ތަކެތީގެ އަގު އުފުލެމުން ދިޔަ ނަމަވެސް ސަރުކާރުގެ ސިޔާސަތު ތަކުގެ ސަބަބުން އެކަން ރައްޔިތުންނަށް އިހްސާސް ނުވާކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް މާލިއްޔަތު ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން މެންބަރު ސައްލެ ވިދާޅުވީ، ފެންނަމުން ދަނީ ފިނޭންސް މިނިސްޓަރުގެ އަތަށް ބާރުތައް ނެގުމަށް މަސައްކަތް ކުރަމުން ދާ މަންޒަތުއް ނޫން ކަމަށާއި، ސަރުކާރާއި ވަޒީރުގެ ބޭނުމަކީ ޗެކް އެންޑް ބެލެންސް ގެނައުމާއި ބާރުތައް ދޫކޮށްލެއްވުން ކަމަށެވެ.

ސައްލެ ވިދާޅުވީ، މިހާތަނަށް ސަރުކާރުން ގެނެސްފައި އިސްލާހުތަކަށް ބެލުމުން ފެންނަނީ ރާއްޖޭގެ އިތުބާރު ގެއްލިފައިވާ މާލީ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާތަން ކަމަށެވެ. އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގައި ތަކެތީގެ އަގު މައްޗަށްދާކަން ފާހަގަކުރައްވާ ސައްލެ ވިދާޅުވީ ރާއްޖޭގައި ވެސް އިންފްލޭޝަން އޮންނާނެ ކަމަށާއި ދުނިޔެއަށް ދިމާވާ ކޮންމެ ދައްޗެއްގައި ރާއްޖެއިންވެސް ތަހައްމަލުކުރާނެ ކަމަށެވެ.

"އެހެންނަމަވެސް ތެލުގެ އަގު ބޮޑުވާކަން ދިވެހި ރައްޔިތުންނަށް އެބަ އިހުސާސް ކުރެވޭތޯ؟ ކާބޯތަކެތީގެ އަގު ބޮޑުވާކަން ދިވެހި ރައްޔިތުންނަށް އެބަ އިހުސާސް ކުރެވޭތޯ؟ އަގު ބޮޑުވޭ، އެއްވެސް ޝައްކެއް ނެތް. އެހެންނަމަވެސް ދިވެހި ސަރުކާރުގެ ވިސްނުންތެރިކަމާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން، ދެފުށް ފެންނަ ސިޔާސަތުތަކުގެ ސަބަބުން މިކަންކަން ހައްލު ކުރެވިގެން މިދަނީ." ސަލީމް ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ ލޯނުގެ ބިރު ރާއްޖެއަށް ނެތްކަމާއި ރާއްޖޭގެ ބިމެއް ދޫކޮށްލަން ޖެހިދާނެކަމުގެ ބިރު ނެތްކަން އިއްޔެ ހާމަވެގެން ގޮސްފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    އޯ ކަލޯ އަށް އިހްސާސް ނުވިޔަސް ރައްޔިތުންނަށް ތިކަން އިހްސާސްވެގެން ގޮވުން ބޮޑުވެގެން ތިހިސާބަށް އެ އަޑު ދިޔައީ. ބޮޑު މުށަރަ ނަގަިއިގެން ފިނިކޮޓަރީގެ ތިބޭ މަދު ބަޔަކަށް އިހްސާސް ނުވެ ހިގައިދާނެ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން ނިހާޔަތަށް ތަކެތީގެ އަގު ވަނީ ބޮޑުވެފަ.

  2. ކުރަފިބޯ

    އޭ ސައްލޭ ކަލޭގެ މުސާރަ ބޮޑު ކަލޭއާއިލާގެ ރަށްޔަތުންނަށް ތަކެތީގެ އަގުބޮޑުވާހެން ހީނުވިޔަސް އަހަރުމެން ދެރަފަގީރުން ތަކެތީގެ އަގުބޮޑުކަމުން މިތިބީ ހަދާނެގޮތް ހުސްވެ ހަރުމުދާ ނުއަގުގަ ވިއްކާލާހިސާބުގަ ކޮންމެހެން އިނގިރޭސިވިލާތޭ އެމެރިކާއޭ ހިންނަވަރޭ ކިޔާނެކަމެއްނެތް މިރާއްޖެ ބަނޑަށްޖެހުމުގެ ކޮޅުމަތި މިވަނީ ފެށިފަ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން.

  3. ނަސީމާ

    އައިޖީއެމްއެޗްގެ ތެރޭގައި ހުންނަ ކުޑަ ކާއެއްޗެހި ވިއްކާތަނުންގައި ކޮންމެ އެއްޗަކުން 03 ރުފިޔާ 04 ބޮޑުވީމާ އަހަރުންނަށް އުދަގޫ

  4. ނާހަމަ ތެދެއް

    މިއުޅެނީ އަނގަޔާ އަތާ ދިމާ ނުވެގެން އެހެންވީމަ އިހުސާސެއް ނުވާނެއްނު

    41
    • ތިލަދުން

      ކަލޯ ފާތުމަސަލީމށް ނޭގޭނެ 85000ރ ނަގާގެން ރާއްޖޭންބޭރުން ބޭސްފަރުވާ ކޮޢްލަވާ މިހުނަސްނޭގެނެ އަތްފޮރާފަށުގަ އޮތީ ކަނޑިކެ އަންނަން ބެނުންކުރާ ރޮދިފަށް އެކަނި

  5. އަންތަރީސް

    އަވަހައް ރައްޔަތުންނަށް އިހުސާސްވާވަރަށް ތަކެތީގެ އަގު އަރުވާލާ ފެލިވަރު މަސްދަޅު ކޭހެއް 2500ރ. ޢައް މިއުސޫލުން ހުރިހާ މުދަލެއް އަގުބޮޑުކުރީމަ ރައްޔިތުންނަށް އިހުސާސްނުވެ ނުކެރޭނެ

    33
  6. މުޙައްމަދު

    މިކަލޭގެ އަތުން ފައިން މަސައްކަތެއް ނުކޮށް މަހަކު ލައްކައިން ފައިސާ ހޯދައިގެން ލަގްޒަރީ އުޅުމެއް އުޅޭއިރު ހީވަނީ އެހެންމީހުންވެސް ތިމާފަދައޭ. ބަލަ މިހިރަ ގަމާރާ މި ރާއްޖޭގަ ގިނައީ ގިނަފަހަރަށް އަތާއަނގަޔާ ދިމާނުވާ މީހުން. ބުރިބިނދެންދެން މަސައްކަތް ކޮށްގެން ލިބޭ ކުޑަ އާމްދަނީއިން 3 އިރު ގަރުދިޔައާއި ބަތްވެސް ކާން ނުލިބޭ މީހުން. އަދިވެސް އިހުޞާސް ނުވެޔޯ. ކަލޭ ތިބުނާހެން މިތާ ތިބީ ހިއްސު ކެނޑިފަ ތިބިބައެއް.

  7. ސައްލެހަމަ

    ސަލީމްގެ ވިސްނުން ކޮށިކަމަށް ސާބަސް، ރައްޔިތުންގެ މަޖްލިސްއެއް ނޫން ތީ، ތި ސަރުކާރު މަޖުލިސް، ލިބޭ މުސާރަ ބޮޑު ނުވެ ތަކެތީގެ އަގުބޮޑު ވީމަ ކާކަށް ބާ އެކަން އިހުސާސް ނުވާނީ.. ސައްލެއަށް ލައްކައިން މަހަކު ލިބުނަސް އަހަރުމެނަކަށް ނުލިބެޔޭ.. ބޮޑުވަރު

    37
  8. މެކޭ

    މީނދަ މުޑުދާރު ސަލީމޫ.... ދިވެހި ރައްޔިތުންނަކީ އަޅެ ފަހެ ގަމާރުންތަ؟

    29
    1
  9. ހާލުފޮޅި

    އިޙްސާސް ވިޔަސް ރައްޔިތު މީހާ ޖެހޭނީ ހުރި އަގެއްގައި އެއްޗިހި ގަންނަން.. މޮޅު މީހުނަށް މޮޅުގޮތް ދެރަ މީހުނަށް ދެރަގޮތް

    36
  10. ހައްގުބަސް

    ކަލެއަށް ތަކެތިއަގުބޮޑުވާކަން ނޭގުނަސް އަހަރަމެންނަށް އެބައިގޭ، މީގެދެއަހަރުކުރީގަ ތެލުގައަގު ހުރިވަރާ މިހާރާ، ތަކެތި އަގުބޮޑު ކުރީ އެންމެ ފުރަތަމަވެސް ސަރުކާރުން، މަވެރިން އަތުންމަސް ނަގަނީ ކުރިން ޔާމިނުގެ ވެރިކަމުގަ 22. 20 ރފ ދެމެދުގައަގެއްގަ، މިހާރު 16،17 އެކަމުވެސް މަސްދަޅުވެސް ބޮޑުކުރީ ، މިބުނީ ކުޑަވަރެއް، ގަޅިސައްލޭ!

    26
  11. ހަވާސާ ހާދިސާ

    މިސަލީމު މީހާދަބޮޑު ގަމާރެކޭދޯ ރައްޔަތުން މަގުމަށްޗަށް ނުކުންނަންވީތަ؟ ނޫނީ ލަންކާގެ ރައްޔަތުންގޮތަށް މުޒާހިރާކުރީމާތަ އަގުބޮޑުވާކަން އިހުސާސްކުރެވޭނީ!

    27
  12. ތިރިވެ

    ސައްލެ ހީވާކަހަކަ އަގުބޮޑުނުވެޔޭ އެހެންތަވާނީ ކަޑިކިބުެި ޖަދާންނެތުނީމަ. ސިނެންތި ހިލަ ހިލަވެލި ދަގަޑު ކިރު މަސްދަޅު ކުކިންތެޔޮ ޕެޓުރޯލް ޑީސަލް އެއާތީކެޓް ތަރުކާރީ ނޫޑުލީސް ފައިވަން ބޫޓު ގަމިސް ހެދުން ފަޓުލޫނު މިހެންގޮސް ކިޔާނެކަމެއްނެތް

  13. އަޒްލީފް

    ދުނިޔޭގެ އެމެރިކާ ޖާރމަނީ ޔޫކޭ ފަދަ ފަގީރު ގައުމުތަކުގަ އަދި ތަކެތީގެ އަގު މައްޗައް ގޮސްގެން މީހުން ދަންޖެހުނަސް އަޅުގަނޑުމެންގެ މި ބިޔަ އިގުތިސޯދު އޮތް ގަދަފަދަ ސިނާއީ ގައުމަކަށް އަދި ކަހެރިވަކެއްވެސް ހިތަކަށް ނާރާނެ އިނގޭތޯ. ރާއްޖެއަށް ކިޔާ ހިލަމެއްވެސްވާނީ މުޅި ދުނިޔެ..މުޅި ދުނިޔެ އެއްކޮއް ސުންނާފަތިވާތާ އަދި އެއްގަރުނު ފަހުން އިނގޭތޯ.

    22
    3
  14. ސަހަރޯ

    މީ ބީތާވެފާހުރި މީހެއްތަ

  15. އަބްދޫ

    ތިޔަ ބުނަނީ ދިވެހިން ތިބީ އިހްސާސް ކެނޑިފާކަމަށްތަ؟ބަލަގަ ކުރިން 12 ރުފިޔާއަށް ގަތް އެއްޗެއް 15 ރުފިޔާއަށް ލިބުނީމަ އިހްސާސް ނުވާ ވާހަކަ ބުނީމަ އެކުރެވެނީ ފުރައްސާރައެއް. ރައްޔިތުންނާ ދިމާލަށް އެގޮވަނީ ގަމާރުންނޭ.

  16. ރައްޔިތު

    ކައިގެން ހުންނަމީހަކައް ނުކައިތިބޭ ބައެއްގެ އިހުސާސެއް ނުވާނެ މިއައްވުރެން ތަކެތި އަގުބޮޑުވި ސަރުކާރެއް ނުދެކެން

  17. ޙަަަހަ

    ބަލަ ރައްޔިތުންނަށް އިހްސާސް ވޭތޯބަލަން ވޯޓެއްލާބަލަ ، ވާއިހްސާސް ފެންނާނެ ، މިޤައުމު ރައްޔިތުންނަކީ އިސްލާމީ ރިވެތި އުޞޫލުތަކަށް ތަބާވާބައެއް ، ހަމަ ކަމެއްވާއިރަށް އަރާގަންނަ ވިސްނުމުގެ ބައެއްނޫން ، އެކަމަކު ތިހެން ހީވާނަމަވެސް ޖެހޭ އިސްތިއުފާދޭން

  18. ޝައްމު

    ސައްލެ. ކަލެޔަށް މިލިޔަނުން ފައިސާ ލިބޭނެ ދޮރު ހުރީމާ ކަލެއަށް އޯކޭވާނެ ބާޒާރުގައި 100ރ އަށް ފިޔާކިލޯއެއް ހުއްޓަަސް. އޭތި ކަލޭ ގަންނާނެ. އަހަރެމެން މިތިބީ މީގެކުރިން 9ރ އަށް ފިޔާކިލޯ ގަނެގެން ކައިފަ. ދުވަސްސުވަސްކޮޅުން އަގުއަރުވަމުން މަތިކުރަމުން ކަލޭމެން ތިދަނީ. ކަލެއަކީވެސް މިހާރު ބޭރުން މުދާ އެތެރެކުރާ ވިޔަފާރި ވެރިއެއް. ކަލޭމެން ގޮނޑި ހޯދުމަށް ވާހަކަދެއްކިއިރު މިހީވަނީ މުސައްލަމަތީގަ ސާފު ހުދު ކަފަކޮޅެއް ކަހަލަ މީހަކު ހަތިމް ނަގައިގެން އިންނަހެން. ކަލޭމެންގެ އަސްލު ސިފަ އަހަރެމެންނަށް މިހާރު ފެނި ދަސްވެއްޖެ. އަހަރެމެން ރައްޔިތުންގެ ޖީބުތަކުގެ ފޫގޮއްސި

  19. ޑައެލޯގް

    ސައްލޭ ކަލޭ ޒުވާންވާންވެގެން ބޮލުގައިސްތަށިއިންދާފައިހުރި މީހަކަށް އިޙްސާސް ނުކުރެވޭނެއެވެ.އިންޑޯ މިލްކްކޭސް 145 އިން 185އަށް ނޫޑްލުސްކޭސް 118ން 145 އަށް ސޯކްލިން 230 އިން 265އަށް ސިމެންތި 98ން 135އަށް ވީމާ ސައްލެއަކަށްނޭގޭނެއެވެ. އަދިބުނަންތަ ބޯކަޅުކުރިއަސް ރޫތަކާހެދި ފެންނަލެއް ޒުވާނެއްނޫނެވެ.

  20. ކަލްޓް

    މީ ކާކު ހޮވައިގެން އުޅޭ ނާއޓެއްތަ، މިވެސް މެންބަރެކޯ!!!

    • ގަބުޅި ކަތީބު

      ތިޔަތާ އުޅޭ ގިނަ މީހުން ބޮންޑޭމެން ކަހަލަ ގަބުޅި މެމްބަރުންނަށް ވުރެ ސައްލެ ވެސް ފޮންޏަސް ރަގަޅުވާނެ ކަމަށް ހީވޭ. އެއީ ތިމާވެށީގެ ރޮގުން ނަމަވެސް ކިޔަވައިގެން ހުރިމީހެއް ސައްލެއަކީ. ފޮނިވާނެ ވަރަށް އެއީ ހޯރަފުށީ މީހެއްނު