އަވައްޓެރި ސްރީލަންކާ މިހާރު އޮތް ހަލަބޮލި ހާލަތުން އަރައިގަތުމަށް ބޭނުންވަނީ ހަރުދަނާ ތަޖުރިބާކާރު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލަންކާގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މިއީ ލަންކާއަށް ވަރަށް ދަތި އެހާމެ ހަލަބޮލި ދުވަސްވަރެއް ކަމަށެވެ. އަދި ލަންކާގެ އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ބޭނުންވަނީ ހަރުދަނާ ތަޖުރިބާކާރު ބޭފުޅެއްގެ ލީޑާޝިޕް ކަމަށާއި، ކުރިއަށް އޮތްތަނުގައި ލަންކާއަށް މިހާރު އޮތް ހާލަތުން އަރައިގަނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ލަންކާ ބަނގުރޫޓްވެފައި ވަނިކޮށް ލަންކާ އަށް ބޭރުގެ އެހީ ހޯދުމާއި ނަޝީދު މެއި މަހުގެ 19 ވަނަ ދުވަހު ހަވާލުވެ ވަޑައިގެންނެވިއެވެ. ނަމަވެސް އެމަނިކުފާނުގެ މަސައްކަތުން އަދި މިހާތަނަށް ލަންކާއަށް އެއްވެސް އެހީއެއް ހޯދިފައެއް ނުވެއެވެ.

ލަންކާގެ މަންދޫބެއްގެ މަގާމަށް އައްޔަންވެ ވަޑައިގެންނެވުމަށްފަހު ނަޝީދު ދެފަހަރެއްގެ މަތިން ލަންކާއަށް ވަޑައިގެން އެގައުމުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ މަޝްވަރާތައް ވެސް ކުރިއަށް ގެންދެވިއެވެ.

ލަންކާގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާއިރު، އެގައުމަށް ބޭނުން މުހިންމު މުދާ އެތެރެކުރުމަށް ބޭރު ފައިސާވެސް ވަނީ ހުސްވެފައެވެ. މީގެ ސަބަބުން ލަންކާ ރައްޔިތުން ދަތިދުވަސްތަކާއި ކުރިމަތިލަމުންދާތާ އެތައް މަހެއް ވަނީ ވެފައެވެ.

ލަންކާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އެ ގައުމުގެ މުހިންމު ތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެގޮތުން ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ރަސްމީ ގެކޮޅާއި ރައީސް އޮފީސް ވެސް އޮތީ އެމީހުންގެ ބާރުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަލިބެ

    ހުސްވާނެ ކަމަށް ބެލެވޭ ރައީސްގެ މަގާމް މީނަކަހަލަ ތަޖްރިބާކާރަކަށްދީ އަދި ބޮޑުވަޒީރުކަމަށް މައުމޫނު ލީމާ ތިތަން ހިގައިގަންނާނެ

    21
    • We

      މިގޮލާ ބޭނިގަންނަ ކޮންމެ ތަނެއްގެ ވެރިކަން މިކަހަަލަ ގޮތަކަށް ނިމިގެންދަނީ 7ފެބްރުއަރީގަވެސް ބޯބުރަންތި ވެގެން އިސްތިއުފާދީފަ އަނެއްދުވަހު ނިކުމެ މުޅިގައުމުގާ ހުޅުޖެހި ޓެރަރިސްޓެއްތީ

      26
      1
  2. ޒާ

    ނަޝީދު ކަލޭތީ އެންމެ ތަޖުރިބާ ހުރި އިކޮނޮމިސްޓް. ދޭބަލަ. ލަދުން ބޯފަޅައިގެން ދާވަރުވޭ.

    29
    1
  3. އަލީ މައުސޫމް

    ކަލޭ ދާންވީނު ޕްލީޒް

    24
    1
  4. ބަކުރުބެ

    މަނިކުފާނު ފަދަ ބޭފުޅެއް ދެއްތޯ؟

    20
    1
  5. ވާނުވާބެ

    ކިހާބޮޑު ބލއއ މީ، އަނގަމަޑުން ލައިގެންހުރީމަ ކަލޭ ގައިން ބައެއް އުނިވަނީތަ، ކަލޭގެ އެހީތެރިކަމެއް އެމީހުން ނޫޅެ ބޭނުން ވެގެނެއް، މޮޔައެއްގެ އުނދަގުލަށް ވުރެ މީނަގެ އުނދަގޫ ބޮޑު

    16
    1
  6. ސުވޭބު

    މިސްޓާރ ސްޕީކާ އިންޓަނޭޝަނަލް. . ޔޫ އާ ދަ އަން. ގޯ ގެޓް އިޓް ޑަން ! 😂. ކޮސްބެ.

    18
    1
  7. މަކަލޭލީ

    ކަލޭ ކަހަލަ ތަޖުރިބާ ކާރެއްތަ؟ ނޫނިއްޔާ ތިޔަ ކަހަލަ ރޯނު އެދުރެއްތަ؟

    18
    1
  8. Anonymous

    ހަމަހޭގަނެތަސް މީބޮޑުވަރު !! މީނައަށް ސަޕޯޓްކުރާ ބީތާއިންނަށް ހަމަސާބަސް

    17
    1
  9. އަހުމަދު

    ދެން އަވަހަށް ދާންވީނު؟ ތިވަރުގެ ރޯނުއެދުރަކު ނެތްވިއްޔަ ދުނިޔޭގަ.

    16
    1
  10. ނަގާގަތްކަތީބު

    ތިމާމީހާ މާމޮޅު ތަޖުރިބާ ކާރަކަށްވެގެން އަމިއްލައަށް އެދިގެން ތިޔަހުރީ ލަންކާއަށް އެހީ ހޯދާ ދީފައެއްނު. އެހެންވީމާ ލަންކާ ރައްޔިތުން ބޭނުންވަނީ ކަލޭ ލަންކާގެ ވެރިއަކަށްހަދަން. އެމްޑީޕީގެ ހުރިހާ މަޖިލިސް މެމްބަރުންގޮވައިގެން އަވަހަށް ލަންކާއަށްގޮސް އެތާނގެ ވެރިކަމާ ހަވާލުވޭ.

    9
    1
  11. ޢަލީ

    އެމީހަކީ ނަޝީދު ދޯ،

    10
    1
  12. ބުއްޅަބޭ

    އައްދޭ ކަލޭގެ ތަޖްރިބާ ހުރީމަ އައްޔަން ކޮއްފައެއްނުންތަ ހުރީ. ހުޅުގެ މީހެއްވީމަ އެކަން އެބަފެނޭ ލަންކާއިން

    11
  13. އަލަމްގިރި

    ކޮބާތަ ކެނެރީ ގޭ ނާޒިމު އަބުދުއް ސައްތާރު މިހާރު

    12
  14. ހަހަ

    ޔޫ މީން ޔޫއޭދޯ 😂😂

  15. ރަދީފްއޮފިޝިއަލް

    ކަލޭ ދޯ އެ ތަޖުރިބާކާރަކީ؟؟؟ ލަދު ކޮބާ؟؟

    11
  16. ދޯހަޅި

    ހާލަތުން އަރުވާން ކަލޭ ދާންވީނު

  17. އިސްލާހު

    މީނަ ލާންވީ ފަޅުރަށަކަށެވެ. ރަށުގެ ކަތީބަކީ ވެސް މުދިމަކީވެސް ރައީސަކީވެސް ދެން ރަށުގައި ނަންކިޔޭ ހުރިހާ މުއައްސަސާތައް އަޅާ އެހުރިހާ ތަނެއްގެވެސް ވެރިއަކަށް މީނަ ލައި ރަށުގައި އުޅޭ ހުރިހާ ވަލުޖަނަވާރުން ނަކީ މީނާގެ ވަފާތެރި ރައްޔިތުން ކަމަށް ހަދައިގެން އުޅޭނީ އެވެ. އޭރުން މީނާގެ ބަސް ވިކޭނެއެވެ. މިފެންވަރުގެ މީހަކަށް ރަނގަޅުވާނި އެކަހަލަ މާހައުލެެއް ކަމަށް ފެނެއެވެ.

  18. ޔހގ

    މަ ހީކުރީ ކަލޭތީއެކަހަލަ ކާރެއް ކަމާ ށް

  19. ނައްޓާލަންވީނުން

    ގައުމު ތަކުގެ ބޮޑުވަޒީރު ކަން ހުސްވާއިރު މި ބީތ ކީއްވެބާ މިހުންނަނީ ބަލަހައްޓާގެން

  20. އަހަންމަދު

    ހާދަހަޔާތްކުޑަމީހެކޭމީ!

  21. Anonymous

    ތަޖްރިބާކަރަކްގެ އެހީ އެއޮތީ ލިބިފަ. ދެން ކަނޑްކޮހެއްގެ އެހީހޯދަންވީ.