކާއަށް ބޭރުގެ އެހީތެރިކަން ހޯދައިދެއްވުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ ޑރ. ހަރްޝާ ޑި ސިލްވާ ވިދާޅުވީ ބޭރު ގައުމުތަކާއި ސަރުކާރާ އޮންނަ ގުޅުން ނެތުމުގެ ސަބަބުން މި ކާރިސާއާ ގުޅިގެން ލަންކާ އަށް މާލީ އެހީ ނުލިބޭ ކަމަށެވެ.

ލަންކާއަށް އެހީ ހޯއްދަވަން ނަޝީދު ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއަށް ގުޅުއްވުމުން ސަލްމާން އެއްވެސް އެހީއެއް ނުދެއްވި ކަން އެނގިވަޑައިގެންފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ޑރ. ޑި ސިލްވާ ވިދާޅުވި ގޮތުގައި ނަޝީދު އާ އެކުގައި ސަލްމާން ކުރެއްވި މަޝްވަރާ ތަކުގައި ސުވާލު ކުރެއްވީ ލަންކާ އިން އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެއްވެސް ޕްލޭނެއް އޮތްތޯއެވެ. އަދި ޕްލޭނެއް ނެތި އެހީ ހޯދުމުގެ ވާހަކަ ނުދައްކަން ސައުދީ ވަލީ އަހުދު އެންގެވި ކަމަށް މެމްބަރު ވިދާޅުވިއެވެ.

އިދިކޮޅު އެސްޖީބީގެ މެމްބަރު ކަން ވެސް ކުރައްވާ ޑރ. ޑި ސިލްވާ ވިދާޅުވީ ލަންކާ އަށް އެހީ ހޯދުމަށް ޔޫއޭއީގެ ރައީސް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްއަށް ވެސް ނަޝީދު ފޯނު ކުރެއްވި ކަމަށެވެ.

ނަމަވެސް ޔޫއޭއީ އިން އެހީތެރިވާން ވިސްނާނީ ލަންކާގައި ހުރި ވިއްކޭނެ ހަރު މުދަލުގެ ލިސްޓެއް ފޮނުވުމުން ކަމަށް ޝައިހް މުހައްމަދު ބިން ރާޝިދު ވިދާޅުވި ކަމަށްވެއެވެ.

ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމާއި ގުޅިގެން އެގައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ. އޭގެ ފަހުން އެ ގައުމުގައި މުޒާހަރާ އާއި ހަމަނުޖެހުންތައްވެސް ދަނީ ހިންގަމުންނެވެ. ލަންކާ އަށް މިވަގުތު އެންމެ ބޮޑަށް ދަތިވެފައި ވަނީ ބޭހާއި ގޭހާއި ކާޑުގެ އެކިއެކި ބާވަތްތަކާއި ކާބޯތަކެއްޗެވެ.

ދަރަނިތައް އަދާނުކުރެވުމުގެ ސަބަބުން ލަންކާ ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ. އަދި ގައުމު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ވަނީ ހީވެފައެވެ.

ލަންކާއަށް މިވަގުތު ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާއިރު، އެގައުމުގެ އާ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި މިހާރު އެގައުމު އޮތް ހާލަތުން ސަލާމަތް ނުވެއްޖެނަމަ، ކާބޯތަކެތީގެ ބޮޑު ކާރިސާއެއް ކުރިމަތިވެ، ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާއިން އެގައުމު ސަލާމަތް ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެގައުމުގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ ރައީސް ގޮޓަބަޔާ ވަގުތުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ. ނަމަވެސް ރޮޓަބަޔާ އިސްތިއުފާ ދެއްވާނެ ކަމަށް އަދި ނުބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ހުސޭނުބޭ

    މިފަހަރު މީނަ ލަންކާ ހަފުސްކޮށްލާނެ. ބަލަންތިބެ

    38
  2. ސަގަރު

    ސިޔާސީ ރަންޑިއަކާ ހަވާލު ކުރީމަ ވާނީ ތިހެން.

    47
  3. ޒާ

    ތިޔަކަމުގާ އުޅޭމީއަކީ ކާކުކަން އެނގޭ މީހަކުވެސް ހޭހުރެ ނުދޭނެ އެހީއެއް. ޔޫރަޕް ދަންވެފާވާ ޔަހޫދީ ކަލޭގެ ކީއްވެބާ އެއްކަލަ ސަހަރާތެރޭ އަރަބިން ފަހަތުން ސަލާންޖަހަނީ. ލަދެއްވެސް ނެތްދޯ؟

    47
    1
  4. ސަންފަ

    ލަދުހަޔާތް ކުޑަކަމުން ތިޔަ އަންނި ސަޢޫދީ އާ ގުޅާނީވެސް

    46
    1
  5. މަާމަލް

    ކޮންމެ މަޖިލިސް މެންބަރެއްގެ އެއްމަހުގެ މުސާރަ ލަންކާއަށް ހަދިޔާ ކުރުން ކީއްތޯ
    މީ ހަމަ ހެޔޮ ހިތުން ބުނި އެއްޗެއް

    50
  6. ސޮއްބެ

    ވެރިކަމަށްވެސް ފުރަގަސްދީ އިސްތިއުފާ ވެސް ކަލޭ ދިނީމެއްނު

    38
  7. ށުމަން

    މީނަ މިފަހަރު އޮރިޔާން ވާނެ ލަންކާ ރައްޔިތުން ކުރިމަތީ. މި ކޮމެންޓް ސްކްރީން ޝޮޓް ކޮއްފަ ބެހެއްޓި އަސް ހެޔޮ. މިބުނި ގޮތަށް ނޫނީ މިކަން ނުނިމޭނެ. ޢަދި މިކަމުން ބޯދަމައިގަން ނަން މީނަ ވިއްކާލާނީ ދިވެހި މައުސޫމް ރައްޔިތުން ގެ ބޮލުގަ ކޮންމެވެސް ކަމެއް އަޅުވާފަ!

    36
    2
  8. ހުސޭނުބޭ

    އަދިވެސްނޭގޭދޯ ތިމަންނަގެސައިޒް އަމިއްލަ ޕާޓީންވެސް އެއްލާލާފަ އޮތްއުނބެއްތީ!!!!

    40
  9. Anonymous

    މީނާ މިގައުމުން ބޭރުކުރޭ.

    30
  10. ކަނބިލބި ކުޑައާދަނު

    އަނހަ... ބާކީވީ ދޯ؟ އެލްޑީބެ

    30
  11. މުހަންމަދު

    ރާކަނިމަސް ކެވިފަ ހުންނާނީ...ކީއްވެބާ ހާރޑިންހަމް ފަދަ މީހުން މެދުވެރިކޮށް މަސައްކަތް ނުކުރަނީ، ކޮބައިބާ އޭރު ރާއްޖެއަށް ދަތިކުރަން އުޅުނު ލަންކާއަށް އުފަން ނަރިޖުދޭވާމެން ކަހަލަ މީހުން....

    36
  12. ފރތމ

    މަސައްކަތްތަކެއް ކުރައްވައިފި. އަދި ކާމިޔާބުވާނެ ﷲ އިރާދަކުރެއްވިއްޔާ.

    6
    18
  13. ރަން ރީނދޫ

    ސައޫދީ އަށް ހަޖޫޖަހައި ،މުސްލިމުންނަށް ފުރައްސާރަ ކުރާ މީހެއް އަންނިއަކީ. މި ކޮހުންނަށް ހީވަނީ އަރަބިން ނަކީ ވެސް ކޮސް ވަރަށް ނާތަހުޒީބު ބަކަރި ހުއިހައްޕާ ޖަމަލު މަތީ އުޅޭ ފަގުޑިންކަމަށް ޓުވީޓް ކޮއްކޮއްފަ،ބޮނޑިއެއް ލިބުނީމަ،ސަލާންޖަހަންވެސް މި ޖެހެނީ ވައްހާބީންކައިރިން. ލަންކާ އަކީ ވެސް ހަލާލް ސެޓްފިކެޓް ބާތިލްކޮއް ސައޫދީއަށް ޖެއްސުން ކުރި ބައެއް. އެ ގައުމުގެ މީހަކަށް މަރުގެ ހުކުމް ތަންފީޒުކުރުމުން. ބަލަ ގައުމުތަކުގެ ގާނޫނަށް ބޯލަނބައިގެން އެ ގައުމެއްގައި އުޅޭނީ. އަދި ގޮސް މިއުޅެނީ ވެސް ވަޒީފާއެއް ގައުމުން ނުލިބިގެން ކަން ހަނދާން ބަހައްޓަން ރަނގަޅު.

    44
  14. Anonymous

    ދެންވެސް ކަލޭ މއިތިރިވެ ހުރެވޭތޯ ބަލާ

    31
  15. އާދަންބެ

    ރަނިލް ހީކުރީ ނަޝީދުއަކީ ބައިނަލް އަގުވާމީ ފިގަރއެއް ކަމަށްތަ ނަޝީދު ބުނެގެން ގައުމުތަކުން ލަންކާއަށް ފައިސާ ހޯދަން؟ ނަޝީދުއަކީ ބައިނަލް އަގުވާމީ ޖޯކަރެއްގެ ގޮތުގައި ހުރި މީހެއްކަން ރަނިލްއަށް ނޭނގުނު؟ ނަޝީދުއަށް ލަންކާއަށް އެހީ ހޯދޭނީ ފުރަތަމަ މިރާއްޖެއަށް ދިމާވެފައިވާ ފައިސާގެ މައްސަލަތައް ހައްލުކުރެވިގެން ނޫންތަ؟ ނަޝީދުގެ ޕާޓީގެ ސަރުކާރެއުގެ ދަރަނި 100 ބިލިއަނުން މައްޗަށް ގޮއްސަ އޮތްއިރު އެކަން ހައްލު ނުކުރެވޭ މީހަކަށް ލަންކާއަށް އެހީ ހޯދަދެވޭނެ؟؟ ހެހެހެހެހެހެ.

    45
    1
  16. ލޮލް

    ބައިނަލްއަގުވާމީ މުޖުތަމައުން މިހާރު މީނާ ބަލައިނުގަންނަނީތަ؟

    33
  17. ޑައެލޯގް

    ބަލަ ސައުދީންވެސް ލާދީނީމީހަކު ގުޅީމައެއް އެހީއެއްނުވާނެދޯއެވެ. އަދި އެއްވެސް ޕްލޭނެއްވެސްނެތްމީހަކު ގުޅީމަވާގޮތްމިވީއެވެ.

    37
  18. ދަރަނި ދަންތުރަ

    އަދިވެސް މަވަރެއްނެތިގެން ތެޅިއަރުވާތި ކެނެރީގޭ ނަސީދު ދައްނަ މީހުން އަރަބި އިސްލާމީ ގައުމުތަކުގައި ނޫޅޭނެ މޮޔަނުވޭ

    37
  19. Anonymous

    ބަލަ މިހާރުއެގޭނެމި ރީދޫކުލައެކީފަޅިކުލަކަން މިސަރުކާރާގުޅެނީވެސްއިންޑިޔާގެ މޯޑީ މިކަލޭގެޔަކީއިސްލާމުންދެކެވަރައްރުލިއަނަމީހެއްކަން މިނަޔައްސަޕޯޓްކުރާނީވެސް މިކަހަލަ ނުބައިވެރިންކަން ސަލްމާނެ

    28
    1
  20. ހުވަދޫ އަލިބެއްޔާ

    މާލޭގެ ފެނުގެ ކާރިސާއަށް 24 ގަޑިއިރު ނުވަނީސް ސައުދީ އިން 1 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިން..

  21. ސދަސދ

    ޑރ. ޝަހީމް( ކުރީގެ އިސްލާމިކް މިނިސްޓަރ) ތިކަމަށް ލަންކާއިން އައްޔަންކުރިނަމަ ކާމިޔާބުވީސް.
    މުސްލިމުންނަށް ޖެއްސުން ކުރާ ގައުމަކަށް އެހީހޯދަން މުސްލިމް ގައުމުތަކުގައި އެދެންވާނީ ދީނާއި ބީރައްޓެހި މީހުން މެދުވެރިކޮށެއްނޫން.
    ޝަހީމް އުޅުއްވިނަމަ އިނގޭނެ ދީނީ ކަންތައްތަކުގައިވެސް ބެލެންސެއް ގެންނަނަން މަސައްކަތް ކުރާނެކަން.

  22. ޗަކަ މަރީނާ

    ނަޝީދުއަކީ މިހާރު އެއްވެސް ޗޮއިންސް އެއްނޫން މިހާރު އެއީ ބޮޑު ފޭލިޔާއެއް

  23. ގަލަން ތުނޑު

    ކޮބާ އަތަށް ގޮވީދޯ

  24. Anonymous

    އަރަބިންނަށް ބަވާފަ އެމީހުންގެ ފައިބުޑަށް ވެއްޓިގަނެގެން

    11
  25. އަޙްމަދު

    ދެންވިސްނާ މީނާ ވެރިކަމަށް އައިއްސިޔާވާނެ ގޮތް!

    11
  26. ކަމަނަ

    ޢަދިވެސް މައިތިރިވާން ނޭނގޭތަ؟ ކަލެއަށް އެހީދޭނީ މޯދީ އެސޮރަށްގުޅާ

    11
  27. ދިވެހިދަރި

    އަމިއްލަގައުމުގެ ވެރިކަންކުރަން ނޭގުނުމީހަކަށް އެހެންގައުމަކަށް ކަމެއްކުރަން އެނގިދާނެތޯ
    ސަޢުދީން ފުރަގަސްދިނީތޯ ނޫނީ ސަޢުދީންވިސްނުންތެރިކަމުގެ ފިޔަވަޅެއްއެޅުއްވީތޯ މިހެން
    ބުނަންޖެހުނީތިބޭފުޅާގެ ގައުމުމިހާރުވަނީ މިނިވަންކަންގެއްލި ދަރާވިކިގައުމުގެދަރިން ބަނޑަށް
    ޖެހޭހާލަތުގައި ވީމާ، އަމިއްލަގައުމު މިހާލަތުންސަލާމަތްކުރަންނޫޅުއްވާ އެހެންގައުމަކަށް ފައިސާހޯދަން ޖެހޭ ސަބަބެއް ސަޢުދީންވެސް ވިސްނަވާނެ ދިވެހިބައެއްދަރިންވެސް ސަޢުދީންވެސް މުޅި އިސްލާމީ އުއްމަތްވެސް ކަންބޮޑުވޭ ރަސޫލާއަށް ހަޖޫޖެހިމައްސަލަ މަޖިލީހުން ބޭރުކޮށް އެކަމާ ދެކޮޅުހެދުން މެޖޯރިތީ ލިބިފަވާ ތިބޭފުޅާ ރައީސްކަންކުރައްވާ
    މަޖިލީހުން ފުރަގަސްދިނުން

  28. ނުރަބޯ

    ހޫނ. އެއްކަލަ މަރުމޯލުންގެ ސަރުދާރުދޯ. ލަދުން ބޯހަލާކު.