އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް އާންމުވެ ހޫނު ފެނަށް ވެއްޓިފައިވާ ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އިއްޔެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ޝިފާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން ފުލުހުން މީގެ ކުރިން ވިދާޅުވީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެމައްސަލައިގައި ޝިފާ އާއި މިހާތަނަށް ފުލުހުން ސުވާލެއް ކުރިކަން ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޝިފާ އާއި އިތުރު އަންހެނަކު ބައިވެރިވެގެން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށީ މިިދިޔަ މަސް ތެރޭގައެވެ.

އެ ވީޑިއޯއާ ގުޅިގެން ޝިފާ ބުނީ، މީސް މީޑިއާގައި ދައުރު ވަނީ "ޑީޕް ފޭކް" އެޑިޓް ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އޭނާގެ އަގުވައްޓާލަން ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޝިފާ ބުނެފައި ވެއެވެ.

ޝިފާ އެހެން ބުނި ފަހުން ވެސް އޭނާގެ އިތުރު ވީޑިއޯތަކެއް ލީކްވިއެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ ރާއްޖޭގައި ބޮޑު އަދަބެއް ކަނޑައަޅާފައިވާ ކުށެކެވެ. ގާނޫނު ބުނާ ގޮތުން އެއްޖިންސުން ގުޅުން ހިންގާ މީހާ 16 އަހަރަށް ޖަލަށް ލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ن♥️

    އަދި ކިރިޔާ ދޯ ޕާސްފޯޓް ހިފެހެއްޓޭ ވަރުވީ 😡

    31
    4
    • އިބްރާހިމް

      އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ލިވާތުގެ މައްސަލާގައިކަމެއް ނޭނގެ. އަލަގިރިވެސް ހައްޔަރުކުރީ ލިވާތުގެ މައްސަލައިގައެއްނޫނެވެ. ވީޑިއޯއެއް ހުއްދަނެތި ނެރުނު މައްސަލާގައި.

  2. ހެޔޮނުވާނެއޭ

    ލިވާތޭ މެން ހައްޔަރު ކުރޭ ޕާސްޕޯރޓެއް ނޫނޭ ހިފަހައްޓަންވީ ތިޔާއީ ރައްޔިތުންނަށް ފެންނަ ތަނެއް ގައި ރަޖަމް ކުރަން ޖެހޭނެ މީހުންނޭ އެއިރުން އަންހެން ކުޅި އާއި ފިރިހެން ކުޅި ކުޅޭ ވެރިކަން ކުރާ ޕާރޓީގެ ދީން ގަބޫލު ނުކުރާ މީހުންނަށް ފިލާވަޅެއް ލިބިގެންދާނެއޭ ތިޔާ ޝިފާ ރާއްޖޭގައި ބަހައްޓަން ހެޔޮ ނުވާނެއޭ ރާއްޖެ އަށް ނުރައްކާތެރި އުދައެއް ވެސް ތިޔާ ޝިފާ އާއި ކެނެރީގެ ނަޝީދުގެ އެކެބަނޑެ ބެއްޔާ ގެ ސަބަބުން އަރާފާނެއޭ ހެޔޮނުވާނެއޭ ތިޔާ ޝިފާ މާލޭގައި ވެސް ބަހައްޓަން މާލެ އަށް ކޯފާ އެއްވެސް އަތުވެދާނެއޭ ހެޔޮނުވާނެއޭ އޭނާ މާލޭގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ

    13
    4
  3. އިސްމާއިލް

    ކީއްވެތަ އެއްޖިންސުން ގުޅުންހިންގި ޝިފާއޭ ނުލިޔުނި

    31
    5
  4. ޙޙ

    ޙ

    5
    2
  5. ހަސަންކޮއި

    ޝިފާ އާއެކު އެކުރިކަމެއްކުރި އަނެއް އަންހެންކުއްޖާ ކޮބާ؟ ޝިފާ އާއި އެމަންޖެއާ ކުރީ އެއްކަމެއް. ދެމީހުންވެސް ހަމަހަމަ. ކީއްވެ އޭނަގެ ޕާސްޕޯޓް ނުހިފޭއްޓީ؟ ކީއްވެގެން އޭނަގެ ވާހަކަ ނުދައްކަނީ؟

    33
    1
  6. އަހްމަދު

    ދެންކޮބާ އަނދުންހުސެން އެފޮޓޯގަ މާރިޔާދަރި އޮތީމައެކަންނުބެލެނީތޯ

    22
    2
  7. އިންސާފުގެ ދަތުރުވެރިޔާ

    ކީވެ ވީޑިއޯގަ ފެންނަނީ ޝިފާ އެކަނިކަން ޔަގީންވެ ފިޔަވަޅުއަޅަނީ؟ ކީވެ އަންނި ކޮއްކޮ ނާޒިމް އަދި އޭނާގެ ޕާޓީ އަނދުން ހުސޭނުގެ ވީޑިއޯތަކުން އެމީހުން ކަން ޔަގީން ނުވަނީ ؟

    މީ ސީދާ އަންހެނުން ތަފާތުކުރުން. ކޮބާ ހޭކެނޑިފަ އަންހެނުންގެ ހައްގުތަކަށް ހަމަހަމަ ކަމަށް ގޮވާ ހިތްތަކަށް އެރި އަންހެނުންތައް ؟ ނިކަން ނުކުމެ ހުސޭނުއާ ނާޒިމަށްވެސް ފިޔަވަޅު އަޅަން ގޮވާބަަލަ

    24
    2
  8. Anonymous

    ކުރީގައި ތިބީ ޙައްޖުގައި ނޫންތަ
    ކަންކަން ކުރެވޭ ހިސާބަށް އައީމަ ނޫންތަ ކުރެވޭނީ

  9. Anonymous

    ނިކަމެތި އަންހެނަކަށް ވީތީ ޝިފާ އަށް ތިހެން ހެދީ. ކޮބާ އުފާ އާއި ވެލެޒިނީ؟ އެމީހުންގެ ޕާސްޕޯޓު ނުހިފަހައްޓަނީ ކީއްވެ؟

    8
    1
  10. އަދުހަމް

    ދީނަށް ފުރައްސާރަކުރާ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މައްސަލަތައް ބެލުމުގައި މި ސަރުކާރުން ފަސްޖެހެނީ ދޮންމީހުން ރުއްސަންވެގެން ބާ؟ ރާއްޖޭގެ ގާނޫނު ކޮންމެ ގޮތަކަށް އޮތަސް ތިމަންނާމެންނަކީ ކަލޭމެންގެ ފިކުރުގެ މީހުންނޭ ބުނަންވެގެން ބާވައެވެ؟ އެކަމަކު ބުނަން ގާނޫނުތައް ތަންފީޒުކުރަން ނުކުރެމަކީ ތިމާމެންގެ ފިނޑިކަމާއި ނޭއްގާނީ ކަމެއްކަން ފުރަތަމަ ގަބޫލުކުރޭ. ގުޑު ގަވަރނަންސާއި ޑިމޮކްރަސީއަކީ ރޫލް އޮފް ލޯ. މި ސަރުކާރަކީ އެއްވެސް ކަމެއްގައި ގާބިލުކަމެއް ނެތް ފިނޑި ކޮރަޕްޓް ފެއިލްވެފައި އޮތް ބައިގަނޑެއް.

  11. ނާފިޒު

    އަލްފާލިލާ ކިރުބޯ ޝިފާ

  12. އަހައްމާ

    ފުލުހުން ނުޖެހޭ ގާނޫނާއި ހިލާފު އަމަލެއް މީހަކު ކުރީމަ އެ އަމަލުކުރީ ކާކުތޯ ބަލާކަށް. އެ އަމަލެއް ހިންގި މީހަކު ހޯދާއި ތަހުގީގު ކުރުން ފުލުހުންގެ މައްޗަށް އޮންނަނީ. ސަރުކުާރުގެ ހައިޕްރޮފައިލް ބަޔަކު އެއްޖިންސުން ގުޅުން ހިންގީމަ އެމީހުން ހައްޔަރު ނުކުރެވި އެމީހުންނާއި ދޭތެރޭ ގާނޫނީ ފިޔަވަޅެއް ނޭޅުމަކީ މުޅި ދައުލަތް ފެއިލްވެފައިވާ ކަމުގެ އަލިގަދަ ދަލީލެއް. ފުލުހުން އުވާލަންވީނު އެހެންވީއިރު.