ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު 8.1 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމަސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިތިއޯޕިއާއިން ވައިގެ މަގުން ރާއްޖެއައި ދެ މީހެއް ދިރުވާލައިގެން ހަށިހަނޑުގެ އެތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެން ކުރަން އުޅުނު ކަމަށެވެ.

އެ ދެ މީހުންނަކީ އުމުރުން 41 އަހަރުގެ އިނގިރޭސިވިލާތުގެ ދެ ފިރިހެނުން ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

" ޖޫން މަހުގެ 28 ވަނަ ދުވަހު ރާއްޖެއައި އެ ދެ ފަސިންޖަރުންގެ އަމަލުތައް ހުރިގޮތުން އެ މީހުންގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވުނު. ދެން އެ ދެ ފަސިންޖަރުންގެ ހަށިގަނޑު ސްކޭން ކޮށްފައިވަނީ." ކަސްޓަމްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކަސްޓަމްސްއިން ބުނީ އެ ފަސިންޖަރުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ ކޮކެއިން ރައްކާކޮށްފައިވާ ކަމަށް ޝައްކު ކުރެވުނު ކަމަށެވެ.

އެ މީހުންގެ ހަށިގަނޑުގެ ތެރެއިން 220 ޑްރަގް ބުލެޓް ނަގާފައިވާ ކަމަށާއި ޕެކިންނާއެކުގައި އެ އެއްޗެހީގައި 2.328 ކިލޯގްރާމް ހުރި ކަމަށެވެ.

އެ މައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަޖެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަހްގީގުކުރުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެނެރީ

    ސޯލިބޭގެ އޯޑަރަށް ގެނަ ސާމާނު ، މާދަމާ ބުނާނެ ވަރަށް ގިނައިން އެބައަތުލަމޭ

  2. ގަން

    ތީ ތުހުމަތެއް.. މަސްއޫލުވާންޖެހޭ ހުރިހާ ފަރާތަކުން އަވަހަށް ދޫކޮށްލާ...މިއޮތީވާ ގައުމެއް...