ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު ހޯރަފުށީ ދާއިރާާގެ މެމްބަރު އަހުމަދު ސަލީމްގެ ދިފާއުގައި ނުކުމެއްޖެ އެވެ.

އެއް ޖިއްސުން ގުޅުން ހިންގުމާއި ބަދަލު އަހުލާާގީ އަމަލު ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތަކެއް މިިދިޔަ މަހުން ފެށިގެން ދަނީ ލީކުކުރަމުންްނެވެ. ލީކުވި ވީޑިއޯއެއްގައި ނަސީރު ކަމަށް ބެލެވޭ މީހަކު ވެސް ފެނެއެވެ.

އަދި ނަސީރުއާ އެކީ ފެންނަނީ މެމްބަރު ސަލީމްކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށް ބުނެ ދިޔަރެސް ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަަވެސް އެ ވީޑިއޯގައި ދެވަނަ މީހާގެ މޫނެއް ނުފެނެއެވެ.

ސަލީމްއަކީ ރާާއްޖެ ޓީވީގެ އެއް ހިއްސާދާާރު އަދި ޓީވީގެ މެނޭޖިން ޑިރެކްޓަރުވެސް މެއެވެ.

ނަސީރުގެ ވީޑިއޯ އާންމުވުމާއެކު އޭނާާ ވަނީ ޓުވިޓާ އެކައުންޓް ޑީއެކްޓިވޭޓްވެސް ކޮށްފަ އެވެ. ނަމަވެސް ރޭ ކުއްލިއަކަށް ޓުވިޓާ އެކްޓިވޭޓް ކުރުމަށް ފަހު ވަނީ ދިޔަރެސް ނޫހުން ސަލީމްއާާ ގުޅޭ ގޮތުން ދެއްކި ވާހަކަ ދޮގުކޮށްފަ އެވެ. އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވަނީ ބުނެފައެވެ.

"އަޅުގަނޑު ރާއްޖެ ޓީވީގައި ހަރް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށް ވަކިވިިތާ ދޮޅު އަހަރުވެއްޖެ، ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު ސަލީމް ހުރިހާ މުވައްޒަފުންނާއި ވެސް ބާއްވަވާފައިވަނީ ޕްރޮފެޝަނަލް ގުޅުމެއް" ނަސީރުގެ ޓުވީޓުގައި ވެއެވެ.

ސަލީމްގެ ދިފާއުގައި ނަސީރު ނުކުތް ނަމަވެސް ލީކުވި ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެފައެއް ނުވެއެވެ.

ނަސީރު ޓުވީޓު ކުރުމަށް ފަހު އަނެއްކާ ވެސް ވަނީ ޓްވިޓާއިން ގެއްލިފައެވެ.

ނަސީރުއާއެކު ފެންނަނީ ސަލީމްކަމަށް ދިޔަރެސް ނޫހުން ރިޕޯޓްކުރުމުން ސަލީމް ވަނީ އެ ނޫހުގެ މައްޗަށް ދައުވާ ކުރަން ވެސް ނިންމައިފަ އެވެ.

ނަސީރު ފެންނަ ކަމަށް ބެލެވޭ ވީޑިއޯއާއެކު އެންމެ ގިނައިން ލީކުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަލަމްގިރި އާއެކު ދިވެހީންތަކެއް އެއް ޖިއްސުން ގުޅުން ހިންގާ ވީޑިއޯތަކެކެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާތިން

    ކޮންމެ ވެސް ރިޗީރިޗް އެކޯ. އެއީ ނ.ވެލިދޫ މީހެއް ކަމައްވަނީ..

    20
    2
  2. ޢަހްމަދު

    ކިހާވަރެއް ދީގެންތޯ 10 މިލިއަން ހޯދޭނީ؟

    25
    1
  3. ސަލް

    ދެން އަނެއްކާ އެއީ ކާކުކަން އެނގެން އިން ވީޑިއޯ އެއް ނެރެލާފިއްޔާ ކީކޭބާ ބުނާނީ. އޭރުން ބިޒްނަސް މީޓިން އެކޭ ނުބުނެވޭނެކަންނޭނގެ.

    25
    2
  4. ސޯލޭ

    ތީހަމަ ރަތްލާޖެހި އަލަމްގިރި ތަކެއް ހަހަހަ

    21
    1
  5. ޖާބެ

    އިބޫގެ ވެރިކަމުގަ އިމްރާނުގެ މިނިސްޓަރުކަމުގަ ގައުމު ސަދޫމައްވެއްޖެ

    19
    2
  6. ސުމަން

    ދެ މީހުންނަށް އޯލަމް ގޭ ރު ތަހުނިޔާ ފޮނުވާ

    8
    2