ތުރުކީވިލާތުގައި ހިނގި ބަސް އެކްސިޑެންޓެއްގައި ދިވެހި އާއިލާއަކަށް އަނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އައްޑޫ ސިޓީ ފޭދޫ އަށް ނިސްބަތްވާ އާއިލާއެއްގެ މެންބަރުންތަކަކަށެވެ.

އެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. ދަތުރުގައި ބައިވެރިވީ ދެމަފިރިއަކާއި އެމީހުންގެ ދަރިއެއްގެ އިތުރުން އާއިލާގެ އިތުރު މެންބަރަކަށެވެ. އޭގެތެރެއިން އެކެއްގެ ކޮނޑުހުޅު ބިނދިފައި ވާއިރު އިތުރު މީހެއްގެ ދަތްދޮޅި ބިނދިފައި ވެއެވެ. އެކްސިޑެންޓްގައި އަނިޔާއެއް ނުވަނީ ހަމައެކަނި ދެމަފިރިންގެ ދަރިފުޅަށެވެ.

އެކްސިޑެންޓްގައި އަނިޔާވި އެއްވެސް މީހަކަށް ފުރާނައަށް ގެއްލުން ވާވަރުގެ އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓާއި ގުޅޭ ގޮތުން އަދި މިހާތަނަށް ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް ނުލިބެއެވެ.

ތުރުކީވިލާތަކީ މިހާރު ވަރަށް ގިނަ ދިވެހިން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ގައުމެކެވެ. ތުރުކީވިލާތަކީ ވެސް ބަސް އެކްސިޑެންޓްތައް ހިނގުން ގިނަ ގައުމެކެވެ. މީގެ ހަފްތާއެއް ކުރިން އެގައުމުގައި ހިނގި ބަސް އެކްސިޑެންޓެއްގައި ވެސް ހަމީހަކު މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މ

    މި ފެއިލްޑް ސަރުކާރަށްވުރެ ވަގުތު ނިއުސް ވެސް ގައުމު ހިންގަން ރަނގަޅު.

    5
    3
  2. ހެޔޮ ދުޢާ

    އެކްސިޑެންޓްގައި އަނިޔާވި އެންމެހައި އަޚުންނާއި އުޚްތުންނަށް، ﷲ ފުރިހަމަ ޝިފާއެއް މިންވަރު ކޮށްދެއްވާށި! آمین