މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ "ތިލަމާލެ ބްރިޖު"ގެ ފައުންޑޭޝަން ނުވަތަ ތަނބުތަކުގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. ބްރިޖު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "ވަގުތަށް" ވިދާޅުވީ ބްރިޖުގެ ފައުންޑޭޝަން މަސައްކަތް މި މަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ޖިނާން ފާހަގަ ކުރެއްވި ގޮތުގައި އެފްކޮންސް އިން ފަށަން މިއުޅެނީ، ތިލަމާލެ ބްރިޖުގެ އެންމެ މުހިންމު އަދި ބުރަ މަސައްކަތެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

ފައުންޑޭޝަން ނުވަތަ ތަނބުތައް އެޅުމުގެ މަސައްކަތް ފަށާނީ މާލެ ސަރަހައްދުންނެވެ.

ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ޖިނާން ވިދާޅުވިއެވެ. އެގޮތުން ވިލިމާލެ ކައިރީގައި އާއި ތިލަފުށީގައި ސާވޭ ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ބްރިޖަށް ބޭނުންވާ މުހިންމު ސާމާނުތައް ރާއްޖެ ގެނެވިފައި ވަނީ. އަދިވެސް ބައެއް ސާމާނު ގެންނަން އެބަހުރި، ބްރިޖު މަސައްކަތް ކުރުމަށް އަންނަން ޖެހޭ ހުރިހާ އެންމެން މިވަގުތު ތިބީ ރާއްޖޭގައި،" ތިލަމާލެ ބްރިޖުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ޖިނާން ވިދާޅުވިއެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

ޖިނާން ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް ވެސް ކުރިއަށް ދަނީ ޝެޑިއުލްއާ އެއްގޮތަށެވެ.

ބްރިޖްގެ މުހިންމު ސާވޭއަށް މާލެ އާއި ވިލިމާލޭގެ ކަނޑުއޮޅިތަކުގައި ޕްލެޓްފޯމްތައް ޖަހާ އަންނަނީ ބޯހޯލް ތޮރުފުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ބްރިޖު އެޅުމުގެ ކުރިން ހިނގާ އެންމެ ބޮޑު އެއް މަސައްކަތެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖާއި އެ ސަރަހައްދުގެ މަގުތައް ވަނީ ހާއްސަކޮށްފައެވެ. އެ ސަރަހައްދުގައި ބްރިޖަށް ބޭނުންވާ ސާމާނު ބަހައްޓާނެއެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ޝެޑިއުލްކޮށްފައި އޮތީ މުހިއްމު ދެ ތާރީހެއްގައި މަސައްކަތުގެ ބޮޑު ބައެއް ނިންމާށެވެ. ފުރަތަމަ އޮތީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލުމެވެ. އަންނަ އަހަރު ނިމޭއިރު މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އޭގެ ފަހުން މެއި 2024 އަށް ބްރިޖު ތިލަފުއްޓަށް ގުޅާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރިއަށް ދަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޙާލަތު

    މަ ހީކުރީ މީ މިމަހުގެ ފަހުކޮޅުކަމަށް....

    14
    1
  2. ހުސޭނުބޭ

    އަންނނީ...... ފަށަނީ .... ފެންނަނީ ..... މިހެން ކިޔާތާ 4 އަހަރު. ހަރާން ތިކަން ފެށޭނަމަވެސް.

    22
  3. Happy 123

    ތި ތަނބުތައް އެޅޭނެބާ މި އަހަރު😅

    20
    1
  4. Okay 123

    ކޮބާ ސާވޭނިމުނީތަ!! 😅

    20
  5. ސޮރީ

    3ޑީ ކުރެހުމެއް ރީތިކޮށް ހަދަން ނޭގުނު ބަޔަކަށް ތިވަރު ކަމެ ނުކުރެވޭނެ...ސޮރީ ބުރޯ

    18
  6. ދޯ

    3ޑީ ކުރެހުމެއް ހެދި އިރު ހިނގާފަ އައްނަމީ ހުން މުޑި އަރަނީ ކޮންތާކަށް ތޯ ހުރި އެއްމެން ބަލާބަލަ ...ބޮޑު ތަންބަކަށް ....2 ވަނަ ފޮޓޯ

    11
    1
  7. 3ޑީ

    3ޑީ ކޮށް ކުރަހަން ނޭގުނީމަ ފޮޓޯ ގުޅުވާފަ ހުރީ ވެސް.... ދޯ ފޮޓޯ އެޑިޓް ކުރާ ކުދިން ނަށް އިނގޭނެ

    9
    2
  8. މަނިކު

    ހަތަރު ތަންބު މަށްޗަށް ބުރިޖުގެ ފައިކަށި... ހަރަން ހެޔޮނުވާނެ

    14
    1
  9. ކާނި

    ވައިގަދަ ވި އިރު ބުރިޖު ބޯޓް ވެސް ވިލިނގިލި ނިވަލަވަދެ ފިލީ.... ބުރިޖު އެޅޭނެބާ މިވަރުން

    12
    1
  10. ނަނާ

    ހުސް ނަނާ ހުވަފެން

    15
    1
  11. ދަރަނި ދަންތުރަ

    ކަލޯ ސޯލިބޭ އިންޑިޔާގެ ތިޔަ ގުރޫޕު ގޮވައިގެން ފަރުމައްޗަށް ބޮލިހިލަންދޭ ބަލަ ، މެކުނު ފުމުނަސް ގާހަކަ ޔަކަށް ނުފުމެވޭނެ މީ ވަރަށް ވާހަކަ

    20
    1
  12. އަސްތާ

    ތިވަރުގެކަމެއްމާއަވަސްއަރުވާލައިގެންކުރުން
    ރަނގަޅެއްނުވާނެ
    ބަލައިގެންރަގަޅަށްކުރެހުމުގެމައްސަލައެއްއުޅޭ
    ތޯބެލުމައްވަގުތުދީގެންކުރިއަށްދިއުންރަގަޅު
    ތިބުރުޖްއެޅިޔަސް2ފަހިރަށްވެރިކަމެއްމިހާރު
    ކުނުދޭނެމިފަހަރުބޯގަންވިލާއިންނުކުންނމީހަކަށް
    އރާދަކުރެއްވިއްޔާކާމިޔާބުވާނީ

    4
    1
  13. ނައިރޫ ޟައިހާން

    ތަނބުޖަހާ ނިމިފައެއްނު ހުރީ؟ ބާޖެއްގެ މަތީތިބެގެން ތަނބުޖަހަން ތިއުޅެނީ ޕްލެޓްފޯމްގަނޑެއްވެސް އަޅާލަން ނޭނގުނީމަ! އިންޑިއާ ކޮމްޕެނީން އަޖުމަބަލަން އަޅާ ބުރިޖެއްމީ. ތިމީހުންނަކަށް ތިކަމެއްނުވާނެ!

    16
    1
  14. ޤައުމު

    ލޮލަށް ނުފެންނަ ބުރިޖު
    ބިއްލޫރި ބުރިޖް
    1000 މިލިޔަން ނުވަތަ 1 ބިލިއަން ޑޮލަރު ބަދަލުގެ ގޮތުގާ ދިވެހިންގެ ޓެކްސް ފައިސާއިން
    ގެރިމޯދީގެ ޕަޕެޓް ގުރޫޕަށް ދޭންޖެހޭނެ

    14
    2
  15. ….

    ޖާދުލަކުން ނޫނީ ތިޔަބުނާ ދުވަހަށް ނިންމިދާނެ ކަމާމެދު ޝައްކު…ބުރިޖް ނޭޅިޔަސް ބަލަންވީ އަސާސީ ކަންކަން ކޮށްދެވޭތޯ ކަންނޭގެ…02 އަހަރު ވަންދެން ރާއްޖެއިން ބޭސްކޮށްކޮށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ޑރ އާސަންދަ ލިޔުން ދިނުމުން ވެސް އާސަންދަ ނުދިން…އެހެންވެ ޑރ ކައިރިޔަށް އަނެއްކާވެސް ދިޔައިމަ ޑރ ބުނީ ތިމަންނައަށް ދެންވެސް ދެވޭނީ ލިޔުމެކޭ…އާސަންދައިގަ ފައިސާއެއް ނެތޭ..ނުދޭނެޔޭ…ދެން ކޮން ހައްޖެއް ބާއޭ ދެން ކޮން ބުރިޖެއްބާއޭ ހިތައް އަރަނީ…

    11
    2
  16. ކަޅުބުޅާ

    ތިޔަ ބުރިޖެއް ހަފަހަރު ހުޅުވާފި… ބަލަ އެމްޑީޕީއަކަށް ނޭންގޭނެ ގައުމު ތަރައްގީކުރާކަށް، މުޒާގަރާކުރަނަށާ ކުޅިކުޅެން އިނގޭނީ

    14
    1
  17. ހަގީގަތް

    މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމުވޭނެ.

    15
    1
  18. މުހައްމަދު

    އަދި ކިރިޔާ؟ މަޑު ކޮށްލާ ދައުރު ނިމެން އެއްދުވަަހަށް ވަންދެން..!

    22
    1
  19. ޙަފޯ

    ބްރިޖް މައްޗަށް ބުރިޖް އެޅިޔަސް ތިޔަބަޔަކަށް ވޯޓެއްނާޅާނަށް

    29
    2
  20. Anonymous

    ދައުރުނިމޭދުވަހު ބުރިޖް ހުޅުވިގެން ދިއުމުގެ ބަދަލުގައި ބުރިޖްގެތަނބެއް އަދިކިރިޔާ ޖެހެންއުޅެނީޔޯ!!!ހިންނަވަރޭ ކުރިއަރުވަން އުޅެނީ ޔޯގާއާއި އަލަމްގިރީގެ ކުޅި!!

    25
    2
  21. ރާއްޖެތެރެ

    ކާކައްހޭ ތިއުޅެނީ އޮޅުވާލަން އިންޑިޔާގެ ބޭނުމަކީ ރާއްޖެ ދަރުވާލުން ރާއްޖޭގެ ކުރިމަގު ބަނަކޮއްލުން

    30
    2
  22. ސިއްދީގުބޭ

    ގުއިރެވޭނީ.

    30
    2
  23. ާއަންނި

    ތި ބުރިޖު 2 އަހަރު ނުވަނީސް ބޮލައް ނުވެއްޓިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު އިންޑިއާ މީހުންނަކީ ބުރިޖު އެޅުމުގަ އެކުސް ޕީރިއެންސް ހުރިބައެށްނޫން ދިރާސާކޮއްބަލަ ގޫގުލް އަށް ވަދެ މިކަން އިގޭނެ ޗައިނާމީހުން ނަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު އެންމެ ގިނަ ބުރިޖު އެޅިމީހުން ބަލާބަލަ ނެޓުން ހުންނާނެ ފެންނަން

    11
    1
  24. ރަން ބުއްދި

    ސާބަހޭ އިބޫ.. ޕިންކީން ވަރަށް މޭކަރާނެ.. މިކޮމެންްޓް ޖަހާލަން ކެރޭނެބާ؟

    1
    16
  25. ރާއްޖެ

    ދަރަނި ދަންތުރައިގަ ޖެހި ބާރުވެފަ.

    13
  26. އަހައްމަދޫ

    ކުރަނީ ފަށަނީ އިމްރާނުވެސް ފިޔަވަޅު އަޅަނީ

    14
  27. Anonymous

    އިބިރިހިމާގެ ފެންވަރުތިފެންނަނީ !!އަދިވެސް ޔާމީނޭ ކިޔާފަ އަނގަގަޅާތި!! ބޮޑުކަނޑުކޮސް!!!

    15
    1
  28. Anonymous

    ތަނބުޖަހަން ކުރަނޖެހޭ އެއްވެސް ކަމެއްފެންނަންނެތި ތަނބުޖަހާވާހަކަ އޮތީމާ ހިނިއަންނަނީ. އިންޑިއާއިން ގެންނަ ރެޑީމޭޑް ތަނބު ޖަހަނީބާ؟

    15
    1
  29. Anonymous

    ތިޔާ އިންޑިއާއިން ކަނޑެއް ހުރަސްކޮށް ދުވަހަކުވެސް ބުރިޖެއް ނާޅާއިރު އެއުޅެނީ ހަދާނެ ނަހަދާނެއެއް ނޭގިގެން!!!ގެރިގުއިގައިގަވަށާ!!!!

  30. ހުމާ

    ސާވޭ ނުނިމި ޑީޓެއިލް ޑޮރޯވިންއެއް ނުނިމި، ކޮން މަސައްކަތެއް ފަށާ ވާހަކައެއް؟ ތިހެން ތިމަސައްކަތް ފެށިފަ އޮތީ. ތިޔަ ބުނާ މުއްދަތެއްގަ އެތަނުގަ ދަގަނޑު ހޮޅިއެއް ނުޖަހާނެޔެކޭނޫން.