އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެއްގެ ވައިސް ޗެއާޕާސަންގެ މަގާމަށް ރާއްޖޭގެ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިންތިހާބުކޮށްފިއެވެ.

ކެނެޑާގެ މޮންޓްރިއަލްގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ އައިކާއޯގެ މަތީ ފަންތީގެ ބައްދަލުވުމުގެ ވައިސް ޗެއާޕާސަންގެ މަގާމަށް މިނިސްޓަރ ނަހުލާގެ ނަން ހުށަހަޅާފައިވަނީ ސިންގަޕޫރުންނެވެ. އޭނާއަށް ތާއީދުކުރައްވާފައިވަނީ ގްރީސް އިންނެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅިގެން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތެޔޮ އެންދުން މަދުކުރުމާއި ތެލަށް ކުރާ ހަރަދު ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

ބައްދަލުވުމުގައި ނަހުލާ ވަނީ ވާހަކަވެސް ދައްކަވާފައެވެ. އެގޮތުން ތިމާވެއްޓާއި މޫސުމީ މައްސަލަތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ގައުމަކީ ރާއްޖެކަން ފާހަގަ ކުރައްވާ، ތިމާވެއްޓާ، ގުޅުންހުރި ކަންކަމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރުންނާއި ގައުމުތަކުގެ ކަމާގުޅޭ ވަޒީރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ބައްދަލުވުމުގެ މުހިއްމު ނިންމުންތައް އައިކާއޯގެ ކުރިއަށް އޮތް އާންމު ބައްދަލުވުމަށް ހުށަހަޅާ ގޮތްތަކެއް ނިންމުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    އާޚިރަތުގައި ވެސް ކާސިންބެއަށް ތިއިއްޒަތް ލިބިދާނެބާ؟ ކާސިންބެ ގާތަށް ސަލާންޖެހި ކިތައް މީހުން ހުސްއަތާ އެނބުރި ދާންޖެހުނީ؟ ވިލާކޮލަކީ ވެސް ވަކި ބަޔަކަށް ކިޔަވާދޭ ތަނެއް!!! ކޯހަށް ޝަރުޠު ހަމަވިޔަސް ކޯސްފީ ދެއްކިޔަސް ވަކި ބަޔަކު ކޯހަށް ނުވައްދާ. ކާސިމާ! ކާސިމު ވެސް މަރުވާނެ އިނގޭ.

    13
    2
  2. ހުސޭނުބޭ

    މިފަހަރު ކައިލާނީ އައިކާއޯ! ތުރުކީ ދަތުރުގައިވެސް 87000 ރުރިޔާގެ އެއްޗެތި ކޭކަމަށްވޭ. މީ ހާދަ ވަރަކަށް ކާ ކޮޔެކޭ. މާކުންބެވެސް އެވަރަކަށް ނުކާނެ.

    14
  3. އަލީ

    އެތަނަށް ކަނބާއައިސް ފޮނުވީމާ، އެތާ އުޅޭ ލާދީނީ މީހުން ބުނާނެ: ކަނބާއޭ، ބިލުގޯތި މީހާގެ އަނބިމީހާ ވަރިވި ގޮތަށް ކަނބާވެސް ވަރިވާށޭ! އޭރުން ފިރިމީހާގެ މާލުގެ ދެބައިކުޅަ އެއްބައި ލިބޭނެޔޭ. ދެން ކަނބާ އެއަށް ބޫތުކައިގެން އައިސް އެކަމާ އުޅޭނެ. ކުޅިބަލަން މިތިބީ.

    6
    2
  4. ސަލީ

    ނަހުލާއަށް އެމެރިކާގެ ރައީސްކަން ހަވާލު ކުރަންވީ. އޭރުން މުޅި ދުނިޔެވެސް ހިނގާނީ ރާއްޖޭގެ ޓުރާންސްޕޯޓު މިނިސްޓުރީ ހިނގާގޮތަށް.

    8
    1
  5. އަހްމަދު

    ދެން މައްސަލައެއްނެތް އެއްދުވަހުގެ ކެއުމުގެބިލައް އެއްލައްކަ ރުފިޔާއެރިޔަސް ސާބަހޭ ނަހޫ ހޯޕް ހޯޕް

    4
    3
  6. ކަކނި

    މަ ހަމަ ހިނި އަންނަނީ

    11
  7. Anonymous

    ބައްޓަން ނުމެކޮށް ނިވަލެއް މިތުރާ
    ހައްތާ ދާނީ ބާޠިލް ދޯޅަށް
    ވަށްބަސް މި ބުނާ ދޫ މަމި ކުރަނީ
    ބުއްދިޔަށޭ ތިޔަ އަޚުނާ އުޚުތަށް

  8. ރީޒާ

    ހުރިހާ ދިވެހިން ފަހުރުވެރިވާންވާނެ ވަރަށްގިނައިން ކެވޭ ވަޒީރެއް

    10
    3
  9. ދަރަނި ދަންތުރަ

    މިފަހަރު 180 މިލިޔަން ފަރުއްކުޅުވާލާތި ، ކަމަނާގެ ޖީބަށް ރޭކާވެސް ނުލާނެ

  10. ހައްޖައްތަ

    މި މަޤާމުގައި ހުރެގެން ކާލާނީ ކިހާވަރެއްބާ

    11
    3
  11. ހަސަނު

    ތިކަން ކުރަން ޖެހޭނީ އެހެންމީހަކާ..ނަހުލާ އިންނާނީ ޗޯކުޖަހާ ކުލަ ލައިގެން ގޮނޑީގަ...
    މިވަގުތު މީހުން ހީވަނީ މަށާ ޒާތީ ހަސަދައެއް އޮންނަހެން ދުވަހަކު މަގޭކޮމެ ްްުްްްުްްްުްްްުްުްްުްްްުްްްުްްްުްްްުްްްުްްްުްްްުްުްްުންޓު ނުޖަހާނެ..
    އެކަމުއަޅެ މީހުން އަވަގުރާނަ ލިޔެފަހުއްޓަސް ހަމަ ކޮމެންޓު ޖަހަޔޭ..
    ކޮބާތަ އަސްލު މައްސަލައަކީ..؟؟؟

    13
    2
  12. ޙުސެން

    ޟާތްކަލާކޯ މިހިރީ މިވެރިންގެ އޮޅުވާލުން ހުރިވަރު އަދި ރޭވުންތެރިކަން ވިސްނާ

  13. ޝޮކްތެރަޕީ

    އިންޑިޔާ ޑޮލަރުގަ ހިފިމީހުން އެމްޑީޕީ ދިފާއުކޮއްފަ ވާހަކަ ދެއްކިޔަސް ދެންއަންނަ އިންތިހާބެއްގަ ދިވެހިން ވޯޓެއް ނުދޭނެ އެމްޑީޕީޔާ ބަޔަތުހިފިމީހުންނަ.

    8
    1
  14. އަހުމަދުު

    އެއްވެސް ކަހަލަ ތަޖުރިބާއެއް، އިލްމެއް މީހެއް، މޮޅު މީހެއްގެ އަންބަކަށް ވީމަ، ގައުމުގެ ހާލަތު، ދާންވީނުން ހިތުގެ ސާޖަރީކުރަންވެސް؟ ތަޖުރިބާއެއްވެސް ކިޔަވަންވެސް ނުޖެހޭތާ

    12
    1
  15. ތަކަނޭ

    ތުރުކިޔާ އަށްވުރެ ކެނެޑާގެ އައިސްކްރީމްވެސް އަގުބޮޑުވާނެ، ދެން ފެންނާނީ އައިސްކްރީމް ފަރީކުޅުއްވި ބިލެއް އެއްލައްކައިން ޚަރަދުކޮށްފަ އިންނަތަން!

    11
  16. ސޯލޭ

    އެތަނުން ބާއެއްގަ ނަށަން މިކޮޔައް ނުޖައްސާފިއްޔާ ވެދާނެ ނިކަން ނަށަން ކުޅަދާނަޔޯ ބުނާތީ އިވޭ ހާއްސަކޮއް ހޮޅިދަނަޑި ނެށުން ލޮލް

  17. ޔަހުޔާ

    މަގާމުތަކަށް ކުފޫހަމަ ނުވާ މީހުން މަގާމް ތަކަށް އިސްވުމަކީ ގިޔާމަތުގެ އަލާމާތެއް
    ތިކަމުން އެއްވެސް މަންފާ އެއް ނުކުރާނެ

  18. އަލީ

    އަންހެނުންނާއި ފިރިހެނުން ހަމަހަމައޭ ކިޔައިގެން މުޅިން ދީނާ ހިލާފް ވަނީ މޫނު ބުރުގާ އަޅުުވާފައި ގޭގަ އަންހެނުން ބަހައްޓަންވީ ހެހެހެހެހެ

  19. ހުސޭން

    މިފަހަރު ކިހާވަރެށް އަރުވާލާނެބާ ! ތުރުކީ ދަތުރުގައިވެސް 87000 ރުރިޔާގެ އެއްޗެތި ކޭކަމަށްވޭ. މިފަހަރު ދުވާލަކު މިވަރު ކާލާނެކަންނޭގެދޯ ! ރައްޔަތުންގެ ޓެކުސް ލާރިކޮޅު މިހެންކައި ހުސްކޮށް އެވަރުން ނުވެގެން ލޯނުތަށް މަތިމަށްޗަށް ނަގައި ކައި ހުސްކޮށްފި

  20. ހަނީ

    ރީތިކަމަކީ ތިފަދަ ކަމެއް. ތިފަދަ ކާމިޔާބީ އަކީ ވަގުތީ ކަމެއް